ކަޝްމީރުގެ މައްސަލައިގައި 57 އިސްލާމީ ޤައުމެއްގެ ނިންމުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ގޮންޖައްސަވައިފިއެވެ.
ކަޝްމީރުގެ މައްސަލައިގައި އ.ދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި، ކަޝްމީރަށް އިންޑިއާއިން އަޅާފައިވާ ދަތިކުރުންތައް، 57 އިސްލާމީ ޤައުމު ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުއްވެރިކޮށްފައި ވަނިކޮށް ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖެއަށް މި މައްސަލައިގައި އޯއައިސީ އާއި އެއްކޮޅަށް އެރެން ނެތްކަމަށެވެ.
އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އަށްގެނައި އިސްލާހަށް ތާޢީދުކުރައްވައި، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އޯއައިސީގެ ގިނަ ޤައުމުތަކަކީ ޑިމޮކްރެސީގެ ނިޒާމެއް އޮންނަ ޤައުމުތަކެއް ނޫން ކަމުގައެވެ.
އިންޑިއާ އިކޮނޮމިކް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އެޤައުމަށް މިހާރު ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު ދިއްލީއަށް ކުރެއްވި ޒިޔާރަތެއްގައި ނޫހަކަށް ދެއްވި މި އިންޓަވިއުގައި ވިދާޅުވީ، ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއް ކަމަށެވެ.
ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނު ހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.
ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.
ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ދެމުންދާ އަނިޔާތައް ދިފާއުކޮށް ތެދުވި ގައުމު ތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ނިންމުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުގެ ބާރު އިންޑިއާއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ޚާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް އިންޑިއާއިން ދަނީ ބުނަމުންނެވެ. މަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި، ހުރިހާ އިންތަކެއް ހުރަސްކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.
ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނާއި އިންޑިއާގެ ކޯޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، މި ހަމަނުޖެހުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މި ސަރަޙައްދުގެ މައްސަލައިގައި މީގެ ކުރިން އިންޑިއާ އާއި ޕާކިސްތާނުން ދެ ހަނގުރާމައެއްވެސް ކޮށްފައި ވެއެވެ.
މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ ސުލްޙަވެރި ޙައްލެއް ހޯދުމަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެން، އިމްރާން ޚާން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން މައްސަލައަށް ޙައްލެއް ހޯދައި އާފެށުމަކުން ފެށުމަށް، އިމްރާން ޚާން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މަޝްވަރާ ކުރެއްވުމުން އެކަމާއި އޭނާ ދެކޮޅު ހަދާފައިވާ ކަމަށް އިމްރާން ވަނީ ދާދިފަހުން އދ.ގައި ދެއްވި ތަޤުރީރުގައި ހާމަކުރައްވާފައެވެ.
އިމްރާން ޚާން ވިދާޅުވީ، އޭގެ ފަހުން ޕާކިސްތާނަށް ހަމަލާ ދިނުމަށް އިންޑިއާގެ އަސްކަރީ ޖެޓުތައް އެޤައުމަށް ފޮނުވުމުންވެސް އެ ޖެޓު ވައްޓާލުމަށްފަހު ހައްޔަރު ކުރި ޕައިލެޓް މިނިވަންކޮށް އަނބުރާ ޤައުމަށް ފޮނުވާލީ، ޕާކިސްތާނުން ބޭނުންވަނީ ސުލްޙައިގެ މަގެއް ހޯދުން ކަމަށްވާތީ ކަމަށެވެ. ނަމަވެސް އިންޑިއާއިން ބޭނުންވަނީ އެޤައުމުގެ އަނިޔާވެރި އަމަލުތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށް ކަމަށާއި، މިކަމުގެ ސަބަބުން ގެއްލުންތަކާއި ކުރިމަތިވަނީ ކުށެއްނެތް އެތައް ހާސް ރައްޔިތުންނަށް ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.
ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ، މޯދީގެ ކެމްޕޭން ވައުދެކެވެ. މި ވައުދު ފުއްދުމަށް އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ، ފަލަސްތީނުގައި މުސްލިމުންނާއި ދެކޮޅަށް ލޭއޮހޮރުވުންތައް ހިންގަމުންދާ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތިއިީމިގައުމުގެހަލަާކު ތިސްރުބެޭރުކުރެޭ މިގަމުން
57 އިސްލާމީ ޤައުމުގެ ނިންމުމަށް ނަޝީދު ގޮންޖައްސަވައިފި
4 މިނެޓް ކުރިން ( އޮކްޓޯބަރ 5, 2019 )
ނަޝީދު އެމްޑީއެންގެ ރިޕޯޓު ކުށްވެރި އެއް ނުކުރެއްވި
3 ގަޑިއިރު ކުރިން ( އޮކްޓޯބަރ 5, 2019 )
ކިހާވަރަކުންތަ މީއްޗަކު ކާފަރަކަށް ވަނީ
ކަލޯ ލައިކް ދެވިދާނެ ކާފަރެކޭ ގައްދާރަކޭ ޓެރަރިސްޓެކޭ ލާދީނީ ނަސީދޭކިޔާގެން އެކަމަކު ނަސީދު އިންތިހާބަކަށް ކުރިމަތިލާފިއްޔާ މިގައުމުގާތިބި މުސްލިމުން އޭނާޔާހެދި ހޭބަލިވަނީ 1ވަނާގަ ލާދީނީ ނަސީދު ކިރިޔާވެސް ގާތަށް އާދެވޭމީހާ ދެމެދު 1000 ވޯޓް ތަފާތު މީތި ކަޑައޭ ބުރޯ އަމަލުން ތިކަން ފެންނަން ޖެހޭ ދިވެހިންނަކީ ހަމަ ގުބޯ
ތި ޖައްބާރު ޖިންނި ކިބައިން މިގައުމް ސަލާމަތް ކުރައްވާށި
ނަޝީދު ކިޔާ އެއްޗިހިން ލަދު ގަނޭ! ދިވެހިން ތިބީ ކަޝްމީރާއެކުގައި. އެއީ ދާޙިލީ ކަމެއް ނޫން!
ކޮން ޑިމޮކްރަސީއެއްތަ؟ ޢެހެން ނަމެއްކިޔަސް އެއީ އަިސްލާމްދީނާއި ދެކޮޅަށްހިންގާ ޖަރީމާއެއް.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަންނިއާއި އޭނަގެ ފިކުރަށް ތާއިދުކުރާ ފަރާތްތަކުން އަޅަމެން މުސްލިމުންނަށް ނަސްރާއި ކާމިޔާބުދެއްވާންދޭވެ. އަދި އިސްލާމްދީނުގެ އަދުއްވުންނަށް ނާކާމިޔާބު މިންވަރުކުރައްވާންދޭވެ.
ބޮޑު ކަމެއް...... ދި ޑިސިޝަން އޮފް ނަޝީދު އިޒް ނޮޓް އަވަސް
މީނާމިގައުމުން ބޭރުކުރޭ
މީނައަކީ އިންޑިއާގެ ރައްޔިތެއްތަ؟މަށަށް ޝައްކު
މަޖާކަމަކީ އެމްޑީޕީއާޢި ނަޝީދުއާއި ދިވެހިން ދެކޮޅުކަމަށް މީޑިޔާތަކުގަ ލިޔާތީ.. ދެން އެމީހުންނަށް ވޯޓްދިނީ ބަންގާޅިންތާ...ދޯ
ކޮބާ ބާކީ ތިބި ފަސް ލަ އްކަ މީސްތަކުންގެ ނިންމުން؟؟؟؟؟؟ އަމި އްލައަށް ކަންކަން ނުނިންމާ. ކަޝްމީރާ އެ އްކޮޅަށް ދިވެހި ރާ އްޖޭގެ ހުރިހާ ރަ އްޔިތުން ވެސް އެބަތިބި. އެ އީ ވެސް އަހަރެމެން ފަދަ މުސްލިމުން.
މި ސަރުކާރުގ މުޅިނވެސް ތިބީ ތިކަހަލަ މީހުން. އޭސީސީ ގެރައީސަކަށް އިހަށް ދުވަހު އެލީ ކާކު ތޯ ބަލާބަލަ. ހަމަ އެކައްޗެއް ތި އެމްޑީއެން އާ ޓްރާންސްޕޭރެންސީއަކީ. އެއް މަޤްޞަދެއްގަ އުޅޭ ބައެއް...
"ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވި ޝިއުނާ ކުރިން މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށެވެ."
އިންޑިއާއަށް ވިކިފަ ހުރި އެއްޗެއްމީ..
އިސްލާމް ދީނުގެ ހިމާޔަތުގައި އެންމެން ނިކުންނަމާ!
އެއެއްޗެއްގެ އެތެރޭގައިހުރި އެއްޗަކުން
ބޭރަށްނުކުންނާނެ
ތިޔައީޝައިތާނީ ނަސްލަށް އުޅޭމީހެއް
ބިރަކާނުލާމަޖާކުރާ މީހެއް އަދިއިސްލާމް
ދީން ދުނިޔެއިން ފުހެލުމަށްމަސައްކަތްކުރާ
އެޖެންޓެއް
ރާ އްޖޭގެ.ވެރިޔަކަށް ރަށްޔިތުން ބޭނުންވަނީ ބޮޑުކާފަރެ އް 2023ވަނަ އަހަރު ވެރިކަން ކުރާނީ ނަސީދު މަ އްސަލަ އެށް ނެތެ އްނު
އަންނި މިގައުމުން ބޭރުކުރަންޖެހޭ.
މިއީ ކިހާބޮޑުވެއްޖެ ކަމެއްތަ ؟
ތަންކޮޅެއް ހޭޖެހޭ މީހަކު މިކަހަލަ ތަންތަނަށް ފޮނުވަން ވެއްޖެއެއްނުން ؟
ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދުގެ އިތުރުން ދެން އިތުރު ކޯޗެއްދީގެން ތިއުޅެނީ ؟
ތިޔަނަސީދަކީމިދިވެހއުންމަތުގެފިރުއައުނު އަދިއިސްލާމީއުންމަތައްޖެހިފާއޮތްބަލާމުސީބާތެއް
ޔާ ﷲ މިނުބައި މީހާގެ ނުބައިކަމުން ދިވެހިންނާއި އެންމެހާ މުސްލިމުން ރައްކާތެރި ކުތައްވާނދޭވެ. އާމީން.
މުޅިދުނިޔެޢާ ދެކޮޅު ހެދިޔަސް އެއއ އްކަމެ އްވެސް ތިމީހާ އަކަށް ނުވާނެ.
އިންޑިޔާއިން ނަޝީދު ގަތީ ވވވ ޗީޕްކޮށް
މީނާއަށް އެކަނިތަ ޑިމޮކޮރޮސީ މިއެގެނީ.
އަމިއްލައަށް ގައުމެއްހިންގަންނޭންގޭބަޔަކާއި މިކަންހަވާލުކުރީމަ ދެންވާނީމިހެން މިހާރުމިއީ އިންޑިޔާގެ އަވަށެއް އެހެންވެ މައިސަރުކާރު މަސައްކަތްކުރާނީ މައިސަރުކާރު ރުއްސަން
ކޮބާ ރާކަނި މަސް ކެވިއްޖެ ނު .... މިހާރު އޮޅިއްޖެ މިޤައުމުގައި ވެރިކަން ކުރަނީ ކާކު ކަން... ގޮނޑި ކޮށްކޮ ސަރުކާރު....
ހައްޖައްގޮސްް މިޝައިޠާނު ފަހަން ކޮންމެ މުސްލިމަކު އެބަޖެހޭ ހަތް ހިލަކޮޅު އެއްލާން!
ދެންވެސް މިކަހަލަ ދެފުއްދެގޮތް މީހުން ވެރިކަމަށް ގެންނާން މަސައްކަތް ނުކުރާތި!
މިމީހުންގެ ސަބަބުން ދަރިންގެ އަޤީދާ ބަލިކަށި ކޮއްލާ މުޅި އިސްލާމީ އުއްމަތަށް
މިކަމުން ގެއްލުންލިބޭ!
ތި އަންނި އަކީ މުސްލިމެކޭ ނުބުނެވޭނެ
57 އިސްލާމީ ޤައުމު ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުއްވެރިކޮށްފައި ވަނިކޮށް ނަޝީދު ވިދާޅުވެފައި ވަނީ، ރާއްޖެއަށް މި މައްސަލައިގައި އޯއައިސީ އާއި އެއްކޮޅަށް އެރެން ނެތްކަމަށެވެ. މޯދީ އާއި ޑީލް ހަދާ ނިންމާފަ އޮތީ. ގަންޖާ އަކީ އިންޑިއާ މޯދީގެ އަޅެއް. ގެރިމޯދީ ކޯފަވެދާނެއެއްނު ދޯ.
ނަޝީދުގެ ވާހަކަތައް ވަގުތު ނޫހުގައި ނުޖަހަބަލަ ކިހާ ދެރަކަމެއް އިސްލާމްދީންދެކެ ނުލާހިކު ބިރުގަންނަ ސޮރެއްވިއްޔާ
ތީބޮޑު ޖޯކަރެއް.
Free. Kashmir
މި ބީތާ މަޖުލީހުގެ ރައީސްކަމުން އިސްތިއުފާ ދޭން ރައްޔިތުން ޑިމާންޑުކުަންވީ
މީ މުޅިއިސްލާމިއުއްމަތައް ފާވެފަވާ ބޮޑު މުސީބާތެ ވޭންދެނިވިގޮތަކަށް އަވަހައް ހިއޕަވާފާނދޭވެ އާމީން
ކަލެއަކަށް ނުނިންމޭނެ މި ޤައުމުގެ ރައްޔަތުންގެ ނިންމުމެއް. ދިވެހިން ތިބޭނީ މުސްލިމުންނާއެކު. ގެރި މޯދީއާ އެކު ނުތިބޭނެ. ލާދީނީ ކިޔޭ ސަބަބު ތިޔައީ.