މުދައްރިސުންނަށް ދެމުން އަންނަ މުސާރާ ކުޑަވުމާއި އެ ފަރާތްތަކަށް ދެވޭ ގަދަރާއި އިހުތިރާމް ކުޑަވުމުގެ ސަބަބުން ބައެއް މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ހުރަސް އެޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ބޮޑު މައްސަލައެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގައި މުދައްރިސުން ވަޒީފާ ދޫކުރާ ނިސްބަތް މަތިވެފައިވާ ކަން ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެކަމާ މެދު އެންމެންވެސް ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މަދުރަސާތަކުގައި ކިޔަވައިދޭން ހަރަކާތްތެރި މުދައްރިސުންގެ އައު ޖީލެއް އުފެދިގެން ނުގޮސްފި ނަމަ، ދަރިވަރުން ކިޔެވުމުން މަހުރޫމްވެގެން ހިނގައިދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި ރެފިއުޖީންނާއި ގިނަ ބަސްދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުކަމަށެވެ.

މިނިސްޓަރ ވަނީ މި ރަސްމިއްޔާތުގައި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަކީ މަތިވެރި ގުރުބާނީ އެއް ކަން ފާހަގަކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ކުރިއަރައިގެން ގޮސްފައިވަނީ ތައުލީމީ މަރުހަލާގައި ދިމާވެފައިވާ މުދައްރިސުންގެ ސަބަބުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދަނޑުވެރިޔާ

    ޙަމައެކަނި މުސާރަ ކުދަވީއެނޫން، ރޭދުވާ ވަކިނުވާވަރަށް މަސައްކަތް ކުރަނޖެހެނީ، ކިޔަވައިދޭ މީހުން ކިޔަވައި ދިނުމަށް ބައިތިއްބާފަ އިތުރު ހަރަރަކާތްތަކަށް އެދާއިރާއިން ކިޔަވައިގެންތިބި މީހުން ލާންވީ. ޢެއިރުން ކުފިންގެ ކިޔެވުން މާރަގަލހުވާނެ. ޓީޗަރުންނަށް ފިލާވަޅަށް ތައްޔާރުވާން ފުރުސަތު ލިބޭނެ.

    40
    3
  2. ހިތާމަހުރި

    ޓީޗަރުންގެ އިތުރުން ސަރުކާރު އެހެން ދައްފަންތީގެ މުވައްޒަފުންގެ މުސާރަކުޑަވީމަ ވަޒީފާގަ ދެމިތިބެން ދަތިވޭ

    28
    1
  3. މަހަށްދޭބަލަ

    މިސަރުކާރުން ޒުވާން ޓީޗަރުން އުފެއްދުމަށް ސަރުކާރަށް ދެ އަހަރު ދުވަސް ވެގެންދާއިރު ވެސް ކުރާ މަސައްކަތެއް ނުފެނެއޭ މުޅިން ވެސް ރައީސް އޮފީހުގެ ބޮޑުން ތައް ސަރުކާރުގެ ބަޖެޓް ދަވާލައިގެން ޔޫއެން އަށް ދަތުރު ކޮށް ދައުލަތުގެ ފައިސާ ގަނޑު ހަޔެއް ހަތަރަކަށް ތަޅާ ބުރުުއްސާލަނީއޭ އެންމެ ފަހުން ރައީސް އިބޫ އެމެރިކާ އަށް ކުރި ދަތުރުގެ ޚަރަދަށް 25 މިލިއަން ޑޮލަރު ވަނީ ތަޅާ ބުރުވާލާފައޭ މީ ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ބޭނުން ކުރަން ޖެހޭނެ ފައިސާ ނޫންތޭ މިސަރުކާރުން ސްޕެޝަލީ ރައީސް އޮފީހުން މިރާއްޖެ ހިންގަނީ އެއީ އަމާބުނީތީ ފަރަށް ދާ އުސޫލުންނޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

    14
  4. ވިސްނާމީހާ

    މުސާރަ ވާހަކަ ދައްކާނެ..ބޮޑެއް ނުކުރާނެ.އެދުރެއް ނެތީޔާ އެއްވެސް ވަޒީފާ އެއް ނޯންނާނެ. އެދުރުން ގާތުން ތަމްރީން ލިބިގެން އެހެން ވަޒީފާއެއް ކުރެވޭނީވެސް.

    27
    1
  5. އާމިނަ

    ބޭނުންވަރަކަށް ބޮޑުކޮށްބަލަ. މަޖްލިސް ހިތަކަށް ލިބިފައި ތިއޮތީ.ކުރީސަރުކާރު ބޮލުގައި ނާޅުވާތި

    33
  6. ލަދުކަމަނާ

    ކަމަނާ އަށް މިހާރު މިއޮތީ ތިޔަ ފުރުޞޮތު ލިބިފާ. އަވަހަށް މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވާ. މާގިނަ ވާހަކަ ތަކެއްދައްކާނެކަމެއްނެތް. ޓީޗަރުންނަށް ހަމަ މުސާރަ ދިނުމަށް ކަނޑަނާޅާތި. އޭރުން މަސްވެރިންނަށް ޖެހުނުހާލު ޓީޗަރުންނަށްވެސް ޖެހިދާނެ. މިސަރުކާރު އައިއރު މަސްވެރިންނަށް މަސްކިލޯއަކަށް 20 ރުފިޔާ ލބުނު. މަހުގެ ހަމަ އަގު މިހާރު ލިބެނީ ކިލޯއަކަށް 8ރުފިޔާ. އެހެންވީމާ މިބުނީ ހަމަ މުސާރަ ނުދެއްވައްޗޭ.

    17
    1
  7. މުކި

    ޓީޗަރުންނަކީ ވަކި ބުރަ މަސަކަތެއް އިތުރަށް ކުރާބައެއްނޫން. ޢެޔައްވުރެ ގިނ ައިރު ބުރަކޮށް މަސައްކަތް ކުރާ އެތައް ބަޔަކު ކުޑަމުސާރައެއްގައި މިޤައުމުގައި އުޅޭ. ޓީޗަރުން ބުރަވާކަަށް ފާހަގަކުރަ އެންމެ ބޮޑު ޝަކުވާއަކީ ބޮޑުފަތިހާ ވަޒީފާ އަށް ދާންޖެހުން. މިނިސްޓަރަށް ކެރެންޏާ ނިކަން މުސާރަޔާ ނުބެހި ވަޒީފާއަށް ދާގަޑި ލަސްކޮއްބަލަ

    7
    27
  8. ތުކި

    ސްކޫލަށް ދަރިވަރު އަންނައިރު އެކައްޗެއްވެސް ނޭގެއި އެދަރިވަރު ޑޮކްޓަރަކަށް ހަދަނީ .. މިނިސްޓަރަކަށްހަދަނީ ހެޔޮލަފަ މީހަކަށް ހަދަނީ އަދިވެސް.. އަދިވެސް ކާކުބާ! މިއީ ރެއާ ދުވަލު ކުރާ ކުރަމަސައްކަތުގެ ނަތީޖާ މިކަމާ ރަނގަޅަށް ވިސްނާލަބަަލަ!

  9. ބަކުރު

    ވަރަށް ރަނގަޅު ވާހަކައެއް. މިހާރު އެންމެ ދަށްވެގެން ޓީޗަރުންނަށް 55000ރ ބޭސިކް ސެލަރީއަށް ލިބެން ޖެހޭނެ.

    6
    2
  10. ބުރޯ

    މުދައްރިސުންގެ މުސާރަ ކުޑައެއް ނޫން ، ސަރުކާރުގެ މުވައްޒަފުންނަށް މިހާރު މިދެވެނީ މާބޮޑު މުސާރަތަކެއް. މަޖިލީހުގެ މެމްބަރުންނާ މިނިވަން މުވައްސަސާތަކުގެ ވެސް މުސާރަ މިހާރު ކުޑަކުރަންޖެހޭ ، މުސާރަތައް ކަނޑައެޅުން ކަމާބެހޭ ކޮމިސަނުން ކުރާގޮތަށް ހަމަޖައްސާ އާމްދަނީގެ ވަކި ޕަސެންޓެއް ފެތޭގޮތަށް މުސާރަތައެްހަމަޖައްސާ. ދަވްލަތުގެ މަގާމަތަކަ ސިވިލްސާވިސަސްއާ މިނިވަން މުވައްސަސާތަކުގެ ފުރިހަމަ އޮޑިޓެއް ހެއްދެވުމަށްފަހު ވަޒިފާތަކުން މީހުންމަދުކޮށް ތަރައްގީގެ މަސައްކަތް އިތުރުކޮށް ހަލުވި ކުރަންޖެހޭ.

    4
    5
  11. ޢާއިޝާ

    ތިކަމުގގގެ ހައްލު ލިބެނީ ކުޑަކުދިން ކުރިމަތީ ތިވާހަކަ ދައްކައިގެންތޯ. 1 ގެ ކުދިން ކައިރި ވެސް ދައްކައިފި މުސާރަ ކުޑަ ވާހަކަޔާ މުސާރައިން ދެކޮޅު ނުޖެހޭ ވާހަކަ. މިނިސްޓަރަށް ޓީޗަރުންގެ މައްސަލަތަށް ހައްލު ނުކުރެވެންޏާ އިސްތިއުފާދީ.

  12. ކަނާ

    ދަރިންނާއި ފިރިންނަކަށް އަޅާ ނުކެވޭ