ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ ފަރާތުން 2016 ވަނަ އަހަރު ނެރެފައިވަނީ 31 ސަފުޙާގެ ރިޕޯޓެއް ކަމަށާއި، ފަހުން ފެންނަން އޮތް 125 ސަފުޙާގެ ރިޕޯޓަކީ މިދިޔަ އަހަރު ނެރުނު ރިޕޯޓެއް ކަމަށް ޝައިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިގޮތަށް ވިދާޅުވެފައިވަނީ، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި، އެ ރިޕޯޓަކީ "2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2018 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއް" ކަމަށް ބަޔާން ކޮށްފައި ވަނިކޮށް އެކަމަށް އިޝާރާތްކުރައްވަމުންނެވެ.

ޝައިޚް ޝަފީޢު ވިދާޅުވީ، 2016 ވަނަ އަހަރު އެމްޑީއެން އިން ނެރުނު ރިޕޯޓަކީ 31 ސަފުޙާގެ "ލަވް ފޯ އިސްލާމް ވީއެސް ހޯލީ ވާ - އަ ރިވިއު އޮފް ދަ އިސްލާމިކް ސްޓަޑީސް ޓެކްސްޓު ބުކްސް އިންދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. ނަމަވެސް ފަހުން "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ 125 ސަފުޙާގެ ބޮޑު ރިޕޯޓަކީ މިދިޔަ އަހަރު އާންމުކުރި ރިޕޯޓެއް ކަމަށް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

"އެހެންވީމާ އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެންޏާމު، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ނެރުމަށް އިލްތިމާސް ކުރަމެވެ. އަދި އެކުށް ރަނގަޅު ކުރުމަށްވެސް ގޮވާލަމެވެ،" ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

އެމްޑީއެންގެ 125 ސަފުޙާގެ ރިޕޯޓަކީ މިއަހަރު ނެރެފައިވާ ރިޕޯޓެއް ކަމަށް ޝައިޚް ޝަފީޢު ވިދާޅުވެފައި މިވަނީ، މި ރިޕޯޓު އާންމުވުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން އެކަމަށް އަމާޒުވާން ފެށުމުން، އެއީ 2016 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއް ކަމަށް އެމްޑީއެން އިން ބުނެފައިވަނިކޮށެވެ.

އެ ޖަމިއްޔާގެ ފައުންޑަރ މެމްބަރެއް ކަމަށްވާ އައިޝަތު ޝަހިންދާ ވެސް ބުނެފައިވަނީ، އެއީ 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ވާހަކަތައް މިހާރު ދައްކަމުން ދަނީ ޓެރެރިޒަމާއި ބެހޭ ޤާނޫނު ފާސްކުރުމުން އެކަމާއި ކަންބޮޑުވާ ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދޮގު

    ދޮގުހެދިޔަސް ތީ ބޮޑުވަރު މީހުންނަށް އޮޅުވާލަންވެސް ތިވަރެއްނެތް،،، ކޮންމެ ކަމެއް ރައީސް ޔާމީން އާ ގުޅުވާތި،،، ތިވާހަކަތައް ގަބޫލް ކުރާނެބަޔަކު މިހާރަކު ނެތް. ލާދީނީބައިގަޑު

    57
    3
    • ލޮލް

      ޔާމިން 2 ބިލިޔަން ދަވާލީ އިސްލާމީ ޝަރީއަތުގެ ކޮން ގާނޫނެއްގެ ދަށުން؟؟

      1
      7
      • އަހަރެން

        ތިކަން ސާބިތުކޮށްދީ

  2. ކުރީސަރުކާރު

    ހުރިހާ ކަމެއްގަ އޮޅުވާލުން މަކަރުހެދުން.. އަދާލަތުޕާޓީގަ މިހާރު ނެތީތަ ﷲވޮޑިގެންވާކަން ހަދުމަހުރި އެކަކުވެސް.. އިމުރާން އިސްތިއުފާދީފަ ގެޔަށްދޭ.. ތިޔައީ މޭޑޭ ޝޭހުން.. ތިއީ ދީނީ ޝޭހުންނެނޫން.. ކޮއްމެކަމަކުން ރެކެން ކުރީސަރުކާރު.. މިއީ އަޖާއިބެނުން.. 2016ގަ ނެރުނު ރިޕޯޓަކަސް ކީއްވެ އަދާލަތަށް މިބައިމީހުންނާ ދެކޮޅަށް އަޑުނުއުފުލުނީ 2016ގަ ތިއީ ދީން ހިމާޔަތްކުރަން އުފެއްދިޕާޓީއެއް.. ކީއްވެ ކުރީސަރުކާރަށް ހުށަނޭޅީ ރިޕޯޓާގުޅިގެން މިބައިގަޑަށް ފިޔަވަޅުއަޅަން.. މިއަދު ތިމާމެން ޒިންމާ އުފުލަންޖެހޭ މަގާމުތަކުގަތިބެ ޒިންމާއިން ރެކެން ކުރީސަރުކާރު ކިޔަކަސް ﷲދެނެވޮޑިގެންވޭ ކަލޭމެންގެ ހަސީލަތް.. އަވަސްގޮތަކަށް ﷲއިރާދަކުރެއްވިއްޔާ މިސަރުކާރު ނެތިކުރައްވާށި..

    48
    3
  3. ާަާމަ

    ކޮބާކޮބާ. އަދިވެސް ގޮވާތި ކުރީސަރުކާރޭ ޔާމީނޭ. 2016 އޭ 2015. ދިވެހި ސަރުކާރު މިރިޕޯޓް ކުއްވެރި ކޮއްބަލަ. ނުކުރާނެ.

    50
    2
  4. ޖާއްބެ

    ކޮބާ މިއޮށް ފަޅާ އެރީ ރައީސް ޔާމީގެ އިސްތަށިފުޅުގަ މިކަން އަޅުވަން ބަޔަކު މިއުޅުބީ. އެކަމު މާކުރިންވެސް އިނގޭ އެއީ ދޮގުކަން. ރައީސް ޔާމީްް ހުންނެވީ ނަމަ ފިޔަވަޅު އަޅާނެ.

    50
    3
  5. މަކަރޭ

    ނިކަން ބަލާބަލަ ޝަހިންދާގެ ހުރި މަކަރުވެރި ހިޔަޅުކަން. މީހުންނަށް އޮޅުވާލަށް 2016 ގަ ނެރުނު ރިޕޯޓެކޭ ކިޔައިގެން މިއީ ސިޔާސީ ކަމެއް ގޮތުގައި ސިފަކުރަން. މިއީ ސިޔާސީ ކަމެއްނޫން. މިއީ ހަމަ ސީދާ ހޭޓް ސްޕީޗް އަދި ދީނަށް ފުރައްސާރަ ކުރުން. ޓެރަރިޒަމް ގާނޫނުގެ ދަށުން ޝަހިންދާ އަދި މިރިޕޯޓް ލިޔުމުގައި ބައިވެރިވިމީހުން ދިގުމުއްދަތަކަށް ޖަލަށް ލާންޖެހޭ. އެއީ އިންސާފަކީ. ރައީސް ޞާލިހު ވެރިކަމަށް ހޮވީ އިންސާފު ގާއިމު ކުރަންތޯ ނުވަތަ ގާނޫނުން ބޭރުން މިފަދަ މުޖުރިމުން ދިފާއު ކުރަންތޯ؟؟؟

    55
    2
  6. އެމީހާ

    މިއާޓިކަލު ޙަސަދަވެރި ރޮޒޭނާ އަށް ފެންނާނެބާ.؟

    42
    1
  7. ދުއާ

    ކޮންމެސް ކުއްޖަކު މިހަބަރާާާާާާާއެކު ޓްވިޓާގަ ރޮޒައިނާ ޓެގްކޮށްލަބަލަ

    37
    1
  8. އައްޑޫ މީހާ

    2016 އެއްނުން މިއީ 2019 2016 ގައި ތިޔަ ބުނާ ރިޕޯޓް ނެރުނީމަ އޭރު ސަރުކާރާއި ދެކޮޅު އިލްމުވެރިންނާއި ޕާޓީތައް ކޮންތާކުތިބީ،؟ މިއަދު މިނެރު ރިޕޯޓާއި ގުޅިގެން ރައްޔިތުން ރަތައް އެރީމަ އޭރުގެ ސަރުކާރޭ ނުކިޔާ މިމީހުންގެ ކުޑަވެސް ދީނަށް ލޯބިކުރާ ކަމުގައި ވަނީނަމަ އެކަމަށް ރައްދު ދޭންވީނުން! ދީނަށް ފުރައްސާރަ ކުރީމަ ނޯންނާނެ ވަކި ބައެއް ބެލުމެއް އެކަމާއި ދެކޮޅު ހަދާނަން އަހަރުމެން، ހެޔޮ ޓެރެރިޒަމްގެ 10 ގާނޫނު ފާސްކުރިޔަސް ޝަހިންޓާމެން ހީކުރިގޮތް މިގައުމުން އިސްލާމްދީން ފޮހެލަން ޖެހޭނީ އަހަރުމެން މަރާލާފަ

    19
    2
  9. ސައުދީ

    ނޫނޭ ތިކަން ވެސް ޔާމީން ބޮލުގައި ވާނެ އަޅުވަން

    11