ވެސް އިސްލާމް ދީނަށާއި ކީރިތި ރަސޫލާ ﷺ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމާ ދެކޮޅުކަން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނުވެސް ހާމަކުރައްވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ޚިލާފު އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް ހިމަނާފައިވާ ބައެއް ކަންތައްތަކާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެެއްގައި ޔުމްނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

”އިސްލާމް ދީނަށާއި ކީރިތި ރަސޫލާ ﷺ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި، އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން”. ޔުމްނާ ވިދާޅުވިއެވެ.

ރާއްޖެއިން އިސްލާމް ދީން ފޮހެލަން މަސައްކަތް ކުރަމުން އަންނަ އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެ ޕާޓީއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އަދި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ވަނީ އެ ޖަމާއަތުން ނެރުނު ރިޕޯޓު ކުށްވެރިކޮށްފައެވެ. އެގޮތުން އެ ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށްވެސް ބައެއް އިލްމުވެރިން ދަނީ ބުނަމުންނެވެ. އަދި އެ ޖަމާއަތް ބަންދު ކުރުމަށް ގޮވާލާ މީސް މީޑިއާގައި ދަނީ ގިނަ ބަޔަކު އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިބަރުވަދު

    ލުތުފީ މައްސަލައިގަވެސް މައުމޫނު ކަންކުރީ މިގޮތަށް.. ދަރިޔަކުލައްވާ ޓްވީޓެކޮއްފަ ފިލާތިބެނީ.. އިސްލާމްދީނާ ދިވެހި ގައުމަށް މިހެންވާނެކަން ނޭގޭތީތަ ބޮޑުބޭބެ މަގުމަތިކޮށް ހަވަރަށްދީގެނ ހިބަރުވަދު ދުއްވައިގެން ތަނެއްގެހުރި ބޯބުރާންތިއަކަށް ވެރިކަން ހޯދަދޭން ފޫގަޅައިގެން އުޅުނީ.. އިސްލާމްދީނަށް ނަސްރު ދިނުމައްޓަކާ މިސަރުކާރުން އިސްތިއުފާދީފަ ގެއަށް ދާން ކެރޭނެތަ... މިވަގުތު ގައުމަށް ހެވެއް އެދެންޏާ އިސްތިއުފާދީ...

  2. ފިނޮޅު މީހާ

    އިސްލާމްދީނޭ މިމީހުން ކިޔާކަށް މާރީއްޗެއް ނޫން... މި ދިވެހިރާއްޖޭގަ ހުރި އެންމެ ދީން އެގޭ މީހާޔޯ މައުމޫނަކީ...އެކަމަކު އަދިވެސް މީނަގެ އަބިކަބަލުންނާ ދެ އަންހެން ދަރިކަބަލުން ބުރުގާ އަޅާ ކަށް ނުވޭ...ތިމާގެ އަބިމީހާޔާ ތިމާގެ ދަރިން ބުރުގާ އަޅުވާ ނިވައު ކުރުމަކީ ފިރިއެއްގެ ހައިސިއްޔަތުން އަދި ބައްޕައެއްގެ ހައިސިއްޔަތުން ކުރުން ލާޒިމު އަދި ތިމާގެ ބޮލުގަ އެޅޭ ވާޖިބެއްކަމެއް ނޭގެ... ވެރިކަމާހެދި އިސްކާމްދީނާ ދެކޮޅު ބަޔަކށް ވެރިކަން ހޯދައިދޭން ދުވުނު އިރުވެސް މިކުރެވެނީ ކީއްކަންވެސް ރޭކާވެސް ނުލާ...މިއަދު ތިގޮތައް ވާހަކަ ދެއްކީމަ ކަމަކުނުދޭ....