ޕީޕީއެމް އަކީ ސިޔާސީ އެންމެ ވަރުގަދަ ޕާޓީ ކަމަށާއި، އެ ޕާޓީއަކީ ސަރުކާރު ޖަވާބު ދާރީ ކުރުވަން އޮތް ޕާޓީއެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހިއްމަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވަމުން ވިދާޅުވީ، މި ސަރުކާރަކީ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން މިހާރު އޮތް އެންމެ ވަރުގަދަ އެއްޕާޓީ ކަމުގައެވެ. އަދި ޕީޕީއެމް އިން ރައްޔިތުންނާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރާ ކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ އެންމެ ވަރުގަދަ ޕާޓީ ކަމަށްވާތީ، އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ޕާޓީ ކަމުގައި ވާތީ. ރައްޔިތުންނާއި އެކީ ސާބިތުކަމާއި އެކީ އަޒުމަށް ބަދަލެއް ނައިސް ވިސްނުމާއި އަޅުގަނޑުމެންގެ މިސްރާބު އެއްވެސް ތަފާތެއް ނެތް" ޔާމީން ވިދާޅުވިއެވެ.

ހިއްމަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ޕާޓީ ދޫކުރައްވައި އެހެން ދިމަދިމާލަށް މަޑު މަޑުން ދާތީ ރައްޔިތުންނާއި އެމަނިކުފާނުގެ ޓީމު ވެސް ހިތްދަތިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ދުނިޔޭގެ ހަގީގަތް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ހިތާމަ ކުރަން އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކަންތައް ދިމާވާތީ. ރަށްރަށުގައި ތިބި އަދި މާލޭގައި ތިބި ތިބޭފުޅުން ނުލާހިކު ލޯބިވާ އިހްތިރާމް ކުރާ ބޭފުޅުންވެސް އަޅުގަނޑުމެންގެ ޕާޓީ ދޫކުރައްވާ އެހެން ދިމަ ދިމާލަށް އެބަ ވަޑައިގަންނަވާ މަދު މަދުން ނަމަވެސް. މިކަންކަމާ ރައްޔިތުން ހިތްދަތިވޭ، އަޅުގަނޑުމެންވެސް ހިތްދަތިވޭ. އެހެން ނަމަވެސް މިއީ ދުނިޔޭގެ ހަގީގަތް. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަންކަން މީ." ޔާމީން ވިދާޅުވިއެވެ.

މިކަންކަން މިހެން ހުރި ކަމުގައި ވިއަސް ޕީޕީއެމް ދާނީ ރައްޔިތުންގެ ހައްގުގައި ކުރިއަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަންނި

    ލޮލް

    15
    21
  2. zayaan

    kaloa gayaa… onnane thaa bahah bunevifa… hehehhehehhehehe… ma ladhu ganejje...varugadha vegen dhedhuvahun ehdhuvahu party in bodethi miyhun kendigen.. kurin burumaa ah ehchis govaafa mihaaru eyna fahathun role model thakah hadhaigen dhuvany… ma vaa hiy hiy halaak

    10
    20
  3. އަޑި ގުޑަން

    އިބްރަތެއް....

    9
    4
  4. ރާޅު

    އެހެން ތަ ؟ މަމެންހީކުރީ އެހެނެނޫން ! ފުރަތަމަ ވެސް ޕީޕީއެމް އަކީ ދަވާލާފަ އޮތް ޕާޓީ އެއް ! ދެން ކޮން ވަރު ގަދައެއް ވާނީ.......

    8
    23
  5. ޒ

    ޕާޓީ ބޮޑުވެގެންގޮސް އެއްވާންޖެހެނީވެސް ގޭގޭގެ ދޮރާށި ދަށުގައި.... ހެހެހެ

    8
    21
  6. ޖަޒީރާ ބޯއީ

    ރައީސް ޔާމިން ނުހުއްޓުވޭނެ އިންޝާﷲ އެމަނިކުފާނުގެ އަދުއްވުން ބަލިކުރައްވާ ކުޑަކަކޫ ޖެހެމުންދާތަން މިހަރު މިފެންނަނީ.

    8
    10
  7. Anonymous

    ކޮބައިތަ ލާދީނީ އަލްޖިބްރާ؟ މި އޮތީ ރައީސް ޔާމީނުގެ ހަބަރެކޭ.

  8. ކުޑަސޮރު

    އެންމެ ބޮޑު ޕާރޓީ ވީމަ އެއްވެސް ކޮޅަކުން ކުރި ނުލިބުނީ. އަދިވެސް މައިތިރި ވާކަށް ބޭނުމެއްނުވޭ ދޯ؟