އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހައި ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ދެއްވައިފިއެވެ.

މިނިސްޓަރ ޒާހިރު މިމޭރުމުން ވިދާޅުވެފައި ވަނީ ދީނަށް ފުރައްސާރަކުރުމާއި ހައްދުފަހަނަ އަޅައިދިއުން ހުއްޓުވުމާމެދު ދީނީ އިލްމުވެރިންގެ ހިޔާލު ހޯދުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިމައްސަލައާއި ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމަށް ޕްރޮގްރަމްތަކެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމައިފައެވެ. އަދި އެކަމަށް ފުރިިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރާނެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް އުފެއްދުމަށް ނިންމާފައެެވެ.

އިސްލާމިކް މިނިސްޓްރީއިން މި ބައްދަލުވުން ބާއްވައިފައި ވަނީ މޯލްޑިވެސް ޑިމަކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ހައްދުފަހަނަ އަލައިދިއުމާ ގުޅޭގޮތުންކޮށްފައިވޗާ ދިރާސާއެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑޫ ކިޔައިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ. މިކަމާ ގުޅިގެން އެތައް ދިވެހި ރައްޔިތުންނެއް އަދި ދީނީ އިލްމުވެރިންނެއް އަންނަނީ އެމްޑީއެން އަށް ފާޑުކިޔައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

ދީނީ އިލްމުވެރިންގެ އިތުރުން އާންމުން ވެސް އަންނަނީ އެޖަމިއްޔާއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގުއިރޯނު

  ރައްޔިތުން ގުއިރޯނުގައި ޖައްސަވަނީތޯ. ބަލަ މިހާރުން މިހާރަށް ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް މި ޖަމާޢަތް އުވާލަން ނޭންގެވިގެންވީ ކީއްވެ؟ އެއީ އެހާ އުނދަގޫ ކަމަކަށްވަނީތަ؟ އެވަރުގެ ސިޓީގަނޑެއް ލިޔަން ދަންނަވަރުގެ ކުއްޖަކުވެސް ތިޔަ މިނިސްޓްރީގައިނެތީތަ؟

  44
 2. ާާާޢަލީ

  ތިވަޒީފާދިޔައީ ތިހިސާބުން..ތިގޮތަށް އަމަލުކޮއްފިއްޔާ އެކަމު...

  21
 3. މޮހަދު

  ތިމީހުން ހައްޔަރު ނޮކޮށް ތިބެނީ ކީއްވެ މިހާރުން މިހާރަށް ޕާސްޕޯޓް ކެންސަލްކޮށް ދިވެހިރައިޔަތުކަމުން ވަކިކޮށް އިޓަލީވިލާތުގެ ވެޓިކަން ސިޓީއަށް ފޮނުވާލާ

  82
 4. ސޮޑާ

  ބަލަ ޖަމުއީޔާ އުވުމަކުން ނުފުދޭނެ ތިމީހުންވެސް މިޤަމުން ބޭރުކުރަންޖެހޭނެ ނޫނީ މިތާތިބެގެން އިތުރު ފިޔޮފަޅާނީ

  40
 5. Anonymous

  މިނިސްޓަރ ހައްދުފަހަަނަ އަޅާ ދިއުމީ މިދީނަށާ ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮއް

  11
  1
 6. މުފައްކިރު.

  ހލާދީނީ ފެތުރިގެން ދިޔަ އިރު އިސްލާމިކް މިނިސްޓަރ އިނީނިދާފަ. ބަސް ހުއްޓިފަ. ދެން ކީކޭތަ މިކިޔަނީ. މިދައްކާ ވާހަކައިން ކުރާނެ ފައިދާ އެއް އެބައޮތްތަ؟

  7
  1
 7. ޓްރޭސް

  އަނގައިން އުތަ؟ ތިޔައީ ރައްޔިތުން ކެވިއަރައިގަތީމަ ލޮލުގަ އަނދުން އަޅުވަން ބުނެލި ބަހެއް.

  10
 8. އަޙްމަދު

  ހެއްވާ. އެހެން ކިޔަންވީދޯ. ފިޔަވަޅު އެޅޭތަނެއް ނުފެނޭ.

 9. މަގޭ ދީން މަގޭ ގައުމު

  އެންމެ ހައްލެއް އޮތީ ރައްޔިތުން އަތުގަ ބާރުވަނީ މީ ވަރައް ވާހަކަ!!!