އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވެސް މޯލްޑިވްސް ޑިމޮކްރަޓިކް ނެޓްވޯކް އިން ޤާނޫނާއި ހިލާފު ކަމެއް ކޮށްފައި އޮތްނަމަ އެޖަމިއްޔާ އާއި މެދު ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.

އިސްލާމްދީނަށް ފާޑުކިޔާފައިވާ އެތައް ވާހަކައެއް ހިމަނަގައިގެން އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިބްރާ ކުރި ޓްވީޓެއްގައި ފުލުހުންގެ ޓްވިޓާ ހޭންޑަލް ޓެގް ކުރުމަށް ފަހު ބުނީ މިރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ޤާނޫނު ތަންފީޒު ނުކުރެވުން ކަމަށެވެ.

"އެމްޑީއެން އަކަސް، ސަލަފް ޖަމިއްޔާ އަކަސް، ސިޔާސީ ޕާޓީއަކަސް، އެކްޓިވިސްޓަކަށް، ޝެއިހަކަސް، ސިޔާސީ މީހަކަށް ޤާނޫނާއި ހިލާފު ވެއްޖެނަމަ ފިޔަވަޅު އަޅަންވީ. ހަމަޖެހުން ލިބޭނީ އޭރުން." އިބްރާގެ ޓްވީޓްގައި ވެއެވެ.

އިބްރާ ކުރި އެހެން ޓްވީޓެއްގައި ބުނީ ފުލުހުންގެ ތަޙްޤީޤަކަށް ކޮންމެ ކަމެއްވެސް ހުށަހެޅުމަކީ ރަނގަޅުކަމެއް ކަމަށާއި ނަމަވެސް މައްސަލައަކީ ހުށަހަޅާ ކަންކަން "ސެލެކްޓިވް ވާތީ" ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން "ފުރައްސާރަ" ކުރާ މީހުންނާއި، ދީން އޮޅުވާލާ މީހުންނާއި ދީނުގައި ނެތް ކަންކަން ދީނުގައި އޮތްކަމަށް ކިޔާ މީހުންގެ މައްސަލަވެސް ފުލުހުންނަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

އިބްރާ ބުނީ ޤާނޫނު ހަދައިގެން އުޅުމުގެ އެއް ބޭނުމަކީ ތިމާއެދޭ ގޮތް ނޫން އެހެން ގޮތްގޮތް ވެސް މުޖުތަމަޢުގައި ހުންނާނެކަން ދެނެގަނެ އެކަންކަމަށް ވެސް ޖާގަދީގެން އުޅުމެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، އާއްމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީއެންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވުމުން ފިޔަވައި ސަރުކާރުން މިކަމާއި ގުޅިގެން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ.

ގިނަ ބަޔަކު ގެންދަނީ އެމްޑީއެން އުވާލުމަށް ވެސް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢިބޯރާ

    ބަލަ، މަމިއުޅެނީ ނަމްބަރު މައްޗައް ޖައްސަން. ޙެހެހެ

    54
    1
  2. ރާޟީ

    ތިއޮތީ ރީތިކޮށް މަލާމަތްކޮށްފައި! ކރ

    62
  3. އަބްދުއްލާ

    "އެމްޑީއެން އަކަސް، ސަލަފް ޖަމިއްޔާ އަކަސް، ސިޔާސީ ޕާޓީއަކަސް، އެކްޓިވިސްޓަކަށް، ޝެއިހަކަސް، ސިޔާސީ މީހަކަށް ޤާނޫނާއި ހިލާފު ވެއްޖެނަމަ ފިޔަވަޅު އަޅަންވީ. ހަމަޖެހުން ލިބޭނީ އޭރުން." އިބްރާގެ ޓްވީޓްގައި ވެއެވެ.

    1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 4, 2019 )

    ނުލަފާކާފިރު ބަޔަކު ނެރުނު ރިޕޯޓަކަށް ސަބޯޓްކުރެވޭނީ ތިވަރަށް. އެހެންތާވާނީ

    އާއިލީމަސެއްކަތެއް ވިއްޔަ މިކަމަކީ. ތިވަރުންވެސް އިބިލީހަކަށް ފުދޭ؟

    62
  4. އަތުޖެހި

    ސޮރީ ސަރުކާރުން ތިކަމާ ބުނާނެ އެއްޗެއް ނެތް

  5. ާަާމަ

    އިބުރާ އަށްވެސް ފިޔަވަޅު އަޅަން ފުލުހުންނަށް ގޮވާލާ. އަމިއްލައަށް ވިސްނާލާ ތިމާ ދީނަށް ފުރއަްސާރަކުރިވަރު. އަހަރުނެން އެކަން ހަނދާނެއްނުނެތޭ!

  6. ނާދިރާ

    މިވެސް އޭގެ ސޮރެއް ނޫންތަ؟

  7. އަލީ އިބްރާހިމް

    އިބްރާ ﷲ އަށް ބިރުވެތިިވެ ތައުބާވޭ

  8. މާލް

    އަދި ވެސް އުޅޭ ޔާމީން ޖަލަށްލުން އަވަސް ކުރަން. ތީ ހަމަ ހައިރާތެއް.

  9. އޮރެންޖް

    އިބުރާ އެހެން ލިޔެފަ އޮތީ ވައްބަހުން. އޭގެ ފަހުން ކޮށްފަ ހުރި ޓްވީޓްތަކުން އެނގޭ. އެމްޑީއެން ކޮށްފަ ހުރި "ރަނގަޅު" ކަންތައް ހަނދާންނައްތާލީ ކީއްވެހޯ ސުވާލުކޮށްފައޮތީ؟

  10. ﷲގެ އަޅާ

    ޢެމް.ޑީ.އެންއަކީ ކޮންއެއްޗެއް.... ކޮން ޤާނޫނެއް..... ޤުރުައާނާ ސުންނަތުގެ އަލީގައި ފިޔަވަޅު އަޅަން ޖެހޭނީ.... މިޤައުމުގަ އޮތީ ކޮރު އަދި އަންދާ ޤާނޫނެއް.....