މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ހިންގި އަމަލުތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި.

"ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” މި ނަމުގައި އެމްޑީއެން އިން ނެރުނު ދިރާސާ ރިޕޯޓުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފުވާ ގޮތަށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލިދާނޭ ފަދަ އެތައް ވާހަކަ އެއް ވަނީ ހިމަނާފައެވެ.

ޖުމްހުރީ ޕާޓީ އިން މިރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، "އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް،ޚިޔާލު ފާޅުކުރުމުގެ ނަމުގައި ޢިލްމީ ދިރާސާ ކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި މާތް ރަސޫލާ މުޙަންމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބަދުބަސް ރައްދުކޮށް މިދިވެހި މުޖުތަމައު ފަސާދަކުރުމަށް އެމްޑީއެން އިން ހިންގިއަމަލު ކުށްވެރިކުރަން" މިހެންނެވެ.

ދީނީ ހައްދުފަހަނަ އަޅައިދިއުމާއި ދެކޮޅަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެކަމާއި ނުރުހުން ފާޅު ކުރަމުން އަންނައިރު، ބައެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ އެކަން ކުށްވެރި ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

"ކައިވެނިން ބޭރުގައި ޖިންސީ ގޮތުން (އެއްޖިންސުން ގުޅުން ހިންގުން ހިމެނޭ ގޮތަށް) ޒިނޭ ކުރުމުގައި ކުޑަކުދިން ޝާމިލުވެ އުޅުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ (އަމިއްލައަށް މަރުވުމަކީ) ގޯސްކަމެއް ކަން ކުދިންނަށް ކިޔައިދިނުމުން އެ ނިމުނީ. ކުދިންނަށް ޖިންސީ އަނިޔާ ލިބެނީ އެއްޖިންސުން ގުޅުން ހިންގައިގެންނޭ، ނުވަތަ ކައިވެނިން ބޭރުން ޒިނޭ ކޮށްގެންކަން ކިޔައިދިނުމުގެ ބޭނުމެއް ނެތް. މިއީ ކޮންމެހެން ކިޔަވައިދޭން ޖެހޭ އެއްޗެއް ނޫން،" އެ ރިޕޯޓުގައިވެއެވެ.

މިފަދަ އެތައް ވާހަކައެއް އެ ރިޕޯޓުގައި ވާއިރު، ރާއްޖޭގެ ދީނީ އިލްމުވެރިން ވަނީ މިރޭ ބޮޑު ބައްދަލުވުމެއް ބާއްވައި، މިފަދަ ކަންކަން ހުއްޓުވޭނޭ ގޮތަކާއި މެދު މަޝްވަރާތައް ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ގާސި މުއަށް ރޭކާލީި އަދި ކިރިޔާ

  27
  1
 2. ތީތި ކަނޑަ

  ގަދަ ނިދީގަތިބެފަ ހޭލެވިއްޖެދޯ ގައުމުގަ އަޑުގަދަވީމަ... ބަލައި ނުގަނެވޭތަކެތި އުކަނީ ގޮނޑަށް.. ޖޕ ސަރުކާރުން ވަކިނުވެ ތިހެންބުންޏަސް ގަބޫލެނުކުރެވޭނެ ތިއީ އިހުލާސްތެރިކަމެނޫން. ނުރުހުން ފާޅުކުރަންވާނީ ހިއްވަރުހުރެގެން ގަޓްހުރެގެން.. އެމީހުންގެތެރޭގަހުރެ މަށެނޫން ކިޔަސް ރަގަޅެނޫން.. ތީތިކަޑައޭ ގާސިމޫ...

  28
  1
 3. ދިވެހިރައްޔިތެއް

  އަމާ ބުނީތީ ފަރަށްދާހެން ކުށްވެރި ކުރާނެ ކަމެއް ނެތް. ކަލޭ ޖެހޭނެ މިހުރިހާ ކަމެއްގެ ޒިންމާ ނަގަން. މަގޭ ހައްގުން ޒައްރެއްވެސް ކަނޑާކަށް ގައިމުވެސް ނެތިން.

  9
  1
 4. ރައްޔިތު އާދަނު

  ޝުކުރިއްޔާ ގާސިމް. ތިބޭފުޅާއާއި ޖުމްހޫރީޕާޓީ އަކީ އަބަދުވެސް ދީނާ ގައުމަށްޓަކައި ތެދުވާން ތައްޔާރަށް ތިއްބަވާ ބައެއްކަން ސާބިތުކޮށްދީފި. ޢަދާލަތުޕާޓީއާ ޝެއިޚްއިމްރާނަކީ ފައްކާމުނާފިގުންތަކެއްކަން އެނގިކަށަވަރުވެއްޖެ.

  5
  1