އެމްއެންޑީއެފްގެ ޓްރޭނިންގް ހަދަމުން ދަނިކޮށް މިއަދު ކުއްލިގޮތަކަށް ނިޔާވި ސިފައިންގެ ސްޓާފްސާޖެންޓް، އަލީ ރިޔާޒް ރަސްމީ އިއްޒަތުގައި ވަޅުލައިފިއެވެ.

ރިޔާޒްގެ ޖަނާޒާ ބާއްވާފައިވަނީ މިރޭ އިޝާ ނަމާދަށް ފަހުއެވެ. މި ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، ސިފައިންގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ސާޖަންޓް ޢަލީ ރިޔާޒްގެ ޖަނާޒާގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ ރިޔާޒް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި، "ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން" ވެއްޓުމާއި ގުޅިގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަލީ ރިޔާޒް ނިޔާވީ އިމަޖެންސީގައި މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޢަލީ ރިޔާޒް ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ވެސް ޖަހާފައެވެ. އަލީ ރިޔާޒްގެ ހާލު ގޯސްވީ އެއަށްފަހު އެނބުރި ގިރިފުއްޓަށް ގޮސް ހުއްޓައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސާޖަންޓް ޢަލީ ރިޔާޒްގެ ކަށުނަމާދު ކުރުން - ފޮޓޯ: އެމްއެންޑީއެފް

އަލީ ރިޔާޒަކީ، އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ދ. ކުޑަހުވަދޫއަށް އުފަން ސްޓާފް ސާޖަންޓް ރިޔާޒް ސިފައިންގެ ޚިދުމަތާ ގުޅިލައްވާފައި ވަނީ 2003 ފެބްރުވަރީ 18 ވަނަ ދުވަހުގައެވެ.

ސިފައިންގެ ޚިދުމަތުގައި ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ހޭދަކުރެއްވި 16 އަހަރާއި 7 މަހާއި 17 ދުވަހުގެ ތެރޭގައި، މިނިވަން ފަންސާހުގެ މެޑަލް، ސާރކް ސަމިޓް މެޑަލް، ސިފައިންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ އާއި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ވެސް ވަނީ ލިބިފައެވެ.

ޓްރޭނިންގް ހަދަމުން ދަނިކޮށް ނިޔާވި ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް - ފޮޓޯ: އެމްއެންޑީއެފް

ސާޖަންޓް ޢަލީ ރިޔާޒަކީ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުތަކުގައި ސިފައިން ތަމްރީނު ކުރުމުގައި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާ މުދައްރިބެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިންގްފިޝަރ

    މަރުހޫމަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

    168
    2
    • ައަޙްމަދު

      އާމީން ، ޔާރައްބަލް ޢާލަމީން.

      24
      1
  2. Ibrahim Mohamed

    ސުވަރުގެ މިންވަރު ކުރައްވާށި..!

    33
    1
  3. އަލީ

    މަރުހޫމަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

    32
  4. ހަލީމު

    މަރުހޫމާޔަށް ސުވަރުގޭގެ ދާއިމީނިޔުމަތްދެއްވާންފާންދޭއެވެ. އާމީން

    9
    2
  5. މުޙައްމަދު

    މަރުހޫމާޔަށް ސުވަރުގޭގެ ދާއިމީނިޔުމަތްދެއްވާންފާންދޭއެވެ. އާމީން

    12