އެނބޫދޫ ފަޅުގައި ތަރައްޤީ ކޮށްފައިވާ ކްރޮސްރޯޑަށް ދަތުރުކުރި ލޯންޗަކަށް ދިޔަވާން ފެށުމުން ސިފައިންގެ އެހީތެރިކަމާއި އެކު ލޯންޗާއި، ލޯންޗްގައި ތިބި މީހުން ރައްކާތެރިކަމާއި އެކު ކްރޮސްރޯޑަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހަތްމީހުންނާއެކު މާލެއިން ކުރޮސްރޯޑްސް މޯލްޑިވްސް އަށް ދަތުރުކުރި ލޯންޗެއް ދިޔަވާން ފެށުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ކަޅިހި" ނަމަކަށް ކިޔާ ލޯންޗަށް ދިޔަވާން ފެށީ ކްރޮސްރޯޑް މޯލްޑިވްސް ފަޅުގައި އަޅާފައި އޮތް ބޮއެއްގައި ޖެހިގެން ކަމަށެވެ. ދިޔަވާން ފެށުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮންގެ އިން އެހީތެރިކަމާއި އެކު ލޯންޗް ވަނީ ކްރޮސްރޯޑް މޯލްޑިވްސްގެ ފަޅަށް ވައްދާފައެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ކޮށްފައި ވަނީ މިރޭ 21:03 ގައެވެ.

އެނބުދޫފަޅުގައި ތަރައްޤީ ކޮށްފައިވާ ކްރޮސްރޯޑް މޯލްޑިވްސް މިދިޔަ މަހު އާއްމުންނަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ދިވެހިން ވެސް މިހާރު އެރިސޯޓަށް ދަތުރު ކުރެއެވެ.