ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހީންނަށް ވުރެ ބިދޭސީން ގިނަ ކަމަށް ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ޓުވަރިޒަމް ދުވަހާއި ގުޅިގެން ރާއްޖޭގައި ބާއްވަމުން ދިޔަ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހީންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ. ރިސޯޓް ދާއިރާގައި މަސައްކަތްކުރާ ދިވެހީންގެ ޖުމްލަ އަދަދަކީ 17،138 ކަމުގައި ވާއިރު މި ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 18،947 އަށް އަރާ ކަމަށް މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ.

އަދި ރައްޖޭގެ ރިސޯޓުތަކުގެ ތެރެއިން ދިވެހި މުވައްޒަފުން 45 ޕަސެންޓަށްވުރެ ދަށް 58 ރިސޯޓެއް މިވަގުުތު ހިނގަމުންދާކަން ވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. ކަނޑައެޅިފައިވާ މި މިންގަނޑުތައް ހިފަހައްޓަމުން އަންނަނީ 86 ރިސޯޓަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރޭ މި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބޮޑަށް އަލިއަޅުވައިލާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީ މަދު ކަމުގެ ކަންބޮޑުުމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވާ އެއް ސިނާޔަތެވެ. މިގޮތުން މި ސަރުކާރުގެ އެއް ސިޔާސަތުކަމަށްވާ ވަޒީފާތަކުގައި ބިދޭސީންނަށްވުރެ ދިވެހީން އިތުރު ކުރުމުގެ މެންޑޭޓުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީން އިތުރުކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އދި މިހާރުަ ރިސޯޓުތަކުގެ މަތީ ވަޒީފާތައް އަދާ ކުރާ ބިދޭސީން ގިނަ ކަމަށް ވެސް މަނިކްފާނު ވަނީ ފާހަގަ ކުރައްވާފައެވެ

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސަައްކަތް ކުރާ ދިވެހީންގެ ތެރެއިން އަންހިނުންގެ އިންސައްތައަކީ އެންމެ 20 ޕަސެންޓް ކަމުގައި މިިނިސްޓަރ އަލީވަހީދު ފާހަގަ ކުރައްވާފައިވެއެވެ. އަދި މި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އަންހިނުނގެ ދައުރު ބޮޑުކަމަށްވެސް ވަހީދު ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޟމމ

  ކީއްތަ ދެން ތިކުރެވެނީ!

 2. ބަކުރު

  ތިޔަކަން އެނގޭއިރުވެސް ކީއްވެގެން ކަމެއް ނުކޮށްތި ިބެނީ! ވާ!

 3. ނަސީދު

  ޢެހެންވީމާ ކޮންމެހެން ވަޒީފާގެފުރުސަތޭ ބަނޑެ ހަންގަނޑޭ ކިޔާނެކަމެއް ނެތެއްނުން ކޮންމެހެން ބިދޭސީންނައް ވަޒީފާހޯދަދޭކަން ގިނަވަޒީފާގެފުރުސަތު ހުޅުވާލާނެކަމެއްއެތް ބިއްޖެހުފައި ތިބޭ ގައުމުގެ ޒުވާނުން މުޖުތަމައުއައް ވެއްދޭތޯބަލަންވީ މިހާރަކައައިސް ޒުވާނުން ފެންނަނީ ބެންޑުވެފައި ތިބޭތަން

 4. ރައްޔިތު

  ރިސޯޓުތަކުގެ ވަޒީފާތަކުގެ އެންމެ މަދުވެގެން %50-%60 ދިވެހިންނަށް ދޭން މަޖުބޫރު ކުރޭ..! އަދި އެކަން ކަށަވަރު ކުރެވޭނެ އިންތިޒާމު ހަަމަޖައްސާ..! އިޖުތިމާއީ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ވަޒީފާ ނުލިބި ތިިބި ޒުވާނުން ގިނަވުން. !