ހ.ތިލަފުށިގޭގާއި ރޯވި އަލިފާން ގަނޑު ނިއްވާލުމަށްޓަކައި، އެއާރޕޯޓުގައި ހުރި ފަޔާރ ލޮރީތައް 7 މިނެޓް ތެރޭގައި މާލެ ގެނެވުނީ ބްރިޖް ހެދިފައި އޮތީމަ ކަމަށް، ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ތުލުސްދޫ ދާއިރާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުރާ އަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިހާރު އެ ރަށުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެންމެ ފަހުން މާލޭގައި ހިނގައިގެން މި ދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމަށް ފަޔަރ ލޮރީތައް ގެނައީ ބްރިޖު މަތިން. އަޅުގަނޑު ހަމަ ހިތަށް އެރި ބްރިޖް ނެތް ނަމަ މުޅި ސަރަހައްދު ހުޅުދާން ވީސްހޭ. އެކަމަކު މި ވާހަކަ ދައްކާނެ މީހަކު މިހާރަކު ނެތް. ނިކަން ވިސްނާލައްވާ އަޅުގަނޑުމެން މިހާރު މި ތިބަ ހިސާބު. އަޅުގަނޑުމެން މި އުޅޭ މާލެއަކީ މިހާ ނާޒުކު ތަނެއް، ބޮޑު ހާދިސާއެއް ހިނގައިފި ކަމަށްވަންޏާމު އެކަމުގެ ގެއްލުންވެސް ހަމަ އެހާ ގިނަ މީނުންނަށް ލިބޭނެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިކަންކަން ބަލައި ނުގަނެވުން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ތަރައްޤީގެ ވާހަކަތައް ދައްކަން އެމްޑީޕީގެ ސަޕޯޓަރުން ބޭނުން ނުވާނެ ކަމަށާއި، މި ސަރުކާރަށް އަދި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.

"މީގެ ކުރިން ކޯސްޓްލައިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެތަނުގައި ހިފި އަލިފާން ނިއްވާލުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނު. އެއަރޕޯޓުގެ ޕަޔާރ ލޮރީތައް ގެންނަން ހަތަރު ގަޑިއިރު ހޭދަވި. ނަމަވެސް ވިސްނާލައްވާ އެ ބްރިޖް ހެދިފަ އޮތީމަ އެންމެ ހަތް މިނެޓް ތެރޭގަ އެ ފަޔާރލޮރީތައް އޮތީ މާލޭގަ. އަޅުގަނޑުމެންނަށް އެބަ ތަޞައްވަރު ކުރެވޭތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާއަށް ރައީސް ޔާމީން އާއި، ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މި ކުރައްވާ ދަތުރުފުޅުގައި ޖުމްލަ ހަތަރު ރަށަކަށް ވަޑައިގަތިމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ރައްޔިތުންނާއި ބައްދަލުކުރުގެ ގޮތުން ތިން އަތޮޅަކަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ޕޮގުބާ

  ޔަގީން

  27
  1
 2. ޖެނެރަލް ސިޔާމު

  ނަރީސް ބްރިޖު އެޅީ.

  9
  5
 3. ޔޯމޭން

  7މިނެޓޭ، ފަޔަރ ލޮރީއޭ ކިޔާނެ ކަމެއްނެތް. ވެރިކަމުގެ 5އަހަރު ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރިނަމަ ފަޔަރ ލޮރީ ހޯދަން ނުޖެހުނީސް.

  18
  104
  • ޖާބިރު

   ވެރިކަމުގެ ފަސްއަހަރު ކެމިކަލް ގުދަންތައް ބޭރުކުރަން މާލޭ ފަޅުތެރެއިން ތަނެއްހިއްކާ އެތަން ތަރައްޤީ ކުރިއިރަށް މިހާރު ވެރިކަމުގަތިބި ލާދީނީ ބައިގަނޑު ވެރިކަމަށް އައީ. އައިސް ރައްޔިތުންނަށް ފައިދާވާ ކަމެއްނުކޮށް ގައުމުތަކަށް ދަތުރުކޮށް ބޮޑުބިޔަ ބަޖެޓް ހުސްކޮށް ލޯނުނަގައި އެވެސްކައިހުސްކޮށްފި. ދެން ބާކީހުރިފައިސާކޮޅުން އިސްލާމްދީން ފުހެލަން ޚަރަދުކުރުމުގަ ބިޒީކޮށް.

   58
   4
  • ކެކި

   ޔާމީން އިންޑަސްޓްރިއަލް ޒޯން އަޅަން އުޅުމުން ބަޖެޓޭ އެއްޗެކޭ ކިޔައިގެން އެކަން ހުއްޓުވަން އުޅުނީ ކޮންބައެއް؟

   49
   1
 4. އާމިނަ

  އެތަންކޮޅު ބުނަށް އުޅެފައި ޓީވީން ލައިވް ކަނޑާލި އެކަމަކު ބްރިޖް ހެދި މީހާ ދިވެހި ރައްޔިތުންނަށް އޮޅިފައެއްނެއް.
  ނަޝީދަށް ބުނެލަން އޮތީ އންޖިނޭރު ފެނޭހޭ؟
  މިކަލޭގެ ބުރިޖް އަޅާ ވާހަކަ ދެއްކި ހައިރުންބުނި ކާކުހޭ އެވަރުގެ އިންޖިނޭރަކީ.!އަދި އެބަ ކިޔައެއްނު ހިންނަވަރާއި ނައިފަރާއި ބުރިޖް އަޅަން، އަހަރެމެން ޔަޤީންކުރާނީ އެއްބުރިޖް އެޅިމީހަކަށް ދެންވެސް ބުރިޖްއެޅޭނެކަމަން

  76
  8
 5. ނސދ

  ވެލާވެސް ބިސް އަޅާ. އެކަމަކު ދަނީ އެވާހަކަ ގޮވަމަކުންނޫން.

  12
  89
  • ހުސޭނުބޭ

   މި ރާއްޖޭ ވެރިކަމުގައި މިހާރު ހުރި ވެލަޔަށް އަދި ބިހެއްވެސް ނޭޅޭ! އުންކާރުދޭއިރަށް ޕުއްޕުލެވެނީ. ސަކަރާތެއްނު!

   42
   1
  • ޥެލާ

   ވެލާ ދަމުން ދަނީ ބިސް އެޅި ކަމުގެ އަސަރު އަދި ފިޔަވަޅު ދޫކޮށްފަ. އެކަމު އެ ފިޔަވަޅު ފެނުނަސް ނޭނގޭ މީހުންނަކަށް ނޭނގޭނެ. ކަލޭ ތީ އޭގެ މީހެއް. ދެން ލަލަލާ

   36
   3
  • ޙަޖަމް

   ހަޖަމް ނުވޭ ދޮގެ

   25
   2
  • ވެލާ

   ކޮންމެ އެއްޗެކޭ ކިޔައިގެންވިޔަސް ކަލޭކަހަލަ ގަމާރުމީހަކަށް އެބުނާ އެއްޗެއްފަހުމްވޭތޯބަލަންއެބަޖެހޭ!
   އެދައްކަނީތަރައްގީގެވާހަކަ، ހަމަ ބުނާހާއިރުން ކަލޭކަހަލައެހެންގަމާރަކުގޮވާނެ،ކޮބާހޭކޮބާހޭކިޔާފަ. ދެންކުރިމަތިންދެއްކީމަވެސް ބުނާނެ ކޮބާހޭކޮބާހޭތިބުނިބުރިޖު. އެކަމަކަކު ތިގަމާރަށްނޭގޭއެއްޗަކީ ބުރިޖުމަތީހުރެކަންމިހެންމި ބުނެވެނީ! ކަލޯ ހަމަ ރަނގަޅުވާންވެއްޖެއެއްނު؟

   22
   1
 6. ހަބީބީ

  25 ބުރީގެ އިމާރާތުގަ އަލިފާންރޯވެއްޖެއްޔާ މީހުން ސަލާމަތްކުރާނީ ކިހިނެއް؟

  1
  30
  • ޝަފީއު

   އެތާގަ ފަޔާ ސިސްޓަމަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިސްޓަމެއް. އަދި އަލިފާނުގެ ހަދިސާއެއްގަ ބޭނުންކުރެވޭޒާތު ފަޔާ ރޭޓެޑް ލިފްޓު ހުރުމުގެ އިތުރައް މުޅިއމާރާތުގައި ވޯޓާ ސުޕރިންކުލާ ސިސްޓަމާއި ފަޔާ އެލާމާއި ސުމޯކް އެލާމް ހުރޭ އަފި ފަޔާ ސޭފްޓީ ކޮންޓުރޯލް ސެންޓަރެއް ހުރޭ. ފަޔާ އިވެކުއޭޝަން ޕުލޭން އެއް އޮވޭ.. ފަޔާ ހައިޑުރަންޑު ސިސްޓަމް ހުރޭ.

 7. ބޯކިބާ

  200 ރަށުގަ މީހުންއުޅޭއިރު 7 މިނިޓުތެރޭ މާލެއަށްދެވުނީމަ ނިމުނީތަ، އެހެން ރަށެއްގަ ރޯވެއްޖިއްޔާ ކިތައްދުވަހުންތޯ ދެވޭނީ ބަލާލިންތަ.

  4
  31
 8. ލެއްގި ކޮމިޝަނަރ

  ވެލާ ނުޖެހޭނެ ބިސްއަޅާފަ އެވާހަކަ ގޮވާކަށް. އެހެން ވެލާތަކަށް އިގޭނެ ވެލާބިސް އެޅީމަ. އެކަމަކު މިގައުމުގަ އުޅޭ ރީދޫ ބާގައިގެ މީހުނަށް ތަރައްޤީ ގެނެސްދޭ މީހާ ނޭންގޭ. އެހެންވީމާ މިޖެހެނީ އިރުކޮޅުކޮޅާ ހަދާންކޮށްދޭން. ރައީސް ޔާމީން ގިނަގިނައިން ތިވާހަކަ ދެއްކުމަށް ގޮވާލަން.

  30
  2
 9. zayaan

  aan dhen burijeh elhifa thi othy… kanhabu ves bis alhaafa eah govamuhneh nudhuvey.. kos nugovaa dhen thibey balan dhuruga,,... vedhun

  2
  22
  • ދޮން ތުއްތު

   ކަލޯ ކިތައްމެ ކަޑަވިޔަސް އެބުރިޖަށް އަރާގެން ދޯ ހުޅުމާލެއަށް ދަނީވެސް. ގޯހެއް ނޫން.

   18
   2
   • zayaan

    dhon kaloa.. kada vany kiy nun... migaumuga kameh kohffa ekamah govamun dhuvan vehjehyaa salaamatheh nethehnu… kaleymen beys evani beys... kuraairu thimahna ey aasandha hedhy ey kiyaafa govamun bayaku dhuveytha? vedhun

    2
    3
 10. ބަދަން

  ބުރިޖުވާހަކަ ދައްކާތީ ވަރަށް ލަދުވެސް ގަނޭދޯ! ކަލޯ ވެލާ ބިސް އަޅާފަ އެވާހަކަ އެސޮރު ނުކިޔާކަމެއް ކަލެއަށް އެނގުނީ ކިހިނެއް! އެބަހުރުވަ ކަލެއަށް އެގޭތަ ގަމާރާ.

  26
  1
 11. ކިޔުންތެރިޔާ

  ދެން އެއްކަލަ ބައިގަނޑުދެފަޔަށްހިނިއަރައިގެންއުޅޭހެންބުނާނެ ކަލޭ އަމިއްލަ ޖީބުންހޭޚަރަދުކުރީބުރިޖުއަޅަން. ބަލަ އޭރުގަވެސް ރައްޔިތުންގެލާރިންކަންކޮށްދީފައޮތީ،ހަމަ އެގޮތަށްހަމަމިހާރުވެސްރައްޔިތުންގެލާރި. ކީއްވެގެންހޭނުކުރެވެންވީ؟ ނެތޭގަޔަކުގާބިލުކަމެއްދަރިޔާ! އެމްޑީޕީ ނޫންގޮތެއް އަވަހަށްހޯދަންއެބަޖެހޭ!

  24
  1
 12. ވަތުއޮޑި

  ތިހިރީ ތުލުސްދޫގަ، ތުލުސްދޫމީހުނާ ވާހަކަދައްކާއިރު ބުނެދީބަލަ ތުލުސްދޫގަ ރޯވެއްޖިއްޔާ އަލިފާންނިވާމީހުނަށް ކިހާއިރަކުން ދެވޭނެގޮތް ހަދާދިނިންތޯ.

  3
  19
 13. ކަމަނަ

  ސުވާލަކީ ބުރިޖް އެޅީ ޔާންޓޭ ގެ ފައިސާއިންތޯ،

  3
  19
  • ޖަވާބު

   ބްރިޖް އެޅީ ރައްޔިތުންގެ ފައިސާއިން. އެކަމު މިހާރު ތިބި އިންޑިއާ އިންޖިނިއަރުންގެ ގޮވާގެން މިގައުމު މިދަނީ 10 އަހަރު ފަހަތަށެވެ. ކަމެއްވާ ބައެއްނަމަ ރަނގަޅު ވައުދުވާން.

   19
   1
  • Anonymous

   ކަލޯ އިބޫ އަށް އެއުޅެނީ ތިވަރުވެސް ނުވެގެން.

   15
   1
 14. ސަޓޯ

  ފަންޑިތަ ބޮނޑިބަތް ކެވިފަ ތިބި އެމްޑީޕީ މީހުމަކަށް ތިތަނެްް ނުފެންނާނެ... އެމީހުންނަށް ހީވަނީ އެއީ މަތިން ވެއްޓުނު އެއްވެއް ކަމަށް

  14