އިސްލާމްދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް، ރާއްޖޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި ހިންގާ ޖަމިއްޔާއިން ކޮށްފައިވަނީ ޤާނޫނީ ކުށެއް ކަމަށާއި، އެ މައްސަލައިގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކަށް ދައުވާ އުފުލުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކަށް ގޮވާލާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި އޮންނަ އަދާލަތު ޕާޓީން މިގޮތަށް ގޮވާލާފައިވަނީ، އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޕާޓީގެ ފަރާތުން އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި އަދާލަތު ޕާޓީން ބުނެފައިވަނީ، އެމްޑީއެންގެ އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި އާންމު އަމާންކަމާއި ދާޚިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުޙިންމު އަސާސް ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަމަލެއްކަމަށެވެ. އެހެންކަމުން ޕާޓީގެ ފަރާތުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޕާޓީން ބުނެފައިވަނީ، އެމްޑީއެންގެ އަމަލަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ހަތަރުވަނަ މާއްދާ އާއި، ޤާނޫނު ނަމްބަރު 1/2003 ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 20 ވަނަ މާއްދާ އާއި، ޤާނޫނު ނަމްބަރު 9/2014 ދިވެރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށްވާތީ މި މައްސަލައިގެ ފުރިހަމަ ތަހުޤީޤެއް ހިންގާ މި މައްސަލައިގައި ދަޢުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ އުފުލުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ.

އަދި އެމްޑީއެންގެ ރިޕޯޓުގައި، ރާއްޖޭގެ ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް ބައެއް އާންމުންނާއި މެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއް ނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަހުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވިފައިވާތީ އެއީވެސް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ޕާޓީން ދެކޭ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ހަމަ އެހެންމެ މި ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ މިކަމާ މެދު މި ޕާޓީން އިންތިހާޔަށް ކަންބޮޑުވަމެވެ. މި ދެންނެވި ކަންކަން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް ސަޓިފައި ކުރެވިފައި ނުވާ މަދަނީ ޖަމިއްޔާތަކާއި ހިއްސާކުރެވިފައިވަނީ ކޮން ގޮތަކުންތޯބަލާ ތަހުގީގިކުރުމަށްވެސް އަދާލަތު ޕާޓީން ގޮވާލަމެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ، ޖަމިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    އެއީ ގާނޫނީ ކުޝެއް ނޫން. އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައި އޮތް ކުފުރުގެ އަމަލެއް. ޝަހިންދާ އާއި އެތީސްޓް ނެޓްވޯކުގައި ހިމެނޭ އެންމެންނަކީ މުރުތައްދުން ކަމުގައި ދަންނަވަން. އެއީ ކުފުރުވާ ކަމެއް ﷲ ސުބުހާނަހޫ ވަތަޢާލާ އާއި ނަބިއްޔާ އައް ފުރައްސާރަ ކުރުމަކީ ކުފުރުގެ އަމަލެއް

    46
  2. ސޮމެޮނެ

    ހޯހޯ ވާހަކަ! ގޮޑިގެއްލެނީ!

    26
  3. ޓިނު

    އަދާލަތުން ތި ދެއްކެވި ހިއްވަރަށް ސާބަސް

    18
    15
  4. ނާޒުކު

    ތިޔަ ބޭފުޅާތީ ރައީސަށް ލަފާދެއްވާ ބޭފުޅެއް ކީއްވެތޯ ސްޕްރީމް ކޯޓަށް ފަޑިޔާރު ސްޖޫން އައްޔަންކުރިއިރު އެކަމަށް ހުރަސް ނޭޅުއްވީ

    37
  5. މާލް

    ސިދާތާ އަދިވެސް އޮއްނެވީ ބެޑްޝީޓް އަޅއްވައިގެންތޯ ހަމަ ބަސްފުޅެއް ވިދާޅުނުވެ.

    34
  6. ާަާމަ

    އަދާލަތުޕާޓީ އަދިވެސް އެބައޮތްތަ؟ މަހީކުރީ މިހާރު އެޕާޓީއުވާލާފަ އޭގެ އިސްމީހުން އެމްޑީޕީއަށް ސޮއެވެސް ކޮށްފިކަމަށޭ. ހަމަރަނގަޅަށްމިބުނީ.

    31
    • ާއަޙްމަދު

      ތިޔަ ހީކުރެވުނީ ހަ މަ ރަގަޅަށް. ރަސް މީ ސިފައެއްގަ ނުކުރާކަން އެކަނި. ޢަ މަލީގޮތުން ކަން އޮތީ ތިގޮތަށް. ޕާރޓީ އުވާލު މަށްވުރެ
      މިހާރު އެ މްޑީޕީ އަށް މާ މޮޅު. އިތުރު ޕާރޓީއެއްގެ ތާއީދު ލިބޭ. މަޖްލިހުގެ ކޮ މިޓީ
      ތަކުގަ އެ މްޑީޕީގެ މެމންބަރުން އިތުރު ކުރެވޭ.

      15
  7. އަންބެ

    ތިޔަ މުސީބާތާ ހުރެ ކަލޭމެންނަށް ކުރިޔަށް މިއޮތް ހަތަރު އަހަރު ތެރޭ އެެން ކަމަކާ ވިސްނާލްން ވަގުތު ވާނެބާ؟

    21
  8. ދޮގެއް؟

    އެންމެ ފަހުން އެއްޗެއް ބުނަން މަޖުބޫރުވެއްޖެތާ!

    31
  9. ސައްޔިދު ދީދީ

    އަލިފު ބާ އިން ދެތިން އަކުރު އެގުނީމާ ދީނީ ޢިލްމު ވެރިންނަށްވެ ސިޔާސީ ގޮތުން ތަންދޮރު ނުފިލާ ހުރެ ސަރުކާރުގެ އުސް ފަޑިއަށް އަރަންވީމާ ހޭވުނު ހަޑިން ގައުމު މިއޮތީ އަތްނުފޯރާ ދަށު ދަރަޖަ އަށް ވެއްޓިފަ. ކަމެއް ކުރަންޏާ ދެން އޮތީ ފާޅުގަ ލާދީނިއްޔަތަށް ހިތްވަރު ދިނުން. އޭރުން ތިޕާރޓީގެ މުނާފިގު ސައިޒު ރައްޔަތުންނަށް އޮޅުންފިލާނީ.

    22
  10. ތާހިރުނުން

    ކާކު ކައިރީގަބާ ފިޔަވަޅުއަޅަން އިމުރާނާ އަލީ ޒާހިރާ ޝިދާތާ މިކިޔަނީ... އިބުރާހިމު މުހައްމަދު ސޯލިހުވެސް ގޮވާލަނީ ރިޕޯޓު ކުއްވެރިކުރަމޭ ފިޔަވަޅުއަޅާށޭ... އެމްސީ ހަމީދުވެސް ގޮވާލަނީ ކުއްވެރިކުރަމޭ ފިޔަވަޅުއާޅާށޭ.. ރީއްޗެނުން ތާހިރެނުން..

    24
  11. އާމިނަ

    އަނާރާ ކަމަނާއަށް ލިބިފަހުރި ތަޢްލީމުގެ ބޭނުން ހިފާ ބަހާއި ޢަމަލު އެއްގޮތް ކުރުމަށް ގޮވާލަން

    15
  12. ހުޅުރާއްޖެ

    އަޅާށޭ ގޮވަންވީއެއް ނޫން. ނާޅައިފިއްޔާ ހަމައެކަނި ބަހަކުން ނުފުއްދައި އަމަލުން ފުއްދަން ނުކުންނަންވީ. މިބަަޔަކު 2000 ވަނަ އަހަރުން ފެށިގެން މި ޓެރެރަރިޒަމްގެ އަމަލުތައް މިދަނީ ހިންގަމުން. މިއީ މި ގައުމުގެ ގައުމީ ސަލާމަށް އެންމެ ނުރައްކާ ކުރާ މީހުން. މި މީހުންގެ މައްޗަށް ދައުވާކޮށް ހުކުމްކޮށް ޖަލަށް ލާންޖެހޭ. އުމުރުދުވަހު ގައުމަށް ނުރައްކާކުރަން މީހުން މަގުފުރައްދަން ދޫކޮށްލައިގެން ނުވާނެ.

  13. އަޙްމަދް

    ކަލޭމެން ފޮތް ހަރުގަނޑެއް ފަހަތުގައި ބަހައްޓައިގެން ތި ތިބެނީ މާ ޢިލްމީ ބަޔަކު ކަމުގައި ވާނަމޭ ހިތާތަ!
    ތިކަމުންވެސް އެނގެނީ ކަލޭމެންގެ ދެއްކުންތެރި ދެފުއްފެގޮތްކަން.

    18
  14. ޙަނީފު

    އެކުރީ ހަމައެކަނި ޤާނޫނީ ކުށެއްނޫން. ދީނީގޮތުން އެމީހުން އެތިބީ ބޭރުވެފައެއް ނޫންތަ؟ ޒާހިރޫ. އެމީހުންނަށް ހިފާ ހައްޔަރުކޮށް ދީނީގޮތުން ކައުންސެލިން ދޭންވެސް ވާނެ. އެމީހުންނަށް އަދިބހަމަ ނުވިސްނެނީ.