ދިރާސާގެ ނަމުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓް އެ ޖަމިއްޔާގެ ވެބްސައިޓުގައި އާންމުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކަން ހާމަވެއްޖެއެވެ.
ވެބްސައިޓުތަކުން އާންމުކުރާ ހުރިހާ މައުލޫމާތުތައް އާކައިވްކުރާ ވެބްސައިޓުތަކުން ހާމަވެފައިވާ ގޮތުގައި "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް"ގެ ނަމުގައި އެންޑީއެމްގެ ވެބްސައިޓުގައި އެންމެ ފުރަތަމަ ވެސް ރިޕޯޓެއް ޝާއިއުކޮށްފައި ވަނީ މީގެ ހަތް މަސް ކުރިން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އާކައިވްކުރާ ވެބްސައިޓުތަކުން އެނގޭ ގޮތުގައި 2016 ވަނަ އަހަރު އެންޑީއެމްގެ ވެބްސައިޓުގައި ޝާޢިއުކޮށްފައި ވަނީ، މިއަހަރު އެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ދިގު ރިޕޯޓުގެ ޚުލާސާއެކެވެ. "ލަވް ފޯރ އިސްލާމް ވަރސަސް ހޮލީ ވޯރ"ގެ ނަމުގައި އޭރު ޝާޢިއުކުރި ރިޕޯޓުގައި ހިމެނެނީ، "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓުން ބައެއްކަން ހާމަވެއެވެ.
އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓު ޝާޢިއުކޮށްފައި ވަނީ މިއަހަރުގައި ކަން ހާމަވެފައި މިވަނީ، މި ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު އެއީ މީގެ ދެ އަހަރު ކުރީން ނެރެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ލިޔުމެއް ކަމަށް އެންޑީއެމް ޖަމިއްޔާގެ ފަރާތުން ބުނެފައި ވަނިކޮށެވެ. ނަމަވެސް އާކައިވްކުރާ ވެބްސައިޓުތަކުން ހާމަވާ މައުލޫމާތުން އެއީ ދޮގެއްކަން ވަނީ ފަޅާއަރާފައެވެ.
އެންޑީއެމް އުފެއްދުމުގައި އިސްކޮށް އުޅުނު، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، އައިޝަތު ޝަހިންދާ ބުނެފައިވަނީ، މި މައްސަލަ ތިލަކުރަމުން ދަނީ، ދާދިފަހުން ފާސްކުރި ޓެރެރިޒަމްގެ ޤާނޫނާއި ގުޅިގެން އެކަމާއި ކަންބޮޑުވާ ފަރާތްތަކުން ކަމަށެވެ.
ދެބޯ ގެރި ނުދުއްވާ. މަޢާފަށްއެދޭ.
މަޢާފައްއެދުނަސް ދެންމަޢާފުދިނުމެއްނެތް
އެހެން ވި އްޔާ ތީގެ އަސްލު ޑޭޓެ އް ނުވެސް ހަ އްދުވާ! ތީ ހަމަ އިއްޔެ ނެރުނު އެޗެ އް
މިސަރުކާރާ އިންޑިޔާ އަޑީގަ އޮވެގެން ކުޅޭ ނުބައި ގޭމެއް. ކުޑަ މިނުން ރައީސަށް ނުކެރުން ކަންބޮޑުވުން ފާޅުކޮށްލަންވެސް.
ކޮބާ މިއޮތީީ މަކަރުވެރި ޝަހިންދާ ބޭޒާރުވެފަ
ނޫނޭ! ތިޔައީ ޔާމީންގެ އިހުމާލުން ވީކަމެއް! އެންވެ ތިޔަ އެމްޑީއެމްގެ އިސްފަރާތްތައް ރައީސް އޮފީހުގެ މަގާމު ތަކުގައި އެތިބީ! ދެބޯގެރި ދުއްވަނީ ކޮން ބައެއްކަން މިހާރު ދިވެހި ރައްޔިތުން އަށް އެނގޭ!
މިނިސްޓަރ މަހުލޫފުގެ ޒިންމާ އެއް އެޖަމުއިއްޔާ އާއި މެދު ފިޔަވަލު އެޅުން ތިޔަ ގޮތަށް ބޮލު ރޮދި ކެނޑިގެން އުޅުނު ޓްރާންސް ޕޭރަންސީ ވެސް 2013 ގައި ވަހީދު ސަރުކާރުއިރުގައި ހޯމް މިނިސްޓްރީއަށް ހާޒިރު ކޮށް އިންޒާރު ދިނުމުން މައިތިރި ވި އަނެއްކާ އެމީހުން އަގަފެޅީ މިސަރުކާރު އައުމުން މިހާރު ސަރުކާރުން އެއް ވެސް ގޯސް ކަމެއް ނުކުރޭ އެމީހުންގެ މީހުން ރައީސް އޮފީހުގައި ވެސް އުޅެނީ މުޅި ގައުމު ހިސޯރުކޮށްގެން .... އެމީހުންގ ޚިޔާލަށޯ އެކްޝަން ޕްލޭން ހެދީވެސް ހެ ހެ ކޮބައިތަ ... މިހާރު މަޖިލިހުން ގާނޫނާ ޚިލާފަށް އިންފޮމޭޝަން ކޮމިޝަރަކު އައްޔަނު ނުކުރާ މައްސަލާގައި ޗުއްޕުވެސް ނުބުނޭ ރައްޔިތުްންގެ ހައްގު ގެއްލެނީ މައްސަލަ ނުބެލި ދިގުލާނީ މީހުންގ ހައްގު ގެއްލެނީ ...
ލާދީނީވިޔަސް މީބޯދުވަރު ތައުބާވެ އިސްލާހު ވުން ނޫންގޮތެއްނެއް
ވީޓީވީން މިހާރުވެސް ގޮވަނީ 2016 ގައޭ ރިޕޯރޓް ނެރުނީ.