މިނިވަން 50ގެ ދެ ޕްރޮޖަކްޓަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ވަތް މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

ތިން މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަން އޭސީސީ ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ކޮން މަޝްރޫއުތަކަކުން ވަތް ފައިސާއެއްކަން އެއިރު ހާމަކޮށްފައެއް ނުވެއެވެ.

"ރާއްްޖެ އެމްވީ"ގައި ރިޕޯޓްކޮށްފައިވާގޮތުން އޭސީސީއިން ބަލަމުންދާ ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރޭގައިި ހިމެނެނީ މިނިވަން 50ގެ ދެ ޕްރޮޖެކްޓަކުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި މައްސަލައަކާއި ސީ ލައިފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއެއްގެ މައްސަލައެއް ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ، މިނިވަން 50ގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ސައުންޑް އެންޑް ލައިޓިން މަސައްކަތްކޮށްފައިވާ ކުންފުނިން ކަމަށެވެ.

މިނިވަން 50ގެ ސައުންޑް އެންޑް ލައިޓިން މަސައްކަތް ކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ

އެ ނޫހުގައި ބުނެފައި ވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވަނީ އެ ބޭރު ކުންފުނިި ލިންކުވެފައިވާ ދިވެހި ކުންފުނިން ކަމަށެވެ. އަދި އެ ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާއިރު ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ސާފް ނުވާ ކަމަށް އެ ނޫހުގައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ މިހާރު ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޕީޖޭ

    ދީނަށް ފުރައްސާރަކުރި މައްސަލާގެ ފޯކަސް އަނބުރާލަނީބާ؟؟

    52
    2
    • ށ

      ރަނގަޅުވަާހަކައެއް ތިޔަބުނީ. މަށަވެސް ތިހެންކަމަށް ލަފާވަނީ.

  2. ގުނބޯ ހެއްދޭ

    ހެހެ..އަވަހެއްނުން އެމްޑީއެންގެ މައްސަލައިން މީހުންގެ ސަމާލުކަން އެހެން ދިމާލަކަަށް އަނބުރަން އުޅޭލެއް. މިހިރީ މިސަރުކާރުން ކުޅޭ ގޭމް. ޔާމީނޭ ކިޔައިގެން ދިވެހި ރައްޔިތުން ގުނބޯ ހެއްދުން.

    49
    2
  3. ދަތްދޮޅި

    ޔާމީނުގެ އެކައުންޓަށް ޖަމާވި އެއްވެސް ފައިސާއަކީ ޚިޔާނާތުގެ ފައިސާކަމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި ނުނިންމަވާ.

    43
    1
  4. Anonymous

    ކޮން މިނިސްޓްރީއަކުންބާ ޕޮލިހަށް ތިކަން ހުށަހެޅީ؟

    35
  5. Anonymous

    ދިވެހިން އެންމެ އްޔހިތްވާކަހަލަ ވާހަކަތައް. ފައިސާ، ފައިސާ.، ދީނާއި، ނަބިއްޔާއާއި ﷲ ތަޢާލާއާ މިހުންނަނީ ދިވެހިން ބީރުކަންފަތްދޭ ވާހަކތައް. ކަންދައްކަން ނަމާދު ކުރާތީ މައަޖައިބުވަނީ.

    26
  6. Anonymous

    ޑިމޮކްރަސީ ނެޓްވޯކްގެ ނުބައި ރިޕޯޓް ހަނދާންނައްތުވާލަން ދިވެހިން އެންމެ ލޯބިވާ ފައިސާގެ ވާހަކަ ފެށީ. މަކަރުވެރި ހީލަތްތެރި ނުބައިބައެއް. ﷲ އިރާދަ ކުރެއްވިޔާ ނިކަމެތި ގޮތަކަށް މިވެރިކަން ނިމިދާނެ.

    38
  7. Anonymous

    ﷲ އާ ނަބިއްޔާާއަށް ލޯތްބެއް ހުރި މީހެއްވިއްޔާ ކުރަންވި ކަމަކީ، ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރަންވީ. މިސަރުކާރުގެ ވެރިންނަށް ތެދުމަގުދެއްކެވުން އެދި، ނުވަތަ އެބައިމީހުން ހަލާކު ކުރައްވާ ދުނިޔޭގައި ފަނިފަކްސާފަދަ ނިކަމެތި ބަޔަކަށްވުމަށްއެދި. އަދި އިސްލާމްދީނަށް ނަސްރަށްއެދި.

    33
  8. Anonymous

    މިސަރުކާރުން ސަލާމް ޖަހާއިރުވެސް ނުލިބޭ އެއްޗަކީ ފައިސާ. އެހެންވީމަ ކުރީގެ 50 އަހަރު ތަހްގީޤުކޮށް އެއްވެސް މީހަކު ރުފިޔާއެއްވެސް ނަގައިފަ ހުރިތޯ ބަލައި އެހޯދައިގެން ނޫނީ މިސަރުކާރު ނުހިންގޭނެ. ދެން އޮތް އޮޕްޝަނަކީ އިންޑިޔާއިން ދަރަނި ނެގުން. 5 އަހަރު ފަހުން ދިވެހިރާއްޖެ އިންޑިޔާއަށް ދޭންޖެހޭނެކަން އެނގޭތީ އެދަރަންޏަށްވެސް ބަރޯސާވެވޭކަށްނެތް.

    28
  9. ފފފފ

    މީހަކު ހީހީ ހަލާކުވެދާނެ. ކަލޭމެން ބަލާބަލަ ކޮން އިރަކުންތޯ ދުނިޔެއިން ބޭރަށް ދިވެހިން ކިޔަވަން ފޮނުވާނީ؟

    28
  10. Anonymous

    ރައީސް މީހާ އެކްޝަން ޕްލޭން ހަދައިނިމުނީމަ އޭނަގެ މަސައްކަތް ނިމުނީކަމަށް އިއުލާނު ކޮށްފި. ދެން ދިވެހިން ކީއްކުރަން ހޮވި ވެރިއެއްތަ މިއީ؟ ބޭރުކުރަމާ ބަހީ. ދިވެހިން ހާދަ ފިނޑިވެފަ މިތިބެނީ. ސަރުކާރު ބަދަލު ކުރަން ނުކުންނަން ވެއްޖެ.

    22
  11. Anonymous

    ދިވެހިރައްޔިތުންނަށް ފައިދާވާކަހަލަ އެއްވެސް ކަމެއް އަދި މިސަރުކާރަކުން ނުކުރޭ. ރައީސް ޔާމީންދެކެ ގަންނަ ބިރުން ރައީސް ޔާމީން ފަހާ ދުވަނީ.. ދިވެހިން ބޭނުމެއް ނުވޭ މިޒާތުގެ ނާގަބިލް ސަރުކާރެއް. ހުރިހާ ރަށެއްގެ ރައްޔިތުން އެއްދުވަހު މާލެ އަރައި މިވެރިކަން ނިމުމަކަށް ގެންނަންވެއްޖެ.

    20
    1
  12. Anonymous

    މިސަރުކާރަކީ ކޮރު ސަރުކާރެއް. މިސަރުކާރު ބަދަލު ކުރަން ނުކުންނަންވީ. ނުވަތަ މިމީހުން ޒިންމާދާރުވެ، އިސްލާމްދިނުގެ ދިފާއުގައި މަސައްކަތްކޮށް އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ހިފާ ހައްޔަރުކޮށް ބޮޑެތި އަދަބުތައް ދޭންވީ..

    20
  13. ޒުނޭ

    ޑިސެމްބަރު ބަންދާ ދިމާކޮށް ހުރިހާ ރައްޔިތުން ނުކުމެ މިސަރުކާރު ވައްޓާލަންވީ.

    29
  14. އިސްތިއުފާދީ

    މިހާރު ޔަގީން ކޯޓުގަ ހިގަމުންދާ މައްސަލައިގަ ރޔާމީނަށް މިމީހުންކުރާ ތުހުމަތުން އެމަނިކުފާނު ބަރީއަވާކަން.. އަނެއްކާ އަނެ ޑްރާމާ.. އިބުރާހިމު ކަލޭ އިސްތިއުފާދީ ރައްކާވޭ.. ކިހާބޮޑު ކަމެމީ.. ވެރިކަންކުރަންނޭގި މުޅި ދައުލަތާ ރައްޔިތުން ވިއްކައި ދަރަނިކޮއްފަވެސް ގައުމު ނުހިންގުނީމަ އެއީ ރޔާމީންގެ ކުށެނޫން.. ކަލޭ ޅިޔަނު ނަޝީދާ ދެމީހުން ރިޝްވަތު ނުކައިކަމަށް ﷲގަންދީ ހުވާކުރަން ކެރޭނެބާ.. ތިއީ ވެރިކަންކުރަން އައިބައެނޫން ތިއީ މިގައުމުގެ އަދުއްވުންގެ އެޖެންޑާ ފުރިހަމަކުރަން މިތަނަށް ފާކުރުވި ފުޅަތަކެއް.. އިންޑިޔާގެ އާމީ ޗީފް މިތަނަށް އައްސަކުރި ކުރިކަންތަ ފޮރުވަނީ ހެދި ޑީލްތަ ފޮރުވަނީ.. ރެންޗް ފޮއްޓަކަށް ވިކިގެން މިގައުމުގެ ރައްޔިތުންގެތެރެއިން ތިބޭނީ ރީދޫފެން ބޮއިގެންތިބި ދެބަންދިހާރުން... އިސްތިއުފާދީ....

    14
  15. Anonymous

    ޑައިވާޓް ކޮށްލަން. އަހަރެމެނަށް ހެޔޮ ކިތަންމެ ފައިސާއެއް ވަދެފަ ހުއްޓަށް. މިގަެުމަށް ކަމެއް ކޮށްދިން އަދި މިގައުމުގެ ހަޒާނާ 4 ގުނަ އިތުރުކޮށްދިން ވެރިޔަކީ ރައީސް ޔާމީން

    18
    1
  16. ނިއުދާ

    ކުރެވިފައިހުރި ވައްކަންތައްގިނަކަމުން މިކަލޭގެ ހުންނަނީ އަބަދު މަޅިއެއްގަ..

    ގެވެސް އެހެރަ މައްޗަށް އަރުވާލަނީ ބުރިޖު ބަލަންފަހިވާގޮތަށް.. މިކަލޭގެ އެބަޖެހޭ އަވަސްގޮތެއްގައި ޖަލަށްލާން .

  17. ދެން

    އެމްއެމްޕީއާރުސީ އިން ޔާމީންގެ މައްޗަށް މަނީލޯންޑްރިންގ ދަޢުވާއުފުލައި އެ ޝަރީޢަތް ލައިވްކޮށް ހިތުން ޔާމީން ދުވަސްދުއްވާލަންއުޅެ އެކަމުގައި ޔާމީން ސަލާމަތްވާނެކަން އެނގި އަތަށް ގޮވީމަ، ދެން އެހެން ގޮތެއްއޮތްތޯ މިބަލަނީ. އަދި މިމައްސަލަ މިބަލަނީ ރާއްޖެ އެމްވީ ކިޔާ އެމްޑީޕީ އެކްޓިވިސްޓުން ހިންގާ ނޫހެއްގައި ލިޔުނު ޚަބަރަކަށް ބަލާފައި.
    އިސްލާމިކް މިނިސްޓްރީއިން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާ އިސްލާމްދީނަށް ފުރައްސާރަކުރާ އެމްޑީއެން މައްސަލަ ނުބަލަން ފުލުހުން ބުނަނީ ސިޓީ ނުލިބެޔޭ. މީޑިޔާ ތަކުގައިވެސް އެމްޑީއެން މައްސަލަ ބެލުމަށް އެތަށް ބަޔަކު ގޮވަމުންދާއިރު ފުލުހުންނަށް އަދި ސަރުކާރުގެ އެހެން އިދާރާތަކަށްވެސް އަޑެއްނީވޭ.
    އެހެންނުވާނީ ދީނަށް ފުރައްސާރަ ކުރުމުގައި އިސްކޮށްތިބީ މިސަރުކާރުގެ ބޮޑުން.