ރާއްޖޭގައި ހިންގާ ޖަމިއްޔާއެއް ކަމަށްވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ އަސްލު މަޤުސަދު ބޭޒާރުވެއްޖެ ކަމަށާއި، އެ ޖަމާޢަތާއި މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީއެން އިން އިސްލާމް ދީނާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާއަށް އިޝާރަތްކުރައްވަމުން ޝައިޚް ޒައިދު ވިދާޅުވެފައިވަނީ، އެ ޖަމިއްޔާއަށް ކިޔަން ޖެހެނީ "އެންޓި އިސްލާމިކް ނެޓްވޯކް" ކަމަށާއި، އެމީހުންގެ ބަހާއި އަމަލާއި ދިމާވާނީ އެގޮތަށް ކަމަށެވެ.

އަދި އެ ޖަމިއްޔާގެ އަސްލު މަޤުސަދު ބޭޒާރުވެ ނިމިއްޖެ ކަމުގައި އާއި، ދެން ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ. ޝައިޚް ޒައިދު ވިދާޅުވީ، މި ޖަމިއްޔާ އާއި މެދު ފިޔަވަޅު އެޅުމަށް މުޅި ރާއްޖެ އެއް އަޑަކުން ގޮވަމުންދާއިރު އެ އަޑު އެއްސެވުމަށް އެދޭ ކަމަށެވެ.

"އެންޓި އިސްލާމިކް ނެޓްވޯކް ކިޔާ. ބަހާ އަމަލާ ދިމާވާނެ! މިއަދު ތިޔަބައި މީހުންގެ އަސްލު މަޤުސަދު ބޭޒާރުވެ ނިމިއްޖެ! ދެން ބަހަނާ ދައްކާނެ ކަމެއް ނެތް! ސަރުކާރަށް އަޅުގަނޑު ގޮވާލަނީ މުޅި ރާއްޖެ، އެއް އަޑަކުން އެ ގޮވާލަނީ އޭ މި އެންޖީއޯއަށް ފިޔަވަޅު އަޅައިދޭން! މިއަޑު އައްސަވާށޭ!!!!،" ޝައިޚް ޒައިދުގެ ޓްވީޓުގައި ވެއެވެ.

ޝައިޚް ޒައިދު މިގޮތަށް ޓްވީޓު ކުރައްވާފައިވާއިރު، އެންޑީއެމްގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންގެ އިތުރުން ސިޔާސީ ބޭފުޅުންނާއި އާންމު ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވެސް ވަނީ މި މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

އެންޑީއެމް އާއި މެދު ފިޔަވަޅު އަޅައިދިނުމަށް ޒައިދު މިއަދު ގޮވާލައްވާފައިވާއިރު، އިއްޔެވެސް އޭނާ ވަނީ އެ ޖަމިއްޔާ ބަންދު ކުރުމަށް ގޮވާލައްވާފައެވެ. ޒައިދު ވަނީ އެމްޑީއެންގެ ރިޕޯޓުގެ ބައެއް ހިއްސާ ކޮށް، އެމީހުންނަށް އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. އެމީހުން ދަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސާއި ޙިލާފުވެގެން ކަމަށާއި، އަދި ރާއްޖޭގެ ހެދިފައި ހުރި ޤާނޫނުތަކާވެސް އެމީހުން ޙިލާފުވެއްޖެކަމަށް ވިދާޅުވެ ޝައިޚް ޒައިދު ވަނީ އެ ޖަމިއްޖާ އާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމީ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އަދި ރަސޫލާ (ސ.އ.ވ) އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތައް އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ. އެންޑީއެމް އިން އެ ރިޕޯޓު އެކުލަވާލާފައިވަނީ ދިރާސާއެއް ކުރުމުގެ ނަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލާލު

    ސަރުކާރުގެ މަޤުޞަދު އަދިވެސް މަނިކުފާނަށް ނުވިސްނޭތޯ؟

    20
    • ޑރ. މިލަގަނޑު

      ސަރުކާރުގެ މަޤުޞަދު އެއަށް އެނގޭ ކަމަކަށް ނަހަދާނެތާ ރަސޫލާ ދުއާ ދެއްވި ވެރިއަކު ހޯދައިގެނެއްނު އެތިބީ ހަޔާތްކުޑައިން.

  2. ޔަހުޔާ

    ބަލަގަ! ތިޔަ ޖަމިއްޔާއެއް ހިންގާ ބައިގަނޑު ތިބީ، ރައީސް އޮފީހުގެ ވަޒީފާގައި. ޖެހިގެން އިން މޭޒުގައި އިންނަނީ އަދާލަތު ޕާޓީގެ ޝެއިޚް އަލީ ޒާހިރު! މި ޖަމިއްޔާ އުވާލުމުގެ ޒިންމ ހަވާލު ކުރެވިފައި ވަނީ. ހޯމް މިނިސްޓަރަށް. އެތަނުގެ ވަޒީރަކީ، އަދާލަތު ޕާޓީގެ ރައީސް...

    19
  3. .........

    ކަލޭ ތީ މިކަމުގެ ޒިންމާ.ނަގަންޖެހޭ އެކަތި. ﷲގެ ހަޟުރަތުން މާފަށް އެދޭ. އެއަށްފަހު ދިވެހި ރައްޔިތުން ކިބައިން މާފަށް އެދޭ. އެއަށްފަހު ވެއްޓިފަވާ އަނދަވަޅުން އަރަން އެހެން މީހުނަށްވުރެ ހަގުނަ އިތުރަށް މަސައްކަތް ކުރޭ. ކަލެއަށް މާފު ކުރެވޭނީ އޭރުން.

    21
    1
  4. ކަންބުލޮ

    މިކަ މުގެ ފަހަތުގަ ސަރުކާރުގެ އިސްފަރާތްތަކެއްވާކަން ޔަގީންކުރެވެން ފަށައިފި އަދި މީ ވަރައްބޮޑުކަ މެއްގެ ފެށުންކަ މައްވެސް ބެލެވޭ

    10
  5. ޢާރިފާ

    ސަރުކާރު އަޑީގަ އޮވެގެން ކުރާކަ މެއް ކިހިނެއް ހުއްޓުވާނީ.