އިސްލާމިކް މިނިސްޓްރީއަށް އަތްގަދަ ކޮށް ނުފޫޒު ފޯރުވަނީ އަދާލަތު ޕާޓީ އިން ކަމަށް މޯލްޑިވިސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރު އަދު އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއީލް ބުނެފިއެވެ.

ބޭރުގެ ޓީވީ ޝޯވ އަކަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނީ އަދާލަތު ޕާޓީއަކީ އިސްލާމިކް މިނިސްޓްރީއަށް ބާރު ހިންގޭނެ ޕާޓިއަކަށް ނުވިކަމުގައި ވީނަމަވެސް އެ ޕާޓީއިން އިސްލާމިކް މިނިސްޓްރީއަށް ނުފޫޒު ފޯރުވާކަމަށެވެ. އަދި ޝަހިންދާ ވަނީ އަދާލަތު ޕާޓީއަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ ޕާޓީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ އެފަދަ ފަރާތްތަކަށް ފުރިހަމަ ބާރާއެކު ރާއްޖޭގައި އުޅެވެން އޮތްކަމަށާއި އެފަދަ ޖަމިއްޔާ ތަކާއި ގުރޫޕުުތަކަކީ ވަރަށް ހިންގުތެރިކަމާއެކު ބަޔަކު އެކަމަށް ހަރަދުކޮށްގެން ހިންގާ ބައެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝަހިންދާ ބުނެފައި ވަނީ ދީނީ ހަރުކަށި ވިސްނުންތަކުން ރާއްޖޭގެ ރައްޔިތުންގެ ވިސްނުންތަކާ އެންމެ ފުރަތަމަ ކުޅެފައިވަނީ 2004 ވަނަ އަހަރު ހިނގި ސުނާމީގެ ކާރިސާއަށް ފަހުގައި ކަމަށެވެ. އަދި އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައްޔިތުންގެ ސިކުނޑިއަށް ދީނީ ބިރުވެރިކަން ވައްދާފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރާއްޖޭގައި ހައްދުފަހަނައަޅައިފައިވާ ވިސްނުންތަކާ ގުޅޭގޮތުން އެމްޑީއެން އިން ނެރެފައިވާ ދިރާސާ ރިޕޯޓެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައިފައިވާތީ ގިނަ ބަޔަކު އަންނަނީ ޝަރިންދާ އާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޖާވިން

    ފާޅުގައި އިސްލާމް ދީނަށް ހަޖޫޖަހާ، އިހާނެތިކޮށްހިތަމުން ތިޔަ ދަނީ ކީއްވެތޯ؟ ދީނަށް ފުރައްސާރަކުރުމުން ދިވެހިންގެ ލޭ ކެކޭނެ. އަދި މަޑަކުން ނުތިބޭނެ.
    ސަރުކާރަށް ގޮވާލަން މިހާރުން މިހާރަށް ސަހިނދާ ހައްޔަރުކޮށް އެމް.ޑީ.އެން އުވާލަން.

    238
    • ޒަކް

      ..ޝަހިންދާ އެކޯލަ!!! ތިޔައީ ފެންހިންދާ. ވޯޓު ހޯދާ ވެރިކަން ހޯދަންވީމަ އަދާލަތާ ސޭޓާ ފެންނާނެ އެވަރެއް ނެތިގެން އުޅޭނީ.. ވެރިކަން ލިބުނީމަ އެއަށްވުރެއް ނުބައި ބަޔަކު ނެތް

  2. ޙުސަައިން

    ޢިސްލާމިކް މިނިސްޓްރީއަކީ ބޯގަންވިލާ ސޮލެޓެތޯ

    85
  3. މާމީ

    މީނާ ހައްޔަރު ކުރާކަށް ނުވޭތޯ؟

    231
  4. މުހައްމދު

    މީނައަށް ކޮންތާކުން ބާރު ލިބިގެން މިއުލހެނީ

    100
    • ކިޔާ

      ޝައިތާނާއާއި އޭނަގެ ވަފާތެރި ކެހިވެރިން..އެކަލޭގެ މިހާރު ހުންނާނީ އުފަލުން ފޮޅިފަ. ޢެއީ އޭނަގެ ޕްލޭނަކީ އިންސާނުންގެތެރެއިން ގިނަ ބަޔަކު ނަރަކައަށް އޭނާއާއި އެކު ގެންދިއުން..ޝަހިންދާ ނިކަންހޭ އަރާބަލަ..ތިބެދެނީ ކެހިވެރިކަމުގެ މަޅިއެއްގަ..

      68
  5. ކިންގްފިޝަރ

    ކިތަންމެ ގިނަ ހާސަރުތަކެއް ދެމިއަސް މިފަހަރު ތިޔަކަމެއް ނުކުރާކަމަކަށް ނުހެދޭނެ. ދެދުވަހު ދެގޮތަށް ވާހަކަތައް ފެތުރުން ހުއްޓާލާ. ކަލޭމެނާ ދެކޮޅަށް ކަމެއް ހިނގަންޏާ އެކަމެއް ކުރާ ބަޔަކީ ގޮސް އަދި ކުށްވެރިންތަ؟ މަގޭ ދީނާ މަގޭ ޤައުމާ ނުކުޅެއްޗޭ....

    60
  6. ގުއި ޗޮންހެއި

    މި ދިވެހި ގައުމަށް ސަހިންދާ ކިޔާ ދަތްޖާލެއް ފާޅުވެއްޖެ

    72
  7. ާަާމަ

    ޝަރިންދާއަށް ނުފޫޒު ފޯރުވަނީ ކޮންބައެއް. ގައިމު ވަރުގަދަ ބައެއްތާ އެއީ!

    60
  8. ގަލޮޅު މީހާ

    އޭ މިހިރަ މީހާ ހަމައިގަ ހުރޭ!!!

    54
  9. ނަން ނޭންގޭ

    ޙައްދު ފަހަނައަޅާފައިވާ ޝަހިންދާ ހައްޔަރު ކުރުމަށް ގޮވާލަން. މިކަން ކުށްވެރިކުރަން.

    61
  10. ބްރޯ

    ޕަރިންދާ ، އާރ ޔޫ މޭޑް؟!؟!

    38
  11. 1111

    އަދިވެސް އެހެން މީހުން ކުށްވެރި ކުރެވޭތީ އެއުޅެނީ. !ތިހެންވިއްޔާ އެމްޑީ އެން ގެ ސެކިއުލަރ ފިކުރަކީ ކޮންބަޔަކު އަތްގަދަކޮށްގެން އައިސްގެން އުޅޭއެއްޗެއް!!

    47
  12. މަކަރޭ

    ފަލަސްތީނުގެ މުސްލިމުންގެ ލޭބޮއި އެބައި މީހުންގެ ހައްގުތަކަށް އަރައިގަނެފައިވާ ޔަހޫދީން އަދި އެމީހުން ކޮންޓްރޯލްކުރާ ކާފަރު ދައުލަތްތަކުން ސިކުންޑި ދޮވެ މޮޔަހައްލައި ޕަޕެޓަކަށްހަދައިފަ ރާއްޖެއައް ފާކޮށްފަވާ މުސީބާތެއް މިހިރަ ގަމާރު ޝަހިންދާ އަކީ ހިތުން ތިމާވަރުގެ ވިސްނޭ މީހަކު ނެތިގެން އުޅޭ ޔަހޫދީ ޕަޕެޓަަަށް ކީއްވެތަ ޔަހޫދީ ޓެރަރިސްޓުން ލޮލަށް ނުފެންނަނީ

    40
  13. ރަގީބް

    އަންނި ވެރިކަމައް ދެން އައިސްފިއްޔާ މީނާ ހުންނާނީ މިނިސްޓަރީ އޮފް ރިލިޖަސް އެފެޔާޒުގެ މިނިސްޓަރަކައްކަމައް ލަފާ ކުރެވޭ.

    30
  14. ގަމު މީހާ

    ފުލުހުންނަށް ދަންނަވާލަން އޮތީ މިއީ ފިތުނަ އުފެދޭ ވާހަކަ އެއް ތޯއެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓު ފިތުނަ އުފެދޭ ރިޕޯޓަކަށް ނުވަނީތޯއެވެ.

    11
  15. ސައީދު

    ކަލޭ ކިހިނެއް ވެގެންތަ ތިއުޅެނީ! މި ގައުމު ފަސާދަކުރުމަށް

  16. ?

    mi dhaithage vaahaka kiyaa kiyaa mihaaru hodu lavaa?

  17. އެމްޑީއެން އުވާލާ

    އެމްޑީޕީ އިން އަތްބާބަނަނީ ޖުޑީޝަރީ އަށާއި ފުލުހަށާއި ސިފައިންނަށާއި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށް. ތިލާދީނީ ހަރަކާތްތައް ހުއްޓާލާކަށް ނުވޭތަ.

  18. Anonymous

    ޔާރައްބު.
    މުސްލިމުންގެ ނަމުގައިތިބެ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރަމުުންދާ އިނބަރަސްކަލާނގެ އަޅުތަކުންނަށް ހެޔޮވިސްނުން ދެއްވާ ހިދާޔަތު ދައްކަވައި ފާދޭވެ.

  19. ހަސަންބެ

    މިސަންތި މަރިޔަނބު ގޯންޏަށް ލާނެ ކުއްޖެއް ހަމަ މި އިސްލާމީ ފަސްގަނޑުގަ ނެތީބާ!!

  20. ވެރިން

    100% އިސްލާމީގައުމެއްގަ މިކަހަލަ ޖާހިލު އިސްލާމް ދީނަށް ފުރައްސާރަކުރާމީހުން މިނިވަންކަމާ އެއްކޮށް ކިހިނެއްހޭ އުޅެވެނީ

  21. ވެރިން

    މީނަ ހައްޔަރުކުރޭ

  22. ކާފަ

    ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ތިސައިތާނާ ހައްޔަރުކުރަން ގޮވާލަން

  23. ައާ

    އިސްލާމިކް މިނިސްޓްރީއަށް ބާރު ފޯރުވަނީ ދިވެހިރައްޔިތުން އެއީ ދިވެހިރައްޔިތުންގެ ކަންތައްތައް ބަލަހައްޓަން އުފައްދަވާފައިވާ މިނިސްޓްރީއެއް