ރައްޔިތުންގެ ކަންބޮޑުވުންތައް މިއަދުގެ ސަރުކާރާއި ހިއްސާކުރުމަށް މަސައްކަތް ކޮށްފައިވާނޭ ކަމަށާއި، ނަމަވެސް އެ ފުރުޞަތު ލިބިފައިނުވާކަމަށް، ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުުގެ ގޮތުން، ދިއްފުއްޓަށް އިއްޔެ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ފާހަކަފުޅެއްގައެވެ.

"އަޅުގަނޑުމެންގެ މުސްތަޤުބަލާއި ދޭތެރޭ ކަންބޮޑުވުންތަކެއް ހުރީމަ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން. އަޅުގަނޑުމެންގެ ދަޢުލަތާއި، ޤައުމިއްޔަތާއި ގުޅިގެން ކަންބޮޑުވުން ތަކެއް ހުރީމަ އަޅުގަނޑުމެން ރައްޔިތުންނާއި ހަމައަށް ކުރާ ޒިޔާރަތެއް މީ. ޕާޓީ ލެވެލްގަ އަޅުގަނޑުމެން މަސައްކަތް ކޮށްފިން ސަރުކާރުގެ މަސްޢޫލުވެރިންނާއި ބައްދަލު ކުރެވޭތޯ. އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހުށަހެޅުނީމަތާ ސަރުކާރަށް އެއަށް ޖަވާބެއް ދެއްވޭނީ. އަދި އެއީ އެކަން އޮތްގޮތް ނޫން ކަމަށް އަޅުގަނޑުމެންނަށް ހާމަކޮށްދެވޭނީވެސް އަޅުގަނޑުމެންނާއި ބައްދަލުކޮށްގެން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ދިނުމުގަ އެންމެ ބޮޑު ދަޢުރެއް އަބަދުވެސް އަދާކުރައްވަނީ ޕާޓީ ތަކުގަ އިސްކޮށް ތިއްބަވާ ބޭފުޅުން ކަމަށާއި، އެކަން އެމްޑީޕީގެ ފަރާތުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"ނަމަވެސް ވެރިކަމަށް އަންނަން އުޅުނު އިރު، ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ވެރިކަމެއް ކޮށްދެއްވާނެ ބޭފުޅެއް ކަމަށް ވިދާޅުވީ، އިބްރާޙިމް މުޙަމަދު ޞާލިޙު. އެކަން އެބޭފުޅުން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވި. ނަމަވެސް ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ދިނުމުގަ އެންމެ ބޮޑު ދަޢުރެއް އަބަދުވެސް އަދާކުރައްވަނީ ޕާޓީ ތަކުގަ އިސްކޮށް ތިއްބަވާ ބޭފުޅުން." ރައީސް ޔާމީން ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާއަށް ރައީސް ޔާމީން އާއި، ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މި ކުރައްވާ ދަތުރުފުޅުގައި ޖުމްލަ ހަތަރު ރަށަކަށް ވަޑައިގަތިމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ރައްޔިތުންނާއި ބައްދަލުކުރުގެ ގޮތުން ތިން އަތޮޅަކަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު