ގިރިފުށީ ޓްރޭނިންގް ސެންޓަރުގައި ތަމްރީނު ހަދަމުންދިޔަ ސިފައިންގެ ބޭކަލަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މޯލްޑިސްވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ގިރިފުށި ޓްރޭނިންގް ސެންޓަރުގައި ތަމްރީނު ހަދަމުން ދަނިކޮށް ނިޔާވީ ސިފައިންގެ ސްޓާފްސާޖެންޓް، އަލީ ރިޔާޒް ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލީ ރިޔާޒް ނިޔާވީ "ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން" ވެއްޓުމާއި ގުޅިގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އަލީ ރިޔާޒް ނިޔާވީ އިމަޖެންސީގައި މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ޢަލީ ރިޔާޒް ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ވެސް ޖަހާފައެވެ. އަލީ ރިޔާޒްގެ ހާލު ގޯސްވީ އެއަށްފަހު އެނބުރި ގިރިފުއްޓަށް ގޮސް ހުއްޓައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަލީ ރިޔާޒަކީ، އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން. މަރުޙޫމުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށި، އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ބީއެފްޓީ ޓެސްޓް "ޖަހާ" ގޮތް ބުނެލަދޭނެ ކުއްޖަކު އެބަހުރިތޯ؟
ޕުސްއަޕުސް، ސިޓަޕުސް، 2 މެއިލް ދުވުން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
إنا لله وإنا إليه راجعون?
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
إنا لله وإنا إليه راجعون
ބީއެފްޓީ އިސްލާހުކުރަންޖެހޭ. ބީއެފްޓީގެ ސަބަބުން ކުރިންވެސް މިކަހަލަ ކިތަން މެ ކޭހެއް ކުރި މަތިވެފަ އެބަހުރި.
ބީ.އެފް.ޓީ ގައި ހިނގުމާއި ފެތުންވެސް އޮވޭ...
މެޑިކަލް ސެޓްފިކެޓްވެސް އޮވޭ...
އާދަޔާ ޚިލާފުކަމެއް ނުހިނގާ ހަފްތާއެއްވެސްނުވޭ. ލަފާކުރެވެނީ މިހާރު މިއޮތީ ވަރަށްސުންޕާ ވެރިކަމެއްހެން.
ތިކަހަލަ ވާނުވާ ނޭންގޭ މީހުން ގިނަ ކަމުން!
އަޅޭ ހިތާމަވެރި ޚަބަރެއް ކޮންމެ ހަފްތާއަކު ހުރިހިތާމައެއްގެ ބޮޑުކަމާ. ޔާﷲ އަޅަމެންގެ މިދިވެހި ޤައުމަކީ މިފަދަ ކުއްލި މަރުތަކާ ހިތާމަވެރި އެކިއެކި ޙާދިޘާތަކުން ސަމާމަތްތެރި ޤައުމެއް ކަމުގައި ލައްވާށި.
انا لله وانا اليه راجعون ، ޓްރޭނިންގ ހަދާއިރު އެންމެ ޒުވާން ކުދިންނާ އެއްހަމައެއްގަ ފައިތިލަ ސާބިތު ނުކުރެވޭނެކަން ޓްރޭން މާސްޓަރއަށް މި ފުރުޞަތުގައި ވިސްނާލަދެން! ޢުމުރުން ދުވަސްވެފަ ތިބި ސިފައިންނަށް ޓްރޭނިންގ ދޭއިރު ލެވެލް ތަފާތުކުރުން މުހިންމު! މިއީ އެފަދަ ބޭކަލެއްގެ ޝަކުވާ އެއްކަމަށް ހީކޮށްލައްވާ! ވ.ސަލާމް
ގެއްލިގެން އެ ދިޔައީ ކުޑަހުވަދޫގެ ފަޚުރުވެރި ދަރިއެެއް. މަރުހޫމުގެ ފާފަ ފުއްސަވައި ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. ޢާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުޙޫމުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށި، އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ޑރ ހުރޭތޯ ތިތަނުގައި ޓްރޭނިންތައް ކުރިޔައްދާއިރު
ޟަރުހޫމްގެ ފުރާނައައް ސުވަރުގެ މިނަވަރު ކުރައްވާށިއެވެ
ބީ އެފް ޓީ އެއްނުން މައްސަލަޔަކީ
ގިނަ ސިފައިން ފަރުވާކުޑައީ
ފިޓްނަސް ޖައްސަނީ ބޮލައް ދުނަ އެރީމަ
މަރަކީ ލިޔެވި ނިމިފައިވާ ކަމެއް
އަލީ ރިޔާޒް އާއިއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އަދި މިއަދާއި ހަމަޔަށް އެކުވެރި ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ހުރި މީހެއްގެ ހައިސިއްޔަތުން ބުނެލަން، ހިނގާދިޔަ ހިތާމަވެރި ހާދިސާއަކީ އެއްވެސް މީހެއްގެ ނޫނީ މުއައްސަސާގެ، ތަމްރީނެއްގެ ނޫނީ އުސޫލެއްގެ ދޯދިޔާ ކަމުން ފަރުވާކުޑަކަމުން ހިނގި ކަމެއްނޫން. އަދި ބީއެފްޓީ އަކީ އަލީ ރިޔާޒަށް މަގުމަތީ ހިނގާފައި އުޅުންފަދަ ފަސޭހަ ކަމެއް. އޭނައަކީ މީހުންތަމްރީނު ކުރުމުގައި ތަފާތު އެކި ތަޖުރިބާކޮށްފައި ހުރި ގާބިލު އަދި ކުޅަދާނަ މީހެއް. ކޮންމެ މީހެއްގެ ނިމުންވެސް އައިސް ވަގުތު ޖެހުމުން އެމީހާ ދާނެ. ގިރިފުށިގައި ހުއްޓަސް، ރިސޯޓެއްގައި ހުއްޓަސް އަދި ގޭގެ އެނދުގަެި އޮތަސް. މިހިތާމަވެރި ވަގުތު ފާޑުފާޑުގެ ހަގީގަތާއި ޚިލާފު ވާހަކަ ނުފަތުރާ އެފުރާނައަށް ހެޔޮދުއާކޮށްދިނުމް މާރަނގަޅު.