އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި ވަނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއަކުން ރިޕޯޓެއް ނެރެ އާންމު ކުރުމާއި ގުޅިގެން އެކަމަށް ގިނަ ބައެއްގެ ނުރުހުންވުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަމެއް ކޮންމެ ބަޔަކު ކުރި ނަމަވެސް ހުއްޓުވަން ޖެހޭނެ ކަމަށެވެ. ރައީސް މައުމޫންގެ މި ޓްވީޓުގައި އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ ޓްވީޓާ އެކައުންޓު ވަނީ ޓެގު ކުރައްވާފައެވެ.

"އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް،" ރައީސް މައުމޫންގެ ޓްވީޓުގައި ވެއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައިވާއިރު، އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނާއި މެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅައި، އެފަދަ ރިޕޯޓެއް ނެރުނު އެމްޑީއެން ބަންދު ކުރުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޔާސީ ބޭފުޅުންނާއި އާންމު ގިނަ ބަޔަކުވެސް ދަނީ ގޮވާލަމުންނެވެ.

މީގެ ކުރިންވެސް ފާޅުގައި ދީނަށް ފުރައްސާރަކުރަމުންދާ އަންހެނެއް ކަމަށްވާ ޝަހިންދާ އިސްމާއިލް އިސްވެހުރެ އުފައްދާފައިވާ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމީ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އެގޮތުން ރާއްޖޭގައި ސްކޫލް ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭ ފޮތްތަކުގައި ލޭއޮހޮރުވުން ހިންގުމަށް ބާރުއަޅާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދދދދދދ

    ދީނުގެ އަދުއްވުންނާ ގައުމު ހަވާލު ކޮށްފަ ކޯޗެކޭ ކިޔާ މީހެއްތަމީ. މަ ހާދަ ފޫއްސެއް ކަރުވައޭ.

    77
    6
    • އައްޑޫސިޓީ

      ދެން ތިލަވަކިޔާނެ ކަމެއްނެތް.

      33
  2. ރައްޔިތެ

    މަލަސްވެއްޖެ ތިހެން ބުނަން އެކަމަކުވެސް ބުނީތީ ރަގަޅު.. މިހާލަތު ގައުމަށް މެދުވެރިވީަނިކުފާނުގެ އަމިއްލަ އެދުމާހެދި.. ވީމާ މަނިކުފާނަކަށް ދުވަހަކުވެސް މައާފެނުކުރާނަން.. ދެންވެސް މިހެދުނު ގޯސްރަގަޅުކުރަން މައުމޫނު ނުކުމެ ސަރުކާރުން ވަކިވުމަށް ދަންނަވަން.. އޭރުންވެސް ގައުމަށް ހެޔޮކަމެ ކުރެވުނުކަން ގަބޫލުކުރާނެމީހުން... މަރުވެދާނެ ކޮއްމެވަގުތަކުވެސް.. ވީމާ މި މުސީބާތުން ގައުމާ ރައްޔިތުން ސަލާމަތްކުރަން މައުމޫނު ނުކެދީ.

    32
  3. ވަލީ

    ތިކަމަކީ މަނިކުފާނުގެވެސް ބައިވެރިވުމާ އެކުހިންގާ ޖަރީމާއެއް

    38
  4. ކައުންސެލަރު

    އަސްލުވެސް، މަގޭރޯލްމޮޑެލްތީ އެކަމަކު އެއީ ކުރީގެ ކަމެއް. މަފޫހިވީ ރައީސްޔާމީނަށް ކުރިތާއީދު އަނބުރާ ގެންގޮސް، ހުރިގޮތަށް ހުރިނަމަ އޯކޭ. އެކަމަކު ލާދީނީ ބައިގަނޑަކާ އެކުވެގެން އުޅޭތީ، އަދި މިހުރިހާ ކަމެއްވެގެންދާއިރުވެސް އަނގަފުޅުން ބަސްފުޅެއް ބޭރުނުވާތީ.

    24
  5. Anonymous

    ދެން އެމުރުތަދު ކައިރީ ކާފަބެ ބުނެބަލަ. ކާފަ ބުނީމަ އަޑު އަހާވެސް ފާނެ.

    25
  6. Anonymous

    އަސްތާ. ކާފަ ބެއްޔާ ނުބުނާތީ އިބޫ އެހުންނަނީ އިވޭ ކަންފަތަށް ކަފަޖަހައިގެން.

    27
    1
  7. ޙައުލާ

    އިބޫ ކަނުވެފަ. ބީރުވެފަހުރީ. ދެން ކިހިނެއް އެކަމުގަ ބަހެއްބުނާނީ.

    29
  8. ހހހހ

    އޭ ބެއްޔާ. ކަލޭވެސް މިނުލަފާ ދައިތައާއެކު ޒިންމާ އުފުލަންޖެހޭނެ.

    28
  9. އާމިނަ

    މަނިކުފާނަށް އަދި ކިރިޔާތޯ ރޭކާލީ މިމީހުންގެ ގޮތްގަނޑު ވާނެ ހައެއްޗެއް ވީމަތޯ؟ ބަައްލަވާ މަނިކުފާނުގެ ވެރިކަން ނުވެއްޓިގެން ޑިމޮކުރަސީގެ އަައްޕަ އަންހެންވެރިންގެ މަގުމަށްޗަށް ނެރެ ލަދުކަނޑުވާ ވާރޭގައި ތެއްމާ ފުލުހުން ނާއި ސިފައިންނަށް ދުއްތުރާކޮށް އުޅުނު ވައްތަރުން އަޅުގަނޑުމެންނަށް ބޮޑުކަމަކަށް ވެގެން އަދިވެސް މިތިބީ، އެކަމަކު މަނިކުފާނު ހަނދުމަފުޅެއް ނެތެއްނޫންތޯ އެމީހުންނާއި އެއްބައި ވެގެން ތަރައްޤީ މެކުހަށް ޖަހާފައި ހުރި ޤައުމެއް ފުނޑާލަމުންދާއިރު ތިޔަހުންނަވަނީ

    21
  10. 1111

    މާތްކަލާކޮ! މީނަގެ ސްޓައިލްގަ ދީނާމެދު ކޮންމެ ކަމެއް ކުރިޔަށް އެނުވާނެ ދީނަށް ފުރައްސާރަ ކުރާކަމުގަ. އެވާނީ ދީނުގަ އެކަން އޮތްގޮތް ކަމުގަ.
    މިފަދަ ވާހަކަތައް ދެއްކުމުގެ ކުރިން އެއްފަހަރުވެސް ވިސްނާލިންތޯ އަމިއްލަ ހާލާމެދު!
    ފެންނާނި ދެއްކި އެއްޗެއް. އަޑި ދެނެވޮޑިންވާނީ ﷲ

    19
  11. ޟމ

    ކާފަ މިޤައުމު ލާދީނީ ބަޔަކާ ހަވާލުކޮށްފަ ދެން ކީކޭ ތިކިޔަނީ

    25
  12. علي وحيد

    އެހެންވީމަ އެއްބަފާ ކޮއްކޮ ދޫކޮށް ލާދީނީ ބައިގަނޑާ ގުޅިގެން އިސްލާމް ދީނައް ފުރައްސާރަ ކުރާމީނައް ބައިޔަތުހިފައިގެން ތިގޮތުގަހުރޭ އެއިރުން ތިކަމުގައިވެސް ރަނގަޅަށް ބާއްޖަވެރި ވެވުނީ ސާބަހޭ މައުމޫނު ސާބަހޭ ސޭކު އިމްރާނު ސޭކު އިޔާޒު ސޭކު ޒައިދު ސޭކު އިލިޔާސް ސޭކު މައުމޫނު

    25
  13. ހުސޭނުބޭ

    މީ ހާދަ ނުބައި މީހެކޭ! އަނިޔާކޮށްފައި ބޭސްއަޅައިދޭން އަންނަ މީހާ މިއީ!

    52
    1
  14. Anonymous

    ހުރިހާ ކަ މެއް އެނގިހުރެ މިފަދަ ބަޔަކާ ބައިޢަތު ހިފީ ކިހިނެއް ވެގެން

    30
  15. ނިހާދު

    ސައުދީސަރުކާރުން ހެންވޭރު ކޮޅުގަ މިސްކިތް އަޅާތީ މީނަގެއަށް މަތިންދާބޯޓް ޖައްސާމަންޒަރު ނުފެނެއޭ ކިޔާން އެހަށް ދުވަހު ޓްވީޓްކުރީ ދުނިޔެއަށް ފޮނުވިބޭނުން ހަނދާން ނައްތާލާފަ މަތިންދާބޯޓް ޖައްސާތަން ބަލަންތަ އިންނަންވީ ދެންވެސް ތައުބާވެ ހަޔާތުގެ ދެންއޮތް ދުވަސްކޮޅު ރަގަޅަށް އުޅެވޭތޯ ބަލާބަލަ މަރުވުމުގެ ކުރިން މިހާރު ތިޔަހުރި ގޮތަށް ހުއްޓާ އެމިސްކިތުގަ ބަންގިދޭން ފަށާފިޔާމުން އުނދަގޫވަނީޔޭ ކިޔާން އަނެއްކާވެސް ޓްވީޓް ދޯކުރެވޭނީ އަނިޔާ އަށްވެސް ތެދުމަގު ފެނާނެކަމަށް އުންމީދު ކުރަން

    21
    1
  16. ިއެޗް އާރު އެމް

    މިހުރިހާކަމެއްޒިންމާއޭގެއެންމެމަތީދަރަޖައިގޤމައުމޫނުނަގަންޖެހޭނެ ކޮންވާހަކައެއްދައްކާކައްމނަމިއުޅެނީ

    21
  17. ރަބީޢު

    ނަގޫ ގޮށްޖެހިފައިހުރޭ!

    17
  18. ދެތިކި ޕީ

    މީ ކަލޭމެން ޒިންމާވާން ޖެހޭ ކަމެއް. އެނގި އެނގި ހުރެ އަލިފާންގަނޑަކަށް ފުއްމާލާގެން ތިއުޅެނީ. ކޯލިޝަން އިން ބޭރުވޭ ޕުލީސް މައުމޫނު ބޭ

    15
  19. އަލީ އިބްރާހިމް

    ކަލޭމެންގެ ބައިގަނޑު

  20. ސަމްރާން

    ހުރިހާވާހަކައަކާއި ހާސަރުތަކެއް ހުއްޓާލާފަ ލާދީނީ އެމްޑީޕީ ޖަމާއަތް ވެރިކަމުން ދުރުކުރަން ނިކުންނަވެއްޖެ. މިކަމަކައް ހަމައެއްވެސް ކުރިއެރުމެއް އަދި ދީނައް ހިމާޔަތެއް މި މީހުން ތިބެގެން ނުލިބޭނެ. މިއީ ދިވެހި ރައްޔިތުން މި މީހުން އަތުން ބޮނޑިބުއި ދެވަނަ ފަހަރު. އަދި ކިރިޔާ އަހަރެއް ވެލީއިރު މިހިރީ ހިންގާލި ޖަރީމާތައް. މިއިން ކަމަކައް ފިޔަވަޅެއް ނާޅާތާގައި މިކަން ކުއްވެރިވެސް ނުކުރޭ ރައީސްއަކައް ކަނޑައަޅާފައި ހުރިމީހާއަކައް. މި މީހުންނައް އަދި 4 އަހަރު ދެވިއްޖެއިޔާ އަދި ލައްކަ ގިނަ ޖަރީމާ ހިންގާނެ. ހަމަ ހިންގާއިރައް އަހަރެމެންނައް މަޝްވަރާއެއްކޮއްލާފަ ދުރުގަ ބަލަހައްޓައިގެން ތިބެވޭކަށެއް ނެތް. 2013 ގައި ހިންގިފަދަ އެއްވުންތައް ބާއްވައި މިސަރުކާރު ވަގުތުން ވަގުތައް ނެރެ އެއްލާލަން ޖެހޭ ވަގުތު މިއޮތީ އައިސްފަ.