މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ކުށްވެރި ކުރި ފުރަތަމަ ކައުންސިލަކަށް ގއ. ގެމަނަފުށީ ކައުންސިލް ވެއްޖެއެވެ.

އެރަށު ކައުންސިލުން އެމްޑީއެންގެ އަމަލު ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިޕޯޓުގައި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ އިތުރުން، ކީރިތި ޤުރުއާނުގައިވާ ކަންކަމަށްވެސް ކަނޑައެޅިގެން އިންކާރު ކޮށްފައި ވާތީ މިއީ އެ ޖަމިއްޔާ އިން ހިންގި ފަސާދައިގެ އަމަލެއް ކަމަށާއި، އަދި މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެ އިތުރުން، އެ ކައުންސިލުން ވަނީ ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމިއްޔާތައް ހިންގުމަކީ މަނާ ކަމަކަށް ވީ ހިނދު، އެ ޖަމިއްޔާގެ އިސް ފަރާތްތަކާއި، އެ ޖަމިއްޔާ އަށް ވަގުތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

ގެމަނަފުށީ އެންމެހައި ރައްޔިތުންގެ ނަމުގައި ނެރުނު މި ބަޔާނުގައި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވާއިރު، އެހެން ކައުންސިލް ތަކުންވެސް މިހާރު ވަނީ މި އަމަލު ކުށްވެރި ކުރަން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޚާފަ

  ސާބަހޭ..

  17
 2. ކިންގްފިޝަރ

  އުއްމީދުކުރަން މިފަދަ ކަންކަމުގައި ފަރުދީ އަދި ޖަމާޢީކޮށް ޙައްޤުބަސް ބުނާނެކަމަށް. ސާބަސް ގެމަނަފުށި ކައުންސިލް.

  21
 3. އިބްރާ

  ކައުންސިލްތަކުން ހަމައެކަނި ކުއްވެރިކުރަންވީއެއްނޫން ޖުރިއަށްއޮތްތާ އެމްޑީއެން ބޮއިކޮޓްޖުރަންވީ

  17
 4. Anonymous

  ސާބަހޭ ދަރިންނޭ .ދީނަށްފުރައްސާރަ ކުރާއިރު ޙައްޤުބަސް އިއްވައ

  11
 5. މާމަ

  ސާބަހޭ ދަރިފުޅުމެންނަށް ނަމޫނާ ކައުންސިލެއް
  ދީނާ ކުޅެންޏާ ލޭކެކޭނެ ސޯލިހު މީހުން މަޑުން ތިއްބަސް .ނަމަނަމަ ކައުންސިލް އިންތިޙާބު އެމްޑީޕީއަށް ކާމިޔާބު ވިޔަނުދޭތި އޭ ދީނާ ދެކޮޅަށް ލެވޭ ވޯޓެއް

  15
 6. Anonymous

  ތިބާއައް ހެޔޮ ރަހްމަތް ލައްވަވާށި. މުސްލިމުންގެ ހިތްތަކުގައި ޙީރަތްތެރިކަން އެބަވޭ. ﷲ އަށާއި ނަބިއްޔާއައް އަދި މިދީނައް ލޯބި އެބަހުރި.

 7. ރައްޔިތު މީހާ

  ސާބަހޭ ގެމަފުށީ ކައުންސިލަރުންނަށް. މަގާމަށް އަންނަ ޕްރެޝަރަކަށް ބަލާނެ ކަމެއް ނެތް.

 8. މޭޔަރު

  ޔަޤީން އައްޑޫސިޓީ ކައުންސިލަށް ތިރިޕޯޓް ނެރުނުފަރާތް ކުއްވެރިކޮށް އެއްޗެއް ބުނަން ނުކުރޭނެކަން

 9. ލައިބުރަރީ

  ކައުންސިލްގަ ގަޓުހުރިކަން ދައްކުވައިދީފި. އެގެނީކިޔާހާ ލަވައެއްރަގަޅުނުވާނެކަން. (އައްސަރިބަހާސާބަސް)

 10. ދެފުއްމިޔަ

  ދީނާމަގެޤައުމާއަދިއަމްނާނުކުޅެއްޗޭ
  ތާރީޚުބަލާއެގިތިޣައްދާރު ނުވައްޗޭ ތިޔަބުނީ.
  ސާބަސްޙައްޤުވާކައުންސިލަކިތިއީ!

 11. ބަޑިއެދުރު

  ތިޔަކައުން އިސްވެތިޔަދެއްވީ ބަލިވެ އެދުމަތީގަ
  ތިބިމީހުންނަށްވެސް ވަރުގަދަ ފަރުވާއެއް. ތިގޮތައް
  ދިވެހިންތިބެންވާނީ. (ޝުކުރިއްޔާ) މާތްﷲތަފަދަ ހެޔޮވިސްނުންދެއްވާ ކެރޭބައަކުކަމުގައިލަހަައްޓަވާށި.