އަނިޔާ ކުރުމަށްފަހު އެއްލައިލާފައި އޮތް މީހަކު އައްޑޫ ސިޓީ ހުޅުދޫ އިން ފެނިއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއްޔާ ޒާހިރުގެ އަމިއްލަފުޅު ވަޓްސްއެޕް ގްރޫޕަށް ފުލުހުން ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެ މީހާ ފެނިފައި ވަނީ މިރޭ 19:00 ހާއިރު ހުޅުދޫ ފްލެޓު ސަރަހައްދުން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެހާއިރު ހުޅުދޫ ފްލެޓު ސަރަހައްދުން ޒަހަމް ތަަކަކާއި އެކު މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބިފައިވާ މީހާގެ ބޮލުގައި އެއްޗަކުން ޖަހައި، ބޯ ފަޅާލުމުގެ އިތުރުން ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހާ އަށް ހުޅުދޫ ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން އަންނައިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލާގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝަންމޫން އިބުރޭ

    ތިއޮތީވާ ވަރައް މޮޅު ކަމެއްތާ ..ތިއީ އައްޑު އަތޮޅުގައި އާންމުކަމެއް އެހެންވެ ތިތަންތަން ތަރައްގީވެސް ނުވަނީ..

    47
    16
  2. ޝަންމޫން ގަމާރާ

    މާލޭގަ އެއްވެސް މާރާމާރީ އެއް ނުހިނގާތީ މާލެއަށް މިހާ ކަންތައް މިކޮށްދެނީ

    23
    8
  3. އައްލާ

    އައްޑޫގައި ވެރިއަކަށް ހުރި ފުލުސް މީހާ ކަޑަކަމުން ވާ ކަމެއް އޭނަ އުޅެނީ ކާރުކޮޅުގައި އެހެން ކަމެއް ކުރަން ތަނުގެ މަޞްލަހަތު ނެތް ފުލުހުންގެ މޯޓިވެއެއް ނެތް

    23
    1
  4. ޜަޒީ

    އައްޑޫގައި އެއްވެސް އަމާން ކަމެއް ނެތް އެބަޔަކު އުޅޭނެ ގޮތަކަށް އުޅެނީ މަގުމަތީ ސައިކަލް ދުއްވަނީ އެހާ ބާރަށް މާރާމާޜީ ހިންގަނީ މީހުންނަށް އަނިޔާކޮށް އުކަނީ ވެރިމީހާ ކާރުގައި އެހެންކަމަކު ތެޅިފޮޅެނީ ފުލުހުން ކޮރަޕްޓްވެ ތަން އެއްކޮށް ހަލާކުވެފައި އައްޑޫ ޕޮލިސް ސްޓޭޝަންތައް ވާވެފައި ބޮޑުމީހާ މަރަދޫތެރޭގައި ފޭދޫ ފަސްގަޑުގައި ރޭގަޑު ކާރުގައި ކުރާކަމެއް ނޭގޭ އެފަދަ މީސްމީހުން އައްޑޫ ގައި ކުރަނީ އެހެން ކަމެއް ނުކުޅެދޭ ޕޮލިސް ވަރަށް ސަލާމް

    15
  5. އައި ވިޓްނެސް

    ކީއްވެ ހައްޔަރު ނުކޮށްގެން އުޅެނީ؟ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އިނގޭ ކޮން ބައެއްކަން އެކަން ކުރީ. އަނިޔާ ލިބުނު މީހާ އެބަ ބުނޭ މިވެނި ބައެކޭ. ކޯޓް އަމުރެއް މިހާރު ބޭނުމެއް ނުވާނެ ތޯއްޗެ މިކަހަލަ މައްސަލަތަކަށް. ޓެރަރިޒަމް ގާނޫނު ބުނަނީ ކޯޓް އަމުރެއް ނެތިވެސް ހައްޔަރު ކުރެވޭނެއޭ.

    13
  6. ކޮަން ރައީސެއް؟

    އައްޑޫގައި ނެތް އެއްވެސް ގާނޫނެއް ގަވައިދެއް. ނާތަހުޒީބު ކަމުން ސައިކަލު އެއްޗެހިވެސް ޕާކު ކޮއްފައި ހުރޭ މީހުން ހިނގަން ހަދާފަ ހުންނަ ޕޭވްމަންޓް މަތީގައި. ފުލުހުންގެ މުއައްސަސާ ފެއިލް ވެއްޖެ. ކައުންސިލަރުން ވެސް ފެއިލް.

    11
    2