މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވިފައިވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު މެންދުރު 15:45 އިން މިރޭ 21:00 އަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ބައެއް ރަށްރަށަށް އުދަ އަރާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.