އިސްލާމްދީނާއި އިދިކޮޅު އަމަލުތަކާއި، އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަކީ، ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ މަސްއޫލިއްޔަތެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަޤީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމަކާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުން ފަދަ އިސްލާމް ދީނާއި އިދިކޮޅު ޢަމަލުތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ދީނާއި ޚިލާފު ރިޕޯޓާއި ގުޅޭގޮތުން މިރޭ ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، މިފަދަ އެހެން މައްސަލަތަކެކޭވެސް އެއްގޮތަށް މި މައްސަލަ އާއި ގުޅިގެން ވެސް ފުރިހަމަ ތަހުޤީޤެއް ހިންގައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"އަދި މި މައްސަލަ ތަޙްޤީޤްކުރަން ފެށުމަށްފަހު މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް އާމެދު މިފަދަ ޝަކުވާތަކެއް މި ސާވިސްއަށް ހުށަހެޅި ތަޙްޤީޤް ހިނދަމުންދާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށްވެސް ވާނީ ހިއްސާކުރެވިފައެވެ." ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.

އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ތުހުމަތު ކުރެވިއްޖެނަމަ ޤާނޫނީ ގޮތުން އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަކީ ކަމާއިބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން އެފަދަ އަމަލަކާއި ގުޅިގެން މުޖުތަމަޢުގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަލީބެ

  އެހެންނު ވާނީ ފުރަތަމަވެސް ފިޔަވަޅު އަޅާ ހައްޔަރުކުރަން ޖެހެނީ ސީޕީ ހަމީދަށްވީޔަ

  75
  1
 2. ޢަލީ އަޙުމަދު

  ކަމާ އެންމެ ގުޅުންހުރި މުއައްސަސާއަކީ ޕޮލިސް ސަރވިސް. ޑެން ކޮން ވާހަކައެއް. ޕީސީއަކީ ތިޔަ ރިޕޯޓްގެ އެއް މުޞައްނިފުކަން އަހަރެމެން ދަންނަން.

  56
 3. އަޙްމަދު

  ފުލުހުންނާ ގުޅުމެއް ނެތީތާ!

  46
 4. ށޮރީ

  ސާބަސް

  28
 5. ހައްގަށް ނަސްރުދީ

  ލާދީނީ ބައިގަނޑު ދައުލަތުގެ މަތީ ވަޒީފާތަކުން ބޭރު ނުކުރަނީސް މިމަސައްކަތް ހުއްޓާނުލުމަށް ދިވެހި މުސްލިމުންނަށް އިލްތިމާސްކުރަން.

  19
 6. ބުރޯ

  އިސްލާމްދީނުގައިވާގޮތުމެ މަތީން ސަރީއަތްމެދުވެރިކޮށް މުރުތައްދު ސާބިތުކޮށް އަލުންދީނަށް ވަނުމަށް ދެވޭ ފުރުސަރުދީ އެދިނުން ގަނބޫލުކޮށްފިނަމަ މައާފްދީ ގަބޫލު ނުކޮށްފިނަމަ ދީނުގާއޮތް ނިޔާ ސަރީއަތުންކަނޑައަޅަންޖެހޭނެ.

  37
 7. ހަދިޖާ

  މިހާރުގެ ފުލުހުންގެ ވެރިޔާ ހުރެގެން ފުލުސް އޮފީހުން މި މައްސަލައައް އިންސާފުވެރިތަހުގީގެއް ހިންގިދާނެކަމާމެދު ޝައްކު. އެހެނީ އެއީ އެ ޖަމާއަތުގެ ކުރީގެ އިސްވެރިޔަކައް ވާތީވެ. ވީމާ ކޮންފުލިކްޓު އޮފް އިންރެސްޓު އެބައޮތް.

  38
  2
 8. Anonymous

  މިވީހާ ތަނެއްގަ ނެތް ފިޔަވަޅެއް އެޅިފައެއް. ނުވެސް އަޅާނެ. ޜައްޔިތުން ނުކުމެ ފިޔަވަޅު އެޅުން އޮތީ

  37
  1
 9. ނަޖީބު އައްބާސް

  އަޅުގަނޑު ހިތައްއަރާ ތިމަންމެން މީ އިސުލާމުނޭ ބުނަމުން އެކަލާންގެ ހަރާމް ކުރެއްވި ބަނގުރަލާ އޫރުމަސް ވިއްކައިގެން ދިރިއުމުގެ ބޭނުތައް ފުއްދުމައްވުރެ ވަކިބޮޑު ފުރައްސާރަޔެއް ދިނައް ކުރެވޭނެ ބާއޭ

  22
  4
 10. ދަންސޫރަ

  ގ.ކެނެރީގެ މުހައްމަދު ނަސީދު ހައްޔަރު ނުކުރެވޭނެ ދީނާބެހޭތުން ނަފުރަތު އުފެދޭ ކިތަށް ވާހަކަ ދައްކަނީ ކަމެއްވޭތަ؟ ތީނިކަމެތިހާޔަށް ދައްކާބިރެއް މުއްސަދިނަށް ދޭހިއްވަރެއް

  14
 11. ހައްލު

  ކަމިޝަނަރ އޮފް ޕޮލިސް މަޤާމުން ވަކިކުރަންޖެހޭ. އޭނަހުރެގެން މި ފަދަ އެއްވެސް މައްސަލައެއް ނުބެލޭނެ.

  15
 12. ކުޑަބަޖަރާ

  ފިތުނަ ފަސާދަ އުފައްދާ މީހުނަ މެދު ފިޔަވަޅު އަޅާނެކަމަށް އެހެންވިއްޔާ ތިބުނަނީ ކީއްވެ. ފުލުހުންގެ ގާނޫނުގައި ފިތުނަ އުފައްދާ މީހުންނަށް ފިޔަވަޅުއަޅަން ލިޔެފައި އޮތީތަ؟ ތިޔަތާ ވެރިއަކަށް ތިޔަ ހަމީދު ހުރެގެން އެއްވެސް ފިޔަވަޅެއް ނާޅާނެ. އެއީވެސް ލާދީނީ މީހެއް.

  11
 13. ޑޮކުޓަރު

  ޑިމޮކުރަސީ ނެޓްވޯކުގެ އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮއްގެން ތަހުގީގު އެބަ ހިންގާތަ؟؟؟ ކީވެ ހައްޔަރު ނުކުރެވިގެން އުޅެނީ؟؟؟؟

 14. ނުގަވާއިދުން ވަން ހަމީދު

  ތިބުނާ ގުޅުންހުރި މުއައްސަސާތަކީ ކޮބާ.. މިގައުމުގަ ތިއިން މުއައްސާސާއެ އެބަހުރިބާ.. މުއްސަސާއިން ކީއްވެ ފިޔަވަޅު ނާޅާއިގެންމިއުޅެނީ.. ތިޔަ މުއައްސަސާއަށް ގާނޫނުން ލާޒިމުކުރަނީ ކޮންކަމެއްބާ.. ސްޓިކާޖަހާ ވެހިކަލްތަ ޓޯކް ކޮއްގެން ސަރުކާރަށް ލާރިހޯދަދިނުން އެކަނިތަ.. ދާހިލީ ކަންތައްތަކުގަ ފިޔަވަޅުއަޅާ އެފަދަކަންކަމުގަ ބަސްބުނެ ގާނޫނޫ ނަގަހައްޓަންއޮތީ ތަރިކަ މިނިސްޓްރީއަށްތަ.. ތިމާމެން ކެނުކުރަންވީމަ ބަހަނާދައްކަނީ.. އެހެންނޫންނަމަ ދެއިރު ދެދަޅައަށް ފުއްޖަހައިގެންއަރާތިބެ ވާހަކަ ކިޔާދޭނރ..

 15. އަޙްމަދު

  މީނައަށް މީނާ އަމިއްލަޔަކަށް ޙައްޔަރެއް ނުވަތަ ފިޔަވަޅުވެސް ނޭޅޭނެތާ!