ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ފައިދާ ބޮޑުކަމަށާއި، ރާއްޖެއަށް އިތުރު ބޭންކްތައް ގެންނަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ ޓޫރިޒަމް ދުވަހާ ގުޅިގެން ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިޔަ ޓޫރިޒަމް ކޮންފަރެންސްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ގައުމީ ބޭންކްއަށް ލިބޭ ފައިދާ ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަދި ބީއެމްއެލްގެ އިތުރުން އެހެން ބޭންކްތައްވެސް ރާއްޖެ ގެންނަން ޖެހޭ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް މާ ބޮޑު. ބޭންކް އޮފް މޯލްޑިވްސް އެބަ ޖެހޭ ކުޑަވާން. ނުވަތަ އިތުރު ބޭންކްތައް އައިސް މިހާރު މި އޮތް މޮނޮޕޮލީ ބަދަލުވާން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ފައިސާ ނުދައްކައިގެން އަރާ ޖޫރިމަނާތަކާއި ބޭންކުން ނަގާ ޕީނަލް އިންޓްރެސްޓް ވެސް ބަދަލުވާން ޖެހޭ ކަމަށެވެ. އެގޮތުން 10 ޕަސެންޓް ނުވަތަ 12 ޕަސެންޓުގެ އިންޓްރެސްޓް ނެގުމަށް ފަހު ޖޫރިމަނާއަށް އިތުރު ފަސް ޕަސެންޓް ނެގުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަނިޓަރީ އޮތޯރިޓީން ހަދާފައި ހުރި ރެގިއުލޭޝަންތައް ވެސް އެބަ ޖެހޭ ބަދަލު ކުރަން. ކޮންމެވެސް ވަރަކަށް ބޭންކަކީ ވެސް ގެއްލުން ނުވާ ވިޔަފާރިއަކަށް ވެގެން ނުވާނެ. އެހެން ވިޔަފާރިތަކެކޭ އެއްގޮތަކަށް ބޭންކަކީ ވެސް ރިސްކު ނަގަން ޖެހޭ ވިޔަފާރިއަކަށް ވާން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ދައްކައިފައެވެ. އެ ބޭންކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާލީ

    ދިވެހި ރައްޔިތުންނޭ ހޭލާކަށްނުވޭތަ މިއީ ދިވެހިންނަ ވެރިކަންކޮއްދޭން ދިވެހި ގައުމު ކުރިއަރުވަން އުޅޭބައެއްނޫން.. ދިވެހިންގެ ކުރިއެރުމަށް ދައުލަތުން ބޭންކެ އުފައްދާ އެބޭންކުގެ ބޭނުންކުރަނީ ދިވެހިން.. ބމލ ގެ ފައިދާ ބޮޑުވީމަ ފައިދާވަނީ ދިވެހިންނަ.. މިކަން ކަމުނުގޮސްގެން ސަރުކާރުގެ މާލީ ވަޒީރު ކަންބޮޑުވީމަވެސް ރައްޔިތުން އަތްޖަހަން ތިބެންވީތަ.. މިއަދުވެސް ބޭންކްގެ މާލީހާލަތު ރަގަޅުނަމަ ގެދޮރުގަންނަން ބޯޓުބަންނަން ލޯނު ނުލިބިގެން ތިބޭކަން ނުޖެހުނީސް..

    4
    2
  2. އެންދެރި

    ބޭންކް އެއް ހުޅުވަން ބޭނުން ވީއެވެ.

  3. ހުސޭނުބޭ

    ދާދި ފަހަކުން ވެއްޖެ ދިވެހި ބޭންކަކަށް ހުއްދަ ދީފައި! އެމީހުން ހެދީ ކިހިނެއްތޯ ބަލަންވީނު!

  4. ސަންތިމަރިޔަބު

    ބީ އެމް އެލް އަށް ލިބޭފާއި ދާގެވާހަކަ ނުދެއް ކެވިއްޔާ ރަގަޅުވާނީ އެ ތަނުން އެތަނުގެ ކަސްޓަމަރުން ފެލާލަނީ 25 ހާސް ރުފިޔާ އަށްވުރެން މަދުން ޖަމާކުރަންޏާ ނުވަތަ ނަގަންޏާ ސާވިސް ޗާޖޭ ކިޔާއި ގެން -/75ރ ކާލާ ދެން ބުނާނެ މެޝިން ކާރިޔަށް ގޮސް ޖަމާކޮއްލީމަ ލޯލާރިއެއްވެސް ނުކަޑާނޭ މެސިނައް ލީމަމިވާ ގޮތަކީ ލާރިކޮޅު ދަމާއިގެންފަ ސްލިޕް ކޮޅުވެސް ނުލިބިގެން ޖަމާވިތޯބަލާލާއިރު ލާރިކޮޅަޅަށް ވީގޮތެވެސް ނޭގޭ ދެން މިޖެހެނީ ބޭންކައްގޮސް ރޮއި ހޭރި އާދޭސްކުރަން ބެންކަށް މޭލް ކުރު މުން އަންނާނެ ވަރަށް ލޯބި ލޯބި މެސެޖެއް ރަސްމީ ބަންދު ކަޑާ 2 ދުވަހުން ޖަވާބު ލި ބޭނެޔޯ
    ﴿279﴾ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

    ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.

  5. ގުއި ޗޮންހެއި

    ކަލޭ ޤައުމަށް ހެވެއް އެދޭނަމަ ކަލޭގެ މުނާފިގު ޝަހިންދާ އިސްމާލަށް ނަސޭހަތްދީ ރަގަޅުކޮށްބަލަ. ބޮޑު ފިތުނަޔަކަށް މިހާރު ކަލޭގެ އާއިލާ އެއޮތީ ވެފަ

    15
  6. އޭއެމް

    އަޅުގަޑައްފެނޭ މަނިކުފާނު ގޭގަމަޑުކުރަން !!!!! މަނިކުފާނު ކުރެއްވި ހުވަޔާހިލާފު ތިވީ

    8
    1
  7. މުހައްމަދު

    ދިވެހިންގެ ބޭންކް- ރިބާ ބޭންކް
    ދިވެހިންގެ ބޭންކުން ދިވެހިންގެ އަތުން ރިބާ ނުނަގާ ދިވެހިންނަށް ރިބާ ކާންނުދޭ ބޭންކަކަށް އެބޭންކު ހައދަވައި ދެއްވާ.