އިންޑިއާގެ ގޯއާގައި ކުރިއަށްދާ ދެވަނަ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް، މާދަމާ ތަޤުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 3 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންކްލޭވްގައި އިންޑިއަން އޯޝަން ރީޖަންއަށް ނިސްބަތްވާ ވަރަށް ގިނަ ޤައުމުތަކުގެ ނޭވީ ޗީފުންގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އަދި މެރިޓައިމް ސްޓްރެޓެޖީގެ އެކްސްޕާރޓުންނާއި ސްކޮލާރސްއިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ގޯއާ މެރިޓައިމް ކޮންކްލޭވްގެ މިފަހަރުގެ ތީމަކީ "ކޮމަން މެރިޓައިމް ޕްރިއޯރިޓީސް އިން އިންޑިއަން އޯޝަން ރީޖަން އެންޑް ނީޑް ފޯރ ރީޖަނަލް މެރިޓައިމް ސެކިޔުރިޓީ" އެވެ.

މި ކޮންކްލޭވްގައި އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޯރ، ތައިލޭންޑުގެ އިތުރުން ބަންގުލަދޭޝް، މިޔަންމާ، ސްރީލަންކާ އަދި ދިވެހިރާއްޖެ، ސީޝެލްސް، މޮރިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިންގްފިޝަރ

    ޕާކިސްތާނުގެ މިލިޓަރީ އެކަޑަމީން ގްރެޖުއޭޓްވި އޮފިސަރ ކެޑޭޓެއް، އިންޑިއާގައި ތަޤްރީރު ކުރުން.