އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ނިންމަވައިފިއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލަ މަޖިލީސްއަށް ވައްދާނެ ކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ ދުރާލާ ރާވައިގެން ކަމަށާއި، އެއީ ބޭރުގެ ނުފޫޒުގައި ހިނގާ ކަމެއްގެ ގޮތުގައި، އާދަމް ޝަރީފް ސިފަ ކުރައްވައެވެ.

"އިސްލާމް ދީނަށް ފުރައްސާ ކުރުމަކީ ގާނޫނުގައި މަނާކަމެއް. މިކަން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހޭ".ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ މިގޮތަށް ވިދާޅުވިއިރު، އިސްލާމް ދީނާއި، ދެކޮޅު ބައެއް ވާހަކަތައް ހިމެނޭ ގޮތަށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ހިމެނޭ ކަންކަމަށް އެ ރިޕޯޓު ނެރުނު ޖަމިއްޔާއިން ވަނީ މައާފަށް އެދިފައެވެ. ނަމަވެސް އެ ރިޕޯޓާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި،ބައެއް މިނިސްޓަރުންވެސް ވަނީ ނުކުމެފައެވެ.

އަދި އެ ޖަމިއްޔާ ބަންދު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ދަނީ ސޮއިކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭ ޚިޔާލު

    އެމްޑީއެން (މުސްލިމުންނާ ދެކޮޅު ނެޓުވޯކު) އާއި އެމްޑީޕީ (މުސްލިމުންނާ ދެކޮޅު ޕާޓީ) އަކީ މިގައުމަށް ޖެހިފައިވާ ދެވަބާ. ދޭތިވެސް އުވާލާފަ ލާދީނީ ބޮޑުން ހައްޔަރުކޮށް ފިޔަވަޅުއަޅާ.