ޓެރެރިޒަމްގެ ޤާނޫނު "އެއޮތީ ފާސްކޮށްފައި" ކަމަށާއި، "ދެބޯގެރި ދުއްވައިގެން ސަލާމަތެއް ނުވާނެ" ކަމަށް، ފާޅުގައި ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓު ހެދި މޯލްޑިވިސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރު އަދު އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއީލް ބުނެފިއެވެ.

އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޝަހިންދާ އާއި ދެކޮޅަށް އަޑުއުފުލަމުންދާ މި ދަނޑިވަޅުގައި އޭނާ ކުރި ޓްވީޓެއްގައި ގަދަބަސް ބުނެ، ބުނެފައިވަނީ އިންޒާރު ދިނަސް ޓެރެރިޒަމްގެ ޤާނޫނު ފާސްކޮށްފައިވާ ކަމަށެވެ. އޭނާ މިގޮތަށް ބުނެފައި މިވަނީ، ރިޕޯޓާއި ގުޅިގެން ނުރުހުން ފާޅުކުރަމުން ދަނީ ޓެރެރިޒަމްގެ ޤާނޫނު ފާސްވުމުން ކަންބޮޑުވާ ފަރާތްތަކުން ކަމަށް ކުރިން ބުނެފައި ވަނިކޮށެވެ.

މިއަދު ކުރި ޓްވީޓުގައި ޝަހިންދާ ބުނީ، ސުލްޙަވެރިކަން ގެއްލުވާލައިގެން ދެބޯގެރި ދުއްވައިގެން ސަލާމަތެއް ނުވާނެ ކަމަށާއި، ޓެރެރިޒަމްގެ ޤާނޫނު ފާސްކޮށްފައިވާއިރު ޤާނޫނުގެ އަތް ދިގުވާނެ ކަމަށެވެ.

"ޓެރެރިޒަމް ޤާނޫނު އެއޮތީ ފާސްކޮށްފަ. ދެން ކިތަންމެ ބިރުގަތަސް، އިންޒާރު ދިނަސް، އެމްޑީއެން ބަންދުކުރިޔަސް ހަމަ އެއޮތީ ގާނޫނު ފާސްވެފަ. ސުލްހަވެރިކަން ގެއްލުވާލައިގެން ދެބޯގެރި ދުއްވައިގެން ސަލާމަތެއް ނުވާނެ. ޓެރެރިޒަމް ގާނޫނު އެއޮތީ ފާސްވެފަ. ގާނޫނުގެ އަތް ދިގުވާނެ." ޝަހިންދާގެ ޓްވީޓުގައި ވެއެވެ.

ޝަހިންދާ މި މޭރުމުން ޓްވީޓުކޮށްފައިވާއިރު، އޭނާ އިސްވެހުރެ ހަދާފައިވާ ޖަމިއްޔާއިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ދަނީ ޓްވީޓާގައި ރައްދު ދެމުންނެވެ. އެގޮތުން ރިޕޯޓުގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވުމުން، އެ މިނިސްޓްރީ ޓެގުކޮށް ޝަހިންދާ ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީ ހުއްޓާ ރާއްޖެ އަމާން ނުވާނެ ކަމަށެވެ. މި ވާހަކަތަކާއި ގުޅިގެން ފުލުހުންވެސް ވިދާޅުވެފައި ވަނީ އެއީ އޭނާ ދެކޭގޮތް ކަމަށެވެ.

ދީނީ އިލްމުވެރިންނަށް ފާޑުކިޔައި ޝަހިންދާގެ ޖަދަލުކުރުންތައް މީސްމީޑިއާގައި ބޮޑުވެފައި މިވަނީ ދީން ޤަބޫނުނުކުރާ ދިވެހީންގެ މައްސަލަވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެފަރާތްތަކުން ގޮވާލަމުން ދަނީ ރާއްޖޭގައި އިންސާނީ ހައްޤެއް ކަމަށް ބަލައިގެން ދީނީ މިނިވަންކަން ދިނުމަށެވެ.

މިކަމާއި ގުޅިގެން ލާދީނީ މީހުންގެ ވާހަަކަތައް ހުއްޓުވޭނޭ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ ބޮޑު ބައްދަލުވުމެއްވެސް މިރޭ ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. ތުނިޔަ

  ގޮތްކުޑަ ޝަހިންދާއެއް.

  130
  • ދދދދދދ

   ސަލާމަތް ނުވާނީ ކަލޭ. ތިއުޅެނީ އޮޅިގެން. ގާނޫނުން ބިރު މދައްކަން ނޫޅޭ. ނުވާނެ ތިކަމެއް.

   85
 2. ޟމ

  މަންޖެ ބުނަން ރަގަޅު ވާހަކައެއް، ޤާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަށް ވެސް ތިބީ މަންޖެ ތި ދައްކާ ތުއި ބަލާކަށް ނޫން

  135
  2
 3. Anonymous

  ކޮން ގާނޫނެއް. އިލާހީ ގާނޫނު މާ ބާރު ގަދަ. ކަލޭ ތިއުޅެނީ އެގާނޫނަށް ގޮްންޖަހަންތަ¿ ބަލަންތިބޭ.ދިރި ތިބިންނަށް ޢިބްރަތަކަށްވާނޭ ފަދައިން ކަލޭގެ ނިމުން ގެނެސް ދެއްވާނެ.

  207
  1
  • ނޯ ކޮމެންޓް

   އާމީން.

   114
  • އިންޝާ

   އިންޝާﷲ

   36
   • Anonymous

    ސުންމަ އިންޝާﷲ

 4. ޒުބޭ

  ނާ ތެދެއް؟ އޭގެން ކަލޭ ބޭނުންތިވާ ގޮތަށް އިސްލާމް ދީން ފޮހެލެވޭނެތަ؟

  131
  1
 5. ޝައިނާ

  މި ނުލަފާ ކަނބުލޭގެ ގެ އަނގަ ބަންދު ކުރައްވާފާނދޭވެ.

  188
  3
  • އަހްމަދު

   އޭނާގެ ދުލަށް ނުބައި ސޫތްޕެއް ފާކުަރއްވާފާނދޭވެ.

 6. ފާށަނާކޮއެ

  ޤައުމު މިހާރު މި ދަނީ ރަނގަޅު މިސްރާބަށްތޯ؟

  89
  2
  • އަލި ރަސްގެފާނު

   އެޖެންޑާ 19 އާއި ދިމާލަށް މިދަނީ، ތަފާތުވާނެ

 7. ހހހހ

  މި ބޯގަންވިލާގަ ނެތީތަ އަޅެ ތާކުންތާކު ޖެހޭ އެކަކުވެސް. ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ މެންޓަލް ޕޭޝަންޓުން ދޯ ހުސް.

  112
 8. ކަހަނބު ވިތްޓޯ ޓޯ

  ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ﷲގެ ނޫރުފުޅު ނިއްވައެއް ނުލެވޭނެ ﷲ އިރަާދަކުރަށްވައިފިނަމަ ތި އިބްރާ އާއި އޭނަގެ ގޮތެއްނެތް ކޮށްކޮ ބަސްނުމޮށެވޭ އެއްވެސްކަމެއް ނޭގޭ ނުކުޅެދުންތެރި ބަޔަކަށް ހެއްދެވުމަށްވެސް ކުޅަދުން ވަންތައެވެ

  142
 9. މުގައްދަރު

  ތިޔަބުނާ އަތައްވުރެ މާ ބާރުގަދަ ފަރާތެއްވޭ ކިތަންމެ ގަދަދައްކާލަ އުޅުނަސް ނުކައި ނުބޮއި ނުނިދާ ބަލިނުވެ މަރުނުވެ އުޅެވިދާނެތަ ދިޔަބުނާ ގަދަކަމެއް ހުރިއްޔާ ތިޔަމީހާގެ ކާފަޔާ މާމަޔާ ނިކަން މިދުނިޔެއައް ގެނެސް ތިޔަ ގަދަކަން ދައްކަލަބަލަ ނުނިދަ ނުކައި ނުބޮއި ބައްޔެއް ނުވެ އުޅެލަބަލަ ޑިމޮކްރަސީއޭ ކިޔައިގެން ހުދު ތިމާމީހާވެސް ތިހިރީ މިގައުމުގެ އަޅަކައްވެފައި ސަރުކާރައް ޖީއެސްޓީގެ ނަމުގައި ޖިޒީދައްކާލަ ދައްކާލަ ކޮންގަދައެއް

  112
  1
 10. އެންދެރި

  ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް އިލްމް ވެރީން ކިޔާ ދީ ބަލާށެވެ . ދެރަ ކަމެކެވެ.

  86
 11. Anonymous

  ތިގޮތައް ވާހަކަ ދައްކަ މުން ގެންދިޔައީ ފިރުޢައުނު،

  106
 12. އެހެންނު!

  ގިޔާމަތް މަހުޝަރު ދުވަހުންވެސް ސަލާމަތެއް ނެތް. ތައުބާ ނުވެއްޖެއްޔާ ސީދާ ނަރަކައަށް.

  108
  2
 13. މަކިނބޫ

  މީ ހަ މަ ކާފަރެއް މުރުތައްދު ވެފަ ހުރި އެއްޗެއް. މީނަ ދައްކާ ވާހަކަ ތައް ބެލު މަށް ވުރެން ގޮނޑު ސާފް ކުރަން ތިބޭ މީހުން ދައްކާ ވާހަކަ އަޑު އެހިއްޔާ މާ ތާހިރު.

  84
 14. ނަން

  ސަލާމަތްވާނީ ކޮންބައެއްކަން އެންމެމޮޅަށް ދެނެވޮޑިގެންވަނީ ޚާލިޤްވަންތަ ﷲ ޞުބްޙާނަޙޫވަތަޢާލާ.

  98
 15. ސަމާލު!

  ނަބިއްޔާގެ ޒަމާނުގައި ބުދުތަކުގެ ކިބައިން ގެފުޅު ތޯހިރު ކުރިގޮތަށް ލާދީނީ ބައިގަނޑުގެ ކިބައިން މިގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ތޯހިރު ކުރަންޖެހޭ!

  106
  1
 16. Anonymous

  ޝަހިންދާ ޤާނޫނު ގިރައިގެން ބޮއި.

  94
 17. އަނގަގަދަ މިތުރު

  ﷲ އަށް ބިރުވެތިވެ ތައުބާވެ އިސްލާހުވުމަށް ގޮވާލަން.
  ނަރަކައިގެ އަލިފާނުން ކަމަނާ ސަލާމް ކުރާނީ ކާކުތޯ. ތިބާ ދުނިޔެއަށް ފޮނުއްވި ފަރާތުން ތިބާ ގެންދަވާނެ.. ޤުރްއާނާއި ސުންނަތް ދޮގުނުކުރެވޭނެ.

  97
 18. ާސައިންޓިސްޓު

  އެހެންވީމާ ވަރަށް ސާފުކޮށް އެބައިނގޭ ޓެރޮރިޒަމް ގާނޫން ފާސްކުރި މީހުންނާ އެމް.ޑީ.އެން މީ އެކީގާ ދީން ނައްތާލަން މަސައްކަތް ކުރާ ބައެއްކަން.

  93
  • ާއަހުމަދު

   ގާނޫނު ފާސްކުރި މީހުންނާ ތަސްދީގުކުރި މީހުން ޒިއްމާނަގަންނުޖެހޭނެތަ

   21
 19. ވަހީދުބެ

  ޤާނޫނު ފާސްކޮށްގެން ތިބޭ. ކާކުތަ މިރާއްޖޭގަ ޤާނޫނާ އެއްގޮތަށް ޢަމަލުކުރަނީ. ކަމެއްކުރަންވީމަ ޤާނޫނު އޮންނާނީ ކުނިވަށީގަ. ރަސޫލާއަށް ފުރައްސާރަކޮށް ބަޔާންނެރެފަ އެކަންރަނގަޅުކަމަށް ހަދަން އަނގަތަޅަން ތީކާކު.

  41
 20. އަހުމަދު

  އިސްލާމްދީން ނޫން ދީންތަކަށް އުޅެން ބޭނުންނަމަ އެމެރިކަ، ކެނެޑާ ފަދަ ގައުމުތަކަށް ގޮސް އުޅެބަލަ، ކޮންމެހެން ރާއްޖެއަށް އެހެން ދީންތައް ގެންނަން މަސައްކަތް ކުރާނެ ކަމެއްނެތް.

  39
 21. ނަވްބެ

  މިހަރަ ސިނގަރޭޓު ބޯ ދައިތަގަނޑާ ތިކަމެއް ނުހުއްޓާނަންތަ.....

  40
 22. މުހުއްމާ.

  މިސަރުކާރުގަ ދެންއުޅޭނީ ހުސް ތިޔަކަހަލަ ތާކުން
  ތާކު ނުގެހޭ ދީންގަބޫލު ނުކިރާ ހިންދާތައް މީއެކަހަލަ ހިންދާ ސަރުކާރެއް. ތިޔައީހައިރާން
  ޥާންވީކަމެއްނޫން.މުސްތަގްބަލުގަ މިހާރު ދެން ގިނަ
  ޥާނީވެސް ތިވައް ތަރުގެ ހިންދާތައް.ހިންފާތައް ހުއްޓުވާނެ ހިއްވަރެއް މިމީހުންގެ ގަޔަކުނެއް.

  38
 23. ކިޔާ

  ތިފާސްކުރި ޤާނޫނުގެ ދިގުއަތުން ތިބާގެ މޫނުގަ ވިހެލުމަކީވެސް ދުރުގަ އޮތްކަމެއް ނޫން..ދުނިޔޭގައިި ކަންކަން ހިނގަނީ ތިބާ ބޭނުންހާ ގޮތަކަށް ނޫންކަން ހަނދާން ކޮށްދެން.ތިހެން އިުޅޭ މީހުންނާއިމެދު ކަން ހިނގާފަހުރި މަގަކީ މިނާ ނާޅިން މިނެވިިގެން ދިއުން..އިސްލާޙުވޭ..

  31
 24. ދިގުއަތް

  ގާނޫނުގެއަތް ދިގުވެއްޖެއްޔާ މިއަންހެނާގެ ކައްތައްވެސް ގާނޫނުގެ ދިގުއަތުން ބަލަންވީނުން!

  26
 25. ޢަހްމަދު007

  ނުލަފާ ޖާހިލު އިބިލީސް

  32
 26. ލީމާ

  ކަލޭ ކިހިނެއް ވެގެންތަ ތިއުޅެނީ. ކަލޭއަށް ހާދަ ފޯރިއެއް އަރަޔޭދޯ އިސްލާމް ދީނަށް މީހުން އުޅޭތީ.

  37
 27. އިހްސާސް

  ޝަހިންދާމެން ތިތަބާވާ ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުން. ބަލަގަ އެމްޑީއެން އަށް މިވަރު ނޭގޭތަ؟ ނުވިތާކަށް ދީނަށް ފުރައްސާރަކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހިއުމަން ރައިޓްސް ކޯޓުންވެސް އެއޮތީ އިހައްދުވަހު ނިންމާފަ. އެޚަބަރު ވަގުތު ނޫހުން ގެނެސްދީބަލަ.

  23
 28. ރީފޯމުގެ ނަމުގައި

  ޝަހިންދާމެނަށް ކުރެވޭހާވެސް ކަމަކީ އިސްލާހުގެ ނަމުގައި ފަސާދަ ކުރުން. އެކަމަކު އެކަމެއް ޝަހިންދާމެންފަދަ މީހުންނަކަށް ރޭކާވެސް ނުލާ. ފަސާދަ ނުކުރާށޭ އެބައިމީހުންނަށް ބުނެވިއްޖެހިނދު އެބައިމީހުން ބުނާނޭ ތިމަންނަމެން މިއުޅެނީ އިސްލާހު ކުރާށޭ. ބަޤަރާ ސޫރަތުގެ ފުރަތަމަ އާޔަތްތަކުގެ ތަފްސީރު ބައްލަވާ.

  27
 29. ފެނޭ

  މިއީ ދިވެހިންގެ އިޙްސާސްތަކަށް ވެސް އިހްތިރާމް ކުރާ މީހެއް ނޫން.

  32
 30. ހަޖަމް

  މަޢަފަށް އެދުނު ވައްތަރު ޖަހާތަ؟؟؟ ހަނދާންވަނީ ގަދަބަސް ބުނަމުން ދިޔަ ފިރުއައުނު މަތިން.

  23
 31. ރޭރު

  ކުރިން ރިޕޯޓް ތައްޔާރުކޮށްފައި، ނުނެރެ މަޑުކޮށްލައިގެން މިތިބީ ގާނޫނު ފާސްކުރަން ދެއްތޯ.

  22
 32. އަހުމަދު

  ސަހިންދާ ކަލޭ އިސްލާމް ދީނާ ނުކުޅޭތި

  19
 33. ބުރޯ

  މިހިސާބަށް މިކަންކަން މިދިޔައީ ގާނޫނީގޮތުންނާ ދީނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ގ.ކެނެރީގެ މުހަންމަދު ނަސީދު ގެ މައްޗަށް ނޭޅުނީމަ. މިހާރުވެސް ޔޫޓިއުބުގަ އެހުރީ ނަސިދާބެހޭ ވާހަކަތައް.

  20
 34. ?

  hama kashavarunves ALLAH ge azaabu kurimathivumun kaleyakah salaamathey nuveveyne.

  13
 35. މުޙައްމަދު

  ސަހިންދާ ދޫކޮށް ބަހައްޓަްިގެން ރާއްޖެ އަމާނެއް ނުވާނެ. އޭނާ ބޭނުންވަނީ ދިވެހިން އިސްލާމްދީނުން ބޭރުކުރަން އަދި ރާްޖޭގައި ޓެރަރިޒަމް ހިންގަން..

  33
 36. Anonymous

  މުރުތައްދުކަލޭގެ އަށް ހައްދު ޤާއިމްކުރަންވީ

 37. އިލްޔާސް

  ދިވެހިންގެ ތެރެއިން ގިނަމީހުން މިގޮތް ބޭނުންނުވިޔަސްވެސް، ބުއްޅަބޭ އާއި، މައުމޫނު އަދި ކާސިމާ، ޖާބިރާ ވެގެން އިންޑިޔާގެ އުގަށްވެއްޓި ގައުމު މިއޮތީ ފުޑާލާފަ! ދެން އަތްޖަހަން ތިބޭ!