ސިނަމާލެ ބްރިޖުގެ ބަައެއް ބަމްޕަރުތައް ވަގުތީ ގޮތުން ނަގައިފިއެވެ.

މި ބަމްޕަރުތައް ނެގީ މިއަދުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ, ބްރިޖުގައި ހުރި ބަމްޕަރުތައް ނަގާފައިވަނީ ބަހައްޓާފައި ހުރި ގޮތުން ބައެއް ކުދި އެކްސިޑެންޓުތައް ހިނގާތީ ކަމަށެވެ.

އަދި އެކަން ފުލުހުން ކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ބްރިޖުމަތީގައި އާއި ހަލިމަގުގައި ވެސް އެކްސިޑެންޓުތައް ހިނގާއިރު، މި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ފުލުހުންނާއި ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރުމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަމްދެ

    ބްރިޖް ވީރާނާ ކޮއް ނެތި ކޮއްލުމުގެ މަސައްކަތް ފެށުނީ

  2. މާލް

    މަށަށް ފެންނަނީ ތިޔާ ބްރިޖްވެސް ނަގަން. އޭރަކުން ބްރިޖްންވާ އެކްސިޓެންޓް ތަކެއް ނޯންނާނެނު

  3. ކުޑަބަޖަރާ

    ބްރިޖް މަތީގައި އެއްވެސް އެކްސިޑެންތެއް ނުހިނގާނެގޮތް އެބައޮތް. އެއީ ބުރިޖްނެގުން. ބްރިޖްމަތީ އެކްސިޑެންޓް ހިނގަނީ ބްރިޖް އޮތީމާ. އެހެންވީމާ ޕޮލިހުން މަޝްވަރާކޮށް ބްރިޖް ނަގަންވީނު. އޭރުން ބްރިޖްމަތީ އެކްސިޑެންޓެއް ނުހިނގާނެ. ބަމްޕަރުތައް ނެގީ އެއްސިޑެންޓް ހިނގާތީޔޯ؟ އެހެންމީހުން ބޯގަޅި ހައްދަންދީ ތިއުޅެނީ.