ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ދީނާ ހިލާފު ރިޕޯޓެއް ނެރެފައި ނުވާކަމަށް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

މިއަދު ޕީޕީއެމް ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް ހުސެން ޝަރީޕް (މުންދު) ވިދާޅުވީ އެމްޑީއެން ގެ ފައުންޑަރު އަދި އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއީލް ދީނީ ގޮތުން ހަރުކަށި ވިސްނުން ރާއްޖޭގައި އޮތް މިންވަރާމެދު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ރިޕޯޓު ނެރެފައި ވަނީ 2016 ވަނަ އަހަރު ކަމަށް ބުނެފައި ވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އޭރު ޕީޕީއެމްގެ ސެކެއްޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދިޔަ މުންދު ވިދާޅުވީ އެފަދަ އެއްވެސް ރިޕޯޓެއް އެޖަމިއްޔާއިން ނެރެފައި ނުވާކަމަށެވެ. އަދި އެފަދަ ރިޕޯޓެއް ނެރުނު ނަމަ އެކަމަށް އެންމެ އެދެވޭ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު ހަމަ ޔަގީނުންވެސް އެފަދަ ރިޕޯޓެއް ނެރެފައެއް ނުވޭ. އެކަމު އެކަމަނާގެ ލެޕްޓޮޕު ކޮޅުގައިވާ އެއްޗެއް ސަރުކާރަށް ނުފެނިދާނެ ދެއްތޯ." މުންދު ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މީގެ އިތުރުން މުންދު ވިދާޅުވީ އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔަމުންދާ މައްސަަ މިހާރުން މިހާރަށް ބެލެން ޖެހޭނެ ކަމަށާއި އަދި ސަރުކާރުން އެ ޖަމިއްޔާ އުވާލަންވެސް ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން، އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މައްސަލައަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނުނަންގަވައި ހުންނެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ ސަރުކާރުން އެކަމާ މެދު އެދެވޭ ފިޔަވަޅެއް އަޅާ މަންޒަރު ނުފެންނަނީ އެމްޑީއެން އަކީ ފެށުނީއްސުރެ އެމްޑީޕީގެ ގޮތްޕެއް ކަމުގައި އޮތުމުން ކަމަށެވެ. ހުރިހާ ސަރުކާރެއްގައި ވެސް އެމްޑީއެން އިން މަސައްކަތް ކުރީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޖަމިއްޔާގައި ތިބީ ހައްތަހާވެސް ރައީސްގެ އާއިލާއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާއަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފައިނު މީހާ.

    އަޅުގަނޑުމެން ޕީ.ޕީ.އެމް ދެކެ ފަޚުރުވެރިވަނީ އެހެންވެގެން...

    48
    5
  2. ޏަަންނު

    2016 ގަ ވެރިކަމުގަ ތިބީ ކޮންބައެއްތައް

    6
    38
    • ދޮންބެ

      2016 ގަ ވެރިކަމުގަ ތިބީ ޕީޕީ އެމް ކަމާ، 2016 ގަ މޯލްޑިވިއަން ދީން މުގުރާ ނެޓްވޯރކް އިން ނެރުނީ 31 ސަފްޙާގެ ކުރު ރިޕޯރޓެއް ކަމާ، މިހާރު ނެރިގެން މިއުޅެނީ ވަރަށް ދިގު އަދި މުޅިން އެހެން ރިޕޯރޓެއް ކަން ނޭންގޭ މީހުން ކޮމެންޓް ނުކުރިއްޔާ ރަނގަޅުވާނީ.

      111
      4
    • އާނދޮގޭ

      2016ގަ އޮތީ ޔާމީނުގެ ވެރިކަން.. ދެން އޮތީ ކޮން ސުވާލެއް؟ ކުރޭ. ޖަވާބުތައް ހުރީ ތައްޔާރަށް. އެނގިދާނެތާ.

  3. ލާދީނީ ޕާޓީ ޑީޕީ

    އެއީ ދޮގެކޭ މި މޑޕ ލާދީނީން ހަދާ. ކުރީ ސަރުކާރުގަ ނެރުނީ މުޅިން އެހެން ރިޕޯޓެކޭ 31 ސޮފްހާގެ.

    114
    2
  4. ޙާއްޞަ

    ކޮންމެއިރަކު ލިޔުނަސް ތި ރިޕޯޓް ލިޔުނީ އެމް.ޑީ.އެން ގެ މީހުން. ޢެ އެންމެންންކީވެސް ލަާދީނީ އެމް.ޑީޕީ މީހުން. ކޮންމެ އިރަކު ކުރިޔަސް މުރުތައްދު ވެއްޖެއްޔާ ވާނީހަމަ މުރުތައްދު ވީކަމަށް. ދީނަށް ފުރަށްސާރަކޮށް ފިއްޔާ ވާނީ ފުރައްސާރަ ކުރީކަމަށް.!

    124
  5. ާައަސްލަމް

    މިސަރުކާ ގުޅިގެން ކުރާކަ މެއް ސާފު ވެއްޖެ.

    25
    1
  6. ފެންހިންދާ

    ތިކަން އެންމެނަށްވެސް އެނގޭ. ލާދީނީ ބައިގަނޑު ކުނަމެހިތަކަށްވެސް ތިކަން އެނގޭ. ކިޔާނެ އެއްޗެއް ނެތީމަ ދެން ބުނެލީ އެހެން. ރީލޯޑޭވެސް އަނގަ ކިރިޔާ ހުޅުވި ކަމެއް ނޭނގެ ބަނޑުހިންދާ ބަވާލީމަ ގަންނާކުރެއްވި ބިރުން އަވަހަށް އޭނަ އުފާވާނެ އެއްޗެއް ބުނެލަދިނީ.