ރަސްރަނި ބަގީޗާ މިހާރު ހުރި ހާލަތާއި މެދު ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް، މާލޭ ސިޓީގެ މޭޔަރު ރަސްފަންނުގެ ފެންވަރާއި މެދު ސުވާލު އުފައްދަވައިފިއެވެ.

ރަސްރަނި ބަގީޗާގައި ހުރި އުނދޯއްޔެއް ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވީޓާގައި ހިއްސާ ކުރެއްވުމަށްފަހު އެއީ މިހާރުގެ ރަސްރަނި ބަގީޗާގެ ހާލަތުކަމަށް ކުރީގެ މިނިސްޓާރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އިން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދަށް ގުޅާލުމުން ޝިފާ ވިދާޅުވީ އާއްމު ރައްޔިތުންނާއި ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ކުރީގެ ސަރުކާރުން ހޭދަކޮށްގެން ގާއިމްކޮށްފައިވާ ތަނެއް މިހައި އަވަހަށް ހަލާކުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެެވެ. އަދި ކުރީ ސަރުކާރުން އެތަން ގާއިމްކުރުމަށް ގެނެސްފައިވަނީ ފެންވަރު ދަށް ތަކެތިތޯ ޝިފާ ވަނީ ސުވާލު އުފައްދަވާފައެވެ.

މުއިއްޒު ހިއްސާ ކޮށްފައިވާ ފޮޓޯ

"ކުރީގެ ސަރުކާރުންނާއި އާންމު ރައްޔިތުންގެ ހިލޭ އެހީގައި ރަސްރަނި ބަގީޗާއަށް އެހާ ބޮޑު އަދަދެއް ހަރަދުކޮށްގެއް އެތަން ހެދުމުން މިހާ އަވަހަށް ހަލާކުވެގެން ނުވާނެ ނޫންތޯ؟މިދިޔަ އަހަރުގެ ތެރޭގައި ހުޅުވި ތަނެއް މަދު ދުވަސްކޮޅެއް ތެރޭގައި ހަލާކުވެގެން އެދަނީ، އޭރުގެ ހައުސިން މިނިސްޓަރ މުއިއްޒު އެތަން ހެދުމަށް ބޭރުން ގެނައި ތަކެއްޗަކީ ފެންވަރު ދައް ތަކެއްޗަށް ވީމަތޯ؟" ޝިފާ ވިދާޅުވިއެވެ.

އެތަނުން އެއްޗެއް ހަލާކުވުމުން އެތަކެއްޗެއް ނުވަތަ ތަނެއް އަލުން ހަދަމުންދޭތޯ މި ނޫހުގެ ފަރާތުން އިތުރަށް ސުވާލު ކުރުމުން ޝިފާ އެ ސުވާލު ވަނީ އަލުން ތަކުރާރު ކުރައްވާފައެވެ. ޝިފާ ވިދާޅުވީ އެތަނަކީ ކުރީގެ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކޮށްފައިވާ ތަނަކަށް ވާއިރު އެތަނުގެ ގޮނޑިތަކާއި އެހެނިހެން ތަކެތި މިހައި އަވަހަށް ހަލާކުވެގެން ނުވާނެ ކަމަށެވެ.

ރަސްރަނި ބަގީޗާގެ ހަލާކުވެފައިވާ އުނދޯއްޔެއް – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ޝިފާ ދެން ވިދާޅުވެފައި ވަނީ ރަސްރަނި ބަގީޗާއާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ދެވެން ނެތްކަމަށެވެ. މިކަމާއި ގުޅިގެން މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލީ

    ކިތައްމެ ފެންވަރު ރަގަނޅު މޮޅުއެއްޗަކަސް އެއެއްޗެއްގެ މަރާމާތައް ނުވިސްނަންޏާ އެއެއްޗެއް ފަނާވެގެން ދާކައް ގިނަދުވަހެއް ނުނަގާނެ.. އަގުބޮޑެތި ފުލައިޓް ތައް އަދި މަސައްކައްކުރަން ގެންގުޅޭ ވެހިކަލްތައް ކީވެތޯ ރެގިއުލާ ކޮން ސާރވިސް ކުރަނީ ... ކޮލެޓީދައްވީމަކާނޫން އެގޭތޯ !!!!!!!

    84
  2. ސާރިދޯޅު

    ސާބަހޭ ކިތަންމެ ފެންވަރު ރަގަޅަށް ހެދިޔަސް ތަންތަން ދެމިހުންނާނީ އެތަންތަން ރަގަޅަށް ބެލެހެއްޓީމަ. ވީރާނާވާން ދޫކޮށްލީމަ ހަލާކުދޯ ވާނީ. ދެން ނިކަން މެގަޕްރޮޖެކްޓެއް ހިންގާލާފަ އެތަން ރަގަޅު ކޮށްލަބަލަ.

    52
  3. ސޯޕް ލައިޓް ބްރަދަރ

    ތިމާގެ އަމިއްލަ ސާފުތާހިރު ކަމާމެދު ސުވާލު އުފެއްދުން ރަނގަޅުވާނެ!!!

    268
    7
  4. ކިންގްފިޝަރ

    މޭޔަރ އޮފް މާލޭސިޓީ ގެންގުޅުއްވާ ކުޑަކުދިންގެ ޚިޔާލު. މިއީ ސިޔާސީވުންތޯ ނޫނީ ސިޔާސަވުންތޯ؟

    34
  5. ޗާލު

    ލާދީނީފޯކަސް ބަދަލުކުރަން އެއުޅެނީ

    30
  6. ޓްވީޓް

    މާލޭސިޓީ މޭގަނޑު ބުނެފައި ތިވަނީ ނުކިޔަވާ ޖާހިލު މީހުން ބުނާ ކަހަލަ އެއްޗެއް.

    32
  7. Anonymous

    އަވަހަށް އެތަން ފުނޑާލަ. މި އީ އާރާސްތު ކުރާ ސަރުކާރެ އް ނޫން ފަނާކުރާ ސަރުކާރެ އް.

    30
  8. މުސްތީ

    މި މާލޭގެ ހަލާކަކީ ސިފާ

    28
  9. ސިފޫ

    ދެންވެސް ހޮވަން ވާނެ..

    7
    2
  10. ސަޒް

    މިއީ ނިކަން ފޫހި ޒާތެއްގެ އަންހެނެއް. ?

  11. ޖަޒީރާ

    ކަލޭތީ ހާދަ ތަންދޮރު ނުދަންނަ މީހެކޭދޯ، ތިވަރު މީހުން ތިއުޅެނީ އެންމެކުރީ ސަފަށް ނިކުމެ މަހަމަ ހައިރާން، ރައްޔިތުންގެ ފައިސާއިން އެތައްބައިވަރު މުސާރައިގެ ގޮތުގައި ނަގައިގެންހުރެ ތިގޮވާ ކޮހުން ކަލޭގެ ފެންވަރާމެދު ސުވާލު އުފެދޭ

    12
  12. މައިނާ

    މާލޭ ސުޓީގެ މޭގަނޑު ރަނގަޅުކުރުމަކީ ކައުންސިލް އިންތިހާބު ރަނގަޅުކުރަން ޖެހޭ ކަމެއް. އަހަރެންގެ ވޯޓް ދެނެއްނުލިބޭނެ. ފަނާކުރަނިވި ފިކުރާ ދުރަށްދާން ބޭނުންވެއްޖެ.

  13. މީސް

    ތަންތަން ހަލާކުވުމުން ވަކިސަރުކާރަކުން ހެދިތަނެކޭ ކިޔައިގެން މަރާމާތު ނުކުރާނަމަ އެތަންތަން ހެދި ސަރުކާރަށް ވެރިކަން ނުދިނީކީއްވެ؟ ރައްޔިތުންނައް ޓަކައި ޔާމީނު ގެ ވެރިކަމި ނުކޮށްދެއްވަނީ ކޮންކަމެއް؟ ރައްޔިތުންނައް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮއްދެއްވި ރައީ ސެއް ޔާމީނުއަކީ އެފަދަ ދެވަނައެއްނުވާ ރައީސަކުލިބުމުންވެސް ބަލައިގަންނަން ނޭގުނީމަ ވާގޮތް މިފެންނަނީ ވަރަށްވެސް ދެރަކަމެއް މިގައުމު މިދަނީ ހަލާކުވެ ނިމިގެން! އެތަންތަން ހަލާކުވަނީއެއް ނޫން އެދައްކާވާހަކަތަކަށް ބަލާއިރު ކުރީގެ ސަރުކާރަށް ބަސްބުނަން ހަލާކުކުރަނީކަމައް ބެލެވެނީ

  14. ސިފާ

    އެއެއްޗެހީގެ ބޭނުންކުރާ އަދަދު ބަލާލަންވެސް ނޭނގޭ މީހެއްދޯ މިއީ؟ ހާދަހާ މަގާމަށް ކުފޫ ހަމަނުވާ ވާހަކައޭ ދައްކަނީ. އެއްޗެހި ހަލާކުވާނެ މީހުން ގަސްތުގައި ގެއްލުން ދިނުމުންވެސް. އެހެން ހަލާކުވީމަ އެއީ ފެންވަރު ދަށްވެގެން ހަލާކުވުމެއް ނޫން. އެވަރުވެސް ނޭނގެނީބާ؟

  15. ޝިފާ

    ޝިފާ އެވެ ހަމައެކެނި ކުރެވޭނެހާވެސް ކަމަކީ މަގުގެ ކުރެހހުން ތަކުގެ ކުލަ ބަދަލުކުރުމެވެ. ތަންތާގެ ނަންބަދަލުކޮށް ބޯޑުތައް ހަރުކުރުމެވެ. މަގުތަކުގެ ދުއްވާ ކޮޅުބަދަލު ކުރުމެވެ.

    ނިކަން ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެލަބަލާށެވެ
    ބުރިޖްމަތިން ދުއްވާލަބަލާށެވެ.
    މާލޭ ތާރު އެޅި ބޭރު މަގުގަ ދުއްވާލަ ބަލާށެވެ.

    ހިތައް އެޗެއްއަރާތޯއެވެ.

    ލާރި ކައިގެން ނަމަވެސް ރައްޔިތުން ނަށް ފެންނަ ތަނެއްއަޅާބަލާށެވެ.