ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި، ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވިކަން މި ސަރުކާރަށް ސާބިތުކޮށްނުދެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ތުލުސްދޫ ދާއިރާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުރާ އަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިހާރު އެ ރަށުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ރައްޔިތުންނާއި ހަމައަށް މި ދަތުރުތައް ފެށީމަ އިތުރު ގޯނާތައް އަޅުގަނޑަށް ކުރާނެ. މިހާރުވެސް އެފަދަ ކިތަންމެ ކަމެއް މިހާރުވެސް އެެބަ ހިނގާ. އެކަމު އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީން ކަމަކީ، ރައްޔިތުންގެ ފައިސާގަ އަޅުގަނޑު ޖެހިފައެއް ނޯންނާނެއޭ. ސަރުކާރުގެ ފައިސާގައި އަޅުގަނޑު ޖެހުނުކަން މި ސަރުކާރަކަށް ސާބިތެއް ނުކުރެބޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އެ ބޭފުޅުން އެ ވިދާޅުވާ އެއް މިލިއަން ޑޮލަރަކީ ސަރުކާރުގެ ފައިސާ އެއް ނޫން ކަމަށާއި، އެއީ އެއްވެސް އަސާސެއް ނެތް ތުޙުމަތެއް ކަމަށެވެ

"ދެން ރައްޔިތުން ހަމަ ކުރަންޖެހޭ ސުވާލެއް އެބައޮތް، އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް، އަޅުގަނޑަކީ އެހާ ތަނަވަސް މީހެއް ކަމަށްވަންޏާމު އަޅުގަނޑު ކީއްކުރާ އެއް މިލިއަން ޑޮލަރެއް ތޯ އެއީ. އެ ބޭފުޅުން އެ ވިދާޅުވާ އެއް މިނިއަން ޑޮލަރަކީ ސަރުކާރުގެ ފައިސާ އެއް ނޫން. އެކަން އެބޭފުޅުންނަށް ސާބިތެއް ނުކުރެވޭނެ. އަދި މިހާރު އެބަ ދައްކާ އިތުރު އެހެން ކަމެއްގެ ވާހަކަވެސް. ދެ ބިޑަކާއި ގުޅިގެން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަދެފަ ވާކަން. ރަނގަޅު ވާހަކައެއް، ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންނާނެ. އެކަމު ސަރުކާރުގެ ނުވަތަ ރައްޔިތުންގެ ފައިސާއެއް ނުހުންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާއަށް ރައީސް ޔާމީން އާއި، ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މި ކުރައްވާ ދަތުރުފުޅުގައި ޖުމްލަ ހަތަރު ރަށަކަށް ވަޑައިގަތިމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ރައްޔިތުންނާއި ބައްދަލުކުރުގެ ގޮތުން ތިން އަތޮޅަކަށް ވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަމީމް

    އޯކޭ ވެރިކަމުގައި ހުރެގެން އާމްދަނީ އިތުރު ކުރަން ވިޔަފާރި ކުރުން ޔަގީނުންވެސް މަނާ ދެން އެސްއޯއެފް އިން މަނިކުފާނައް އެއްމިލިއަން ޑޮލަރ ހަދިޔާ ކުރީތޯ ހިލޭ ސާބަހައް ކުރިއްޔާ އެވާހަކަވެސް ބުނަލަ ދެއްވާ

    1
    1
  2. ޙަސަން ޢާދިލް

    ސަރުކާރު އެ އުޅުއްވަނީ މޮޔަފުޅު ވެގެންތޯ؟ ދީނަށް ފުރައްސާރަ ކުރަމުން! ދީނަށް ފުރައްސާރަ ކުރާ މީހުނަސް ހިމާޔަތް ދެމުން. މިދެން ކޮން ސަކަރާތެއް. ސުވާލަކީ ދީނަށް ފުރައްސާރަ ކޮއްގެންތޯއޭ އޮތީ ސަރުކާރު ދެމެހެއްޓެން. އިސްތިއުފާ ދެއްވާ

    2
    2
  3. ޙަސަން ޢާދިލް

    މީހަކު ދޭން ޖެހޭ ލާރި އެއް. އެމީހަކު ގާތް މީހެއް ލައްވާ ނުވަތަ ގާތް ކުންފުންޏެއް ލައްވާ ވެސް ޖަމާކޮއްފާނެ. އެއީ ޖަމާވާ އެކައުންޓް ވެރިފަރާތުގެ ކުށެއް ނޫން

    2
    1
  4. ދެތިކި ޕީ

    އަދޫީބު ދޭންޖެހޭ ފައިސާ އެއް އަދީބްގެ ރަހުމަތްތެރިއެއް ލައްވާ ނުވަތަ އަދީބުގެ ރަހުމަތްތެރިއެއްގެ ކުންފުނީގެ ޗެކަކުން ފައިސާ ޖަމާކޮއްފަ ހުރުމަކީ އެކައުންޓް ވެރިފަރާތުގެ ކުށެއް ނޫން.