އާސަހަރާގައި ސަންދޯކަކަށް ލާފައި މަހާނައެއްގެ މަތީގައި ސިހުރެއް ވަޅުލާފައި ވަނިކޮށް ފެނިއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަހާނައެއްގެ މަތިން މި ސިހުރު ވަޅުލާފައިވަނިކޮށް ފެނުނީ، އާއިލާގެ މީހަކު މަހާނަ އަށް ޒިޔާރަތްކުރި އިރު، ފަސްގަނޑު ހާވާފައި ހުރުމުން އިތުރަށް ބެލި ބެލުމުންނެވެ.

އާސަހަރާ ތެރެއިން ފެނުނު ސިހުރު - ފޮޓޯ: މީސްމީޑިއާ

މަހާނައެއްގެ މަތީގައި ވަޅުލާފައި އޮތް ސިހުރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތައް މީސްމީޑިއާގައި އާންމުކުރި ފަރާތުން ބުނެފައިވަނީ، ސިހުރު ވަޅުލާފައި ވަނިކޮށް ފެނުނީ، ޖަމާޢަތްތެރިން އެތަން ކުޑަކޮށް ކޮނެލި ވަގުތު ކަމަށެވެ.

އަދި އެ ސިހުރު އޮތީ ސަންދޯކަކަށްލައި ކަފައަޅައި ބަނދެފައި ކަމަށާއި، މިހާރު އެ ސިހުރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

"ސިހުރު ހަދާ މީހާއަކީ ޝައިތާނާގެ އަޅެކެވެ،" މީސްމީޑީއާގައި މި ފޮޓޯތައް އާންމު ކުރި މީހާ ލިޔެފައި ވެއެވެ.

އާސަހަރާ ތެރެއިން ފެނުނު ސިހުރު - ފޮޓޯ: މީސްމީޑިއާ

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ތަހުޤީޤެއް ކުރިޔަށްގެންދާ ކަމަށެވެ.

މިއަދު އާސަހަރާގެ މަހާނައެއް މަތިން، ވަޅުލާފައިވާ ސިހުރެއް ފެނުނުއިރު، މާފަންނު ސަހަރާ ތެރޭގައި ސިހުރު ހަދާފައިވާ ގާތަކެއް ކަމަށް ބުނެ އެ ގާކޮޅުތައް ނެގި ބަޔަކު އެ ސަހަރާ ކައިރިން ހުއްޓުވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. maaengey

    aan dhen emmen siyaasee ey siyaasee ey kiyamun dhuvey sarukaaru mathy nan alhuvamun

    13
    26
    • ޢަލީ

      މީގެ ކުރިން ވެރިޔަކަށް ހުންނަމީހާ ޒިންމާނަގަން ޖެހެންޏާ މިހާރުވެސް އެކަން އޮންނަންވާނީ ހަމަ އެގޮތަށް ކަންނޭގެ

      23
      3
  2. ހެކި

    ސީސީޓީވީ ބަހައްޓާ.

    48
  3. ޔައުސާން

    ކޮބާ ސަހަރާ ބަލަހައްޓަން ހަވާލު ކޮއްފަތިބޭ މީހުން. އެތަނައް ބޭނުންގަޑިއަކު ސިހުރ ހަދާމީހުންނާއި ޕާޓޭއިންނައް ވަދެވެންވީ ކީއްވެ. ކޮބާ ކެމެރާ ސިސްޓަމް. އެތާކާރީ ހުންނަ ޕާރކިންގަ ކެމެރާ ހުންނައިރު ޕާކިންގެ މޮނީޓަރިބް ސުޓޭޝަނައް ގުޅާލާފަ ސަހަރާގަ ކީއްވެ ކެމެރާ ނުބެހެއްޓެންވީ.؟

  4. Anonymous

    އިބުރާހިމްގެ ވެރިކަން ވައްޓާލަން ސިހުރު ހަދަނީ. ތިޔަވާނީ އުސްފަސްގަނޑުގަ ސިހުރުހެދި ގްރޫޕްކުރާ ކަމަކަށް. ޔަގީން. އިބްރާހީމާ ނިކަން ސީރިއަސްކޮށް ތި މައްސަލަ ބަލާބަލަ. ފަހަރެއްގަ މަޖިލީހުގެ ރައީސް ތާށިވެދާނެ.

    26
    3
    • ތިއޮޅެނީ

      ސިހުރާ ގުޅިފަ ހުރި ޕާޓީއެއްގެ މީހެއް އިބުރާހީމަކީވެސް. އޭނާ ވައްޓަން އިތުރު ސިހުރެއް ހަދާކަށްނުޖެހޭނެ. މަޖްލިސް ރައީސް ދަންނާނެ ސިހުރަށްވުރެ މިހާރު ބާރު އޮތީ 65 މެމްބަރުންގެ އަތުގަކަން.

      2
      2
    • ޒަކް

      ހޫން އަސޭލާއާ ބަސޭލާއާ ގެނެސް ފުއްގަނޑު މޮޑުނީ އިބުރާހީމު ޕާޓިން ވިއްޔާ.. ސިހުރާ ޑުރަގާ ބަގުލާރީގެ ބޮޑޭ އެހުރީ ރައްޔިތުން ނިކުމެ ސައްޕެއްޖަހާ ބޭރުކޮށްފަ.. ދެން އެހެންމީހުން ބޮލަށް ފޫޅު ކަނޑަން ނޫޅޭ ތިވެސްވާނި އަސޭލާ ޕާޓީގެ ކަމަކަށް...

      2
      1
  5. ދަންސޫރަ

    ސިހުރެއްނޫން އެއީ ވަރިތޮޅިއެއް

  6. ޑޮކުޓަރު

    ސިހުރު ހަދާމީހުން ގަތުލު ކުރަން ޖެހޭ.

  7. ޒައި

    ތި ނޫސްތަކުގަ ޖެހީމަ ހެދި މީހާއަށް އެނގޭނެ ތީގެ ޒަމާން ގޮސްފިކަން އަނެއްކާ ހަދާނެ.. ނުބުނެ ހުރިނަމަ ވާނުވާގަ ހުންނާނެ ނޫނީ ސިހުރުގެ ފައިދާއެއް ނުކުރީމަ ސިހުރަކީ ފޭކުކަމަށް ބަލައި އެކަމާ ދުރުވެއްޖެއްޔާ ކިހާ ރަނގަޅު

    1
    2