އިންޑި އާއި ޗައިނާ އަކީ ރާއްޖޭގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ދެގައުމު ކަމަށާއި އެދެގައުމާއެކު އޮތް ގުޅުން ހަމަހަމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ސޯލިހް އެއްބައިވާން ޖެހޭކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައި ވަނީ އިންޑިއާގެ އިކޮނޮމިސްޓު ސަމިޓުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަމުން ޗައިނާއަށް ވަރަށް ބޮޑަށް ފާދުވިދާޅުވުމާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށާއި އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާއަށް ފާޑު ކިޔާ އެގައުމާއި ރާއްޖެއާ ދެމެދު ރުޅިވެރިކަން އުފެއްދުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ރައީސް ނަޝީދައި ރައީސް ސޯލިހް އެއްބަހެއް ކިޔައި އެއްބައިވަންތަ ވާން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިންޑިއާގެ އިކޮނޮމިސްޓު ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސިޔާސީ ލީޑަރުންތައް ހައްޔަރު ކޮށްފައިވަނީ ޗައިނާ އެކަމުގެ ފަހަތުގައި އޮވެގެން ކަމަށް ތުހުމަތު ކޮށްފައެވެ. މިކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ޒޭންގ ލިޒޮންގ ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން ރައީސް ނަޝީދުއާއި ޒެންގ ލިޒޮންގ އާ ދެމެދު ވަނީ ދެބަސްވުންތައް ހިނގާފައެެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އެމަނިކުފާނު ވަނީ އިންޑިއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން ހީނަރުކޮށް ޗައިނާ އާއި ދެމެދު ގުޅުން ރަނގަޅުކޮށްފައެވެ. އަދި މިސަރުކާރު އައި ފަހުން ޗައިނާ އަށް ދޭ އިސްކަން ކުޑަކޮށް އިންޑިއާއާއި ދެމެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް ދަނީ އެތައް މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި އިންޑިއާއިންވެސް އަންނަނީ ރާއްޖެއަށް އެތައް ގޮތަކުން މިހާރު އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާސަރު

    ތަރުޖަމާނުތޯ؟ އަނެއްކާ އަނެއް ޖުހާއަކު އުފަންވީތޯ؟

    19
  2. ހުވަދޫ ޑޮކް

    ތިޔައީ ލައްކަ ވާހަކަ އުތަ؟

    16
  3. Alibe

    ގައިމު ވެރިމީހާބުނި ދެމީހުން ގެ ދޭތެރޭ މައްސަލައެއް ނެތޭ، އެހެންވިއްޔާ އެއީ ދޮ ގުތާދޯ، ކޮންމެވެސް ގޮތަކުންދޯ ފަޅާއަރާނީ.

    23
  4. Anonymous

    ތީނަ އިބޫއަށް ވަރު ގަދަ ކެއްސެއްދޭނެ، ދުނިޔޭ ގެ ތިބި ބަޔަކަށް ދާދި އަވަހަށް ފެނި ގެން ދާނެ، ރައީސަށް ގޮންޖަހާފަ ބޭރު ގައުމު ތަކަށް ގޮސް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދައްކަނީވެސް އެކަމު ގެ ދަލީލެއް، ބައްޕަ ގެ ލަކުޑި ގުދަނަށް ވީ ކިހިނެތް؟

    26
  5. އަހުމަދު

    މި އަންނި މިޤައުމުން ބޭރުކުރޭ އޭރުން މި ޤައުމު ހުރިހާކަމެއް ހައްލުވީ

    31
  6. މޮޔަސޮރު

    ދެންކީއްކުރަން. ހަމަގައިމު ވެރިކަން ކުރުމުގެ ބާރު ދިނީ ސޯލިޙްއަށް. ފެންނަ ފެނުމަށް ހިންގަނީ އެހެން މީހެއް. ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީމަ ދެން ކޮން ހާސަރެއް ދަމާކަށް. އުޅޭ އުޅުމުން އޭނާ ބޭނުންވެގެން އުޅޭ ކޮންމެވެސް ކަމެއް ނުވެގެން އުޅޭހެން. މި ޤައުމަށް ފޮނުވުނު ދައްޖާލެއް އެއީ

    17
  7. ޓްރޭސް

    މީއަދި ކާކުތަ. އަނގަފަތުރަން.

    9
    2
  8. މަރީ

    މީ ކުޅޭ ގޭމެއްތަ

  9. ކިންގްފިޝަރ

    އިސާހިތަކު ލަންކާ މި ރާއްޖެއަށްވުރެ އެތައް ގުނައެއް ކުރިއަރާނެ. ޗައިނާއިން ލަންކާ ކުރިއަށް ގެންދިއުމަށް ހިންގާ ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކުގެ އަސަރު މި ރާއްޖެއަށް ކުރާނީ ވަރަށް ހިތިކޮށް. އެފަދަ މޭރުމަކުން އިންޑިއާއެއް ނުކޮށްދޭނެ. އެހެނަސް، ޚާރިޖީ ސިޔާސަތު ގެންގުޅެންވާނީ ހަމަހަމަ އުސޫލުން. ޝަރީފު ވިދާޅުވިޔަސް ހަޤީޤަތް ވާނީ ޙަޤީޤަތަކަށް.