މަޖީދިއްޔާ ސްކޫލް ސްކައުޓް ގްރޫޕުން "ފިއުލް ފޯ ލައިފް" ގެ ނަމުގައި ލޭހަދިޔާ ކުުމުގެ ހަރަކާތެއް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތަކީ ތެލަސީމިއާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުއްވާ ލޭ އަޅާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ގޮތުން ތެލަސީމިއާ ސެންޓަރުގައި ބާއްވާ ހަރަކާތެކެވެ.

މިއީ ފިއުލް ފޯ ލައިފްގެ ނަމުގައި ބާއްވާ ދެވަނަ ހަރަކާތް ކަމުގައި ވާއިރު އެންމެ ފުރަތަމަ މި ހަރަކާތް ބާއްވާފައިވަނީ މިއަހަރު ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

އެންމެ ފަހުން ބޭއްވުނު ފިޔުލް ފޯ ލައިފް ގެ އިވެންޓްގެ ތެރެއިން

މި ހަރަކާތް އިންތިޒާމް ކުރާ ކޮމިޓީގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ލޭ ހަދިޔަ ކުރުމުގެ އިތުރުން ތެލަސީމިއާއި ބެހޭ ގޮތުން އާންމުން ހޭލުން ތެރި ކުރުން ކަމުގައެވެ. އަދި ދުނިޔޭގެ އާބާދީގެ %1 އަކީ ލޭ އަޅާކުދިން ކަމުގައި ވާއިރު، ހަރަކާތުގެ ބޭނުމަކީ މި އަދަދު މަދުކުރުން ކަމަށްވެސް އޮފިޝަލް ފާހަގަކޮށްފައި ވެއެވެ.

"މި ހަރަކާތަކީ މަޖީދިއްޔާ ސްކައުޓް ގުރޫޕްއިން އިންތިޒާމް ކުރެވގެން ބޭއްވޭ އިވެންޓެއް. ފިޔުލް ފޯ ލައިފްގެ ނަމުގައި މި ބޭއްވާ ހަރަކާތުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އާންމުން ތެލަސީމިޔާއާއި ބެހޭ ގޮތުން ހޭލުންތެރިކުރުން. އަދި ހަމައެއާ އެކު މުޖުތަމައުގެ ގިނަ ޒުވާނުންނަށް ހާއްސަކޮށް ލޭ ބޭނުންވާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން އަންގާދީ އެކުދިން މިފަދަ ކަންކަމަށް ހޭލުންތެރި ކުރުން." މަޖީދިއްޔާ ސްކައުޓް ރޯވަރ ޒާއިން ޒޭނަބް ހާރިސް ބުނެފައިވެއެވެ.

https://www.facebook.com/fmsgscouts/posts/2528494807241351

މި ހަރަކާތް އޮކްޓޯބަރ 5 ވަނަ ދުވަހު މެންދުރުފަހު 1:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް ތެލަސީމިޔާ ސެންޓަރުގައި ކުރިޔަށް ދާނެއެވެ. މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ އެދުމަކީ ވީހާވެސް ގިނަ ޒުވާނުން ތެލަސީމިޔާ ސެންޓަރަށް ޒިޔާރަތްކޮށް މި ހަރަކާތުގައި ބައިވެރިވެ ލޭހަދިޔާ ކުރުމެވެ.