ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ މަގު ތަރައްގީ ކުރުމަށް މާލޭ ބޮޑުތަކުރުފާނު މަގު ސާފް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެ މަގުގެ ވަށައިގެން ހުރި ގަސްތައް މިހާރު ވަނީ ކަނޑަން ފަށާފައެވެ.

އެ މަގު ހެދުމަށް ނިންމާފައި ވަނީ ޒަމާނީ ފެންވަރަކަށެވެ. ބޮޑުތަކުރުފާނު މަގު ބޮޑު ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ގަސްތައްވެސް ވަނީ ކަނޑާފައެވެ. އަދި އެތަނުގައި ހަދާފައި ހުރި ސްޓޭޖް ނަގައި ސްޓޭޖް ތެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި ކުރިން ގާޑިޔާތައް ހުރި ސަރަހައްދުގައި ހުރި ގަސްތައްވެސް ވަނީ ކަނޑާފައެވެ.

ބޮޑުތަކުރުފާނު މަގު ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބޮޑުތަކުރުފާނު މަގު ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ހައުސިންގ މިނިސްްޓްރީން ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް ތާރު އަޅާށެވެ.

،މިހާރު އެ ސަރަހައްދުތަކުން ގަސްތައް ކެނޑިކަމުގައި ވިޔަސް، މިނިސްޓްރީގެ ވިސްނުން ހުރީ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހަދަން ނިންމާފައިވާ މަގުތަކުގައި 450 އެއްހާ ގަސް އިންދާށެވެ. މިނިސްޓަރ މުއިއްޒު ވަނީ އެކަން ކުރާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު