މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓު ކުށްވެރިި ކުރަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަސްޖެހި ވަޑައިގެންފިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ހޫނުވެ، އެތައް ބަޔަކު ރިޕޯޓު ކުށްވެރި ކުރަމުން ދަނިކޮށް ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ރިޕޯޓު ކުށްވެރި ކުރައްވާ ފަރާތްތަކަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާއެއް ދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

"އިސްލާމް ދީނަކީ އެންމެ ފުރިހަމަ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ)އަށް ވަރަށްބޮޑަށް ފާޑުކިއުން އަމާޒުކޮށްފައި ވުމުން އެކަމަށް ގިނަ ބައެއްގެ ނުރުހުންވުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ. މިކަމާ ގުޅިގެން އެތައް ދިވެހި ރައްޔިތުންނެއް އަދި ދީނީ އިލްމުވެރިންނެއް އަންނަނީ އެމްޑީއެން އަށް ފާޑުކިޔައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ސަމި

  މިކަމު ގަ އަޑީހަ ހުރެ ހިތްވަރު ދޭމީހަކީ މިއީ. ކުރިންވެސް ކުރީ އެކަންތައް

  126
  3
 2. ބުޅާ

  ލާދީނީ ބައްޕަ ނުކުރާނެޔޭ. އޭނަ ވ ތާއީދު ކުރާ ކަމެއް އެމީހުން ކޮއްފަ އިނީ.

  74
  3
 3. ފާދިގު މަކުނު

  ނަޝީދު އެމްޑީއެން ގެ ރިޕޯޓު ކުށްވެރި އެއް ނުކުރާނެއެއްނު އެއީވެސް ލާދީނީ އެއްޗެއްވިއްޔަ!!
  މިކަމާ ގުޅި ގެން ރައްޔިތުން އުތުރި އަޜާއިރު އިބޫ އެއޮތްބޮޑު އަ ގަބެދިއްޖެ

  81
  3
  • ކަނީރު

   ކަލޭގެ ބަސްމަގު ރަނގަޅުކޮށް ކޮމެންޓް ކުރުން އެދެވިގެންވޭ. ތިބާގެ ތިމާހެ މީހުންނާއި އަނބި ދަރިންވެސް ނޫސް ކިޔާނެ. ކަލެއަށް ހެޔޮރަޙްމަތް ލައްވުން އެދެން

   7
   48
 4. މުހުއްމާ.

  ލާދީނީ މީހިން ދީނައް ފުރައްސާރަކުރުން ހުއްޓުވަން
  މަސައްކަތެއް ނުކުރާނެ.؟ ޢެކަން ކުއްވެރިވެސް ނު
  ކުރާނެެ. އެ މީހުނައް ވާނީ މަޖާކަ މަކައް.

  69
  3
 5. ޢަބޫ ނިއާމް

  ނަޝީދު އަކީ ލާދީނީ ފިކުރު ފެތުރުމުގެ އިސްފަތާތް..އެހެންވީމަ އިސްލާމު ދީނާ ރަސޫލާއަށް ހަޖޫ ޖެހިޔަސް އެކަން ކުއްވެރި އެއް ނުކުރާނެ

  74
  1
 6. އަޙްމަދް

  ބަލަ އެޖެންޑާ ނަވާރަ..... އެހެންވީމާ ކިހިނެއްތޯ ކުއްވެރި ކުރާނީ.
  އެ މަނި ކުފާނުވެސް ނުލާހިކު ގަޔާވާނެ ރިޕޯޓެކެ އެެއި.
  އެ މަނި ކުފާނު ވޭތުވެދިޔަ ދުވަސްތަކުގައި ރައްޖޭން ބޭރުގައި ހުއްނަވައިގެން އުނަގަނޑު ފުޅަށް ކުރެއްވި ބޭސް ފަރުވާގެ ނަތީޖާއޭ އަދި ކިރިޔާ މިފެއްނަން ފެށީ!

  163
  2
 7. އާދަނު

  ނުކުރާނެއޭ ބަލަ ކިހިނެއްތޯއޭ ކުރާނީ .ކަށީގައި ހިފާފައި ހުންނަ ކަންކަމަކީ އެހާފަސޭހައިން ކުރެވޭނެ ކަންކަމެއްނޫނޭ.

  53
  1
 8. އިބްރާ

  ނަޝީދު އެމްޑީއެންގެ ރިޕޯޓް ކުއްވެރިކުރާނެކަމަށް ގަބޫލެއްވެސް ނުކުރެވޭ. އަދި އޭނަގެ އެއްވެސް ސަޕޯޓަރަކުވެސް އެކަމަށް އުންމީދުވެސް ނުކުރާނެ، އެ އެންމެންނަކީވެސް އޭނާގެ ފިކުރުގެ މީހުން.

  213
  1
 9. ދިވެހިން ހޭއަރާ

  ކަލޯ ނަސީދޫ ކަލޭ އަޑީގަހުރެގެން މީގެކުރިންވެސް ވަނީ ދީނަށްފުރައްސާރަކޮށްފަ އެންމެ ބޮޑް ޓެރަރިސއޓުންނަކީ ﷲއާއި ރަސޫލާ އިސްލާމްދީނަށް ފުރައްސާކުރާ އިސްލާމްދީނުގެ އަދުއްވުން އެފަދަމީހުންގެ ހުކުން އުމަރުގެފާނުޒަމާނުގަ ތިގޮތަށް މުރުތަށްދުވިމީހުނަށް ހުކުން ކުރި ގޮތަށްހުކުން ކުރަންވީ ތި ނަސީދަކީ ތިކަމުގެ އެންމެ ނުބާ ގައްދާރަކީ މިކަލޭގެއށް ތާއިދުކުރާ ވޯޓްދިންމީހުންނަކީ މީގެ އައުވާނުން އެމީހުންނަށް ﷲ ހެޔޮވިސްނުންދެއްވާ މިކަލޭޔާ ދެކޮޅު ވެރި ކުރައްވާންދޭވެ

  90
  2
 10. ބުރޯ

  ނަސީދު ތިޔަކަން ކުއްވެރި ކުރާނީ ކިހިނެތް ؟ޔޫޓިއުބުގާ އެހުރީ ނަސީދު ދެއްކިވާހަކަތަކާ ވާހަކަ ދެއްކިކަމަށް ބުނާ ވާހަކަތައް. ވީއިރު ތިޔަރިޕޯޓްގައިވަ ވާހަކަތައް އޭގަ ވެސް އެބަހުރި ތިޔައީ 2008 ގަ ނަސީދު ވެރިކަމަށް އައިސް އުފެއްދިތަންތަން . އަދި ތިޔަރިޕޯޓް ހެދުމުގަ ނަސީދުގެ ހިއްސާ އޮތީ ކިހާވަރަކަށް ކަމެއްވެސް ނޭގެދޯ .އެއްޗެއް ބުނެވިއްޖެ ނަމަ ބެދޭމަޅި ގިނަވާނެ. ބޭޒާރުވުން އަވަސްވާނެ. ވީމަ މިސަރުކާރު ވެސް އޮތީ ހަނު ނަސީދު ވެސް ހުރީ ހަނު ސާލިހުވެސް ހުރީ ހަނު.

  54
  2
 11. ޝަހިންދަ

  މި ރިޕޯޓަކީ ނަޝީދު އަޑީގަހުރެގެން ނެރުނު ރިޕޯޓެއް

  52
 12. މޫސަ

  ނަޝީދު އަކީ ލާދީނީ މީހެކޭ އެ ބުނަނީ އެއީ ބަޔަކު އޭނާއާ ދިމާއަށް މަލާމާތް ކުރަން ބުނާ އެއްޗެއް ނޫން. އެއީ ހަޤީގަތް. މިފަދަ ކޮންމެ ކަމަކުން އެ ހަޤީގަތް އިތުރަށް ސާފުވަމުން ދާނެ.

  200
  2
 13. Anonymous

  ލާދީނީ ކަލޭގެ ހިފިނުހުރެވިގެން ފެށީ ދޮހ!!

  61
  3
 14. ލަކީ

  ޙެހެ މިހާރު އެންމެން ދީން

  9
  16
 15. އަޙްމަދް

  ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.
  “ނަޝީދު ބުއްނެއްކަމު މިއީ ކޮންފަދަ ބޮޑު ތެދެއްތޯއެވެ”

  3
  30
  • ސަހާދެއް

   ދެން މުސްލިމުންގެ ހަތިޔާރަކަށް ހަދަންވީ ބުދުދީންތަ ގަމާރާ؟

   13
   1
 16. ޞަލާމް

  ނަޝީދު އެކަންޏެއް ނޫން. ގައުމުގެ ރައީސާ ނައިބު ރައީސް ވެސް ބަހެއް ނުބުނެ ހިމޭންވެފަ ނޫންތަ

  28
  3
 17. ޑީޑީ

  އިސްފާދިރީއެއް ތީންއެއްވެސްކަމެއް ކުއްވެރިއެއްނުކުރާނެ ކުރިންވެސް އެކަންއެނގެޔޭ ކޮންމެ އެއްޗެކޭކިޔަސް ލާދީނީވާނީ ހަމައެއައް

  27
  2
 18. ނަފީސާ

  ޝެއިޚް އިލްޔާސް ގެ ބަހަކީ ކޮބާ؟

  17
 19. ކިންގްފިޝަރ

  އެކަން ކުރުމަށް ބާރުއަޅާ އާރުކާޓީ އެކަން ކުށްވެރިކުރާނީ ކިހިނެތް؟ އަންނިއެއް ތިޔަކަމެއް ކުށްވެރިއެއްވެސް ނުކުރާނެ، މަޖުބޫރުވެއްޖެ ހާލަތެއްގައި މެނުވީ. މި ރާއްޖޭގެ 3 ބާރުގެ ވެރިޔަކަށް އަންނި ހުރުމަކީ މި ދިވެހި ދީބަސް ހުރި ހުތުރެއް. މިކަލޭގެ ކުރިއަށް ނެރެން ވޯޓުދިން މީހުން މިއަދު ހިތަށް އަރާނެ ސަހަރޯއޭ. ނިދިން ހޭލާ ރައްޔިތުންނޭ. ވަގުތު ފާއިތު ނުވަނީސް.

  28
  1
 20. ހުދުހުދު

  އެ ލާދީނީ އެއް ކުއްވެރި އެއް ނުކުރާނެ އެއްނު އެއީ ވިއްޔާ ބޮޑު ލާދީނީ. އޭނަ އަޑީގަ ހުރެގެން ކުރުވާ ކަންތައް ވިއްޔާ

  21
  2
 21. ާަާމަ

  އެއީކާކު. އެންމެންކުރިޔަސް އޭނަނުކުރާނެ.

  18
  1
 22. Anonymous

  ތަކިީރައިީސެނުޫ ތަކިީކޮހައް

 23. ހިސެން

  އިސްލާމްދީނަށްވުރެ ބޮޑުހަތިޔާރެއް މިއުއްމަތުގަނުވެ. ނޭގޭމީ ދަސްކުރޭ. ހިސާބު ބެއްލެވޭނެދުވަހެއްވެ. އެދުވަހުން މިއަދު އަހަރެން އެހެންބުނީ ބަޔަކުރުއްސާ އުޅެންފަށޭހަޔަށޭ ނުބުނެވޭނެ. އެމީހުންނަށް ވޭންދެނުވި އަޒާބު ހުއްޓެވެ.

 24. ޗުކީ

  އެއްކަލަ ގޮތްވާންއުޅޭ މަބުނިގޮތަށްވާންއުޅޭ! ހަތެއް ފެބްރުވަރީ ގެނެވޭތޯ ކުރާހާ މަސައްކަތް! ހަނދާންނައްތާލާ! ދެނެއް ނުނުކުންނާނަން މަގުމައްޗަކަށް!

 25. ޢަހުމަދު

  މިހާރު މިވާގޮތް ވަރަށް ސާފުވެއްޖެ. އެއްވެސް ބޮޑަކު އެމްޑީއެންގެ މައްސަލަ ކުއްވެރިކުރާކަށް ނުކެރޭނެ.

 26. އަލީ އިބްރާހިމް

  ތިޔަ ކަމުގެ މުގުލުގައި ހުރީ ތި ޟީހހާ އެހެންވީމާ ނުކުރާނެ ރައްޔަތުން ނަށް ވަރަށް ސާފު

 27. މުހައްމަދު

  އަހަރެން ހައިރާން ވަނީ ލާދީނީ ނަޝީދު ފަހަތުގަ ތިބި މީހުންނަށް މީ ނަގެ މަގްސަދް ނޭނގޭތީ ހިތާމަކުރަން

 28. ތަރުޖަމާނު

  އެރިޕޯޓު ކުށްވެރިކޮށް އެއްޗެއް ބުނުމެކޭ އޭނަ އަމިއްލަ ނަފުސަށް ބެވުމަކީ ކޮބާ ތަފާތަކީ އެހެންވީމަ އެއްޗެއް ނުކިޔާނެނުން، ރިޕޯޓް ނެރުމުގެ މުގުލުގައި ހުންނާނީ ތިކަލޭގެ

 29. ނަމަ

  ނަޝީދ ދު އަށް މާކަމު ދާ ރިޕޯޓަކީ ކަންނޭގެ އެންނު އެހެން ނޫނަސް ޗައިނާ އިން ނެރުނު ރިޕޯޓެއް ނަމަތާ ދޯ