ސައިކަލުން ވެއްޓި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް އަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ މެމްބަރު ޔާސިރު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަހާލައިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ވާރޭވެހެމުން ދަނިކޮށް، ދަންވަރު 1:00 ހާއިރު މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީގައި ސައިކަލު ކަހާލައިގެން ވެއްޓިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަހާލައިގެން ސައިކަލުން ވެއްޓުމުގެ ސަބަބުން ޔާސިރުގެ މެޔަށް ވަނީ އަނިޔާވެފައެވެ. އަދި ސައިކަލް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލް ކޮންޓްރޯލް ނުކުރެވި ޔާސިރް ގައިގައި ޖެހިފައިވާ ކަަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ޔާސިރު އަށް މިހާރު އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Safakallah

    ާަަައަވަސް ޝިފާއަކަންއެދެން

    16
    5
  2. ޢަލީ ހަމީދު

    މެމްބަރުންނައް އާސިއާން ގައުމުތަކުން ބޭސް ފަރުވާ ލިބޭގޮތައް އޮންނަނީ.. އަވަސް ޝިފާ.

    7
    2
  3. އަހްމަދްފުޅު

    މާލެއާ ހުޅުމާލެ އާ ދެމެދުގެ ކިހާ ހިސާބަކުން.