އެމްޑީޕީގެ ސަރުކާރުން ޗައިނާ އާއިއެކު އެއްބަސްވުމަކަށް ނާންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ނޫހަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައީސް ކަމާއި ހަވާލުވުމަށް ފަހުވެސް ނިމިދިޔަ ސަރުކާރުގައި ޗައިނާ އާއި އެއްކޮށް ހެދިފައި ހުރި އެއްވެސް އެއްބަސްވުމެއް އުވާ ނުލާ ކަމަށާއި، އަދި ކުރިއަށް ގެންދިއުމަށް ނިންމާފައި ހުރި މަޝްރޫއުތައްވެސް އުވާލާފައި ނުވާ ކަމަށެވެ.
މީގެ އިތުރަށް ނަޝީދު ވިދާޅުވެފައި ވަނީ ޗައިނާ އާއި އެކު އިތުރު އެއްބަސްވުމަކަށް އެމްޑީޕީގެ ސަރުކާރެއްގެ ރާއްޖެ ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ރާއްޖެއިން ޗައިނާ އަށް ދަރާފައިވާ ފައިސާގެ އަދަދު ކުޑަކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެ ގައުމުން އިންފްލޭޓް ކޮށްފައިވާ ދަރަނީގެ އަދަދު ބަލައިނުގަނެވޭނޭ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ޗައިނާ އާއި އެކު ރާއްޖެ އިން ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓު މަޖިލީހުގެ ތެރެއިން ހުއްޓާލެވިދާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، ނަޝީދު ވަނީ ޗައިނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
ނަޝީދު އިންޑިއާގައި ޗައިނާ އާއި ބެހޭ ގޮތުން ދެއްކި ވާހަކަތައް ދޮގުކޮށް ޗައިނާ ސަފީރު ޓްވީޓުތަކެއްވެސް ވަނީ ކޮށްފައެވެ. ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ރާއްޖެ އަށް އެންމެ ފައިދާ ވާނީ ޗައިނާ އަދި އިންޑިއާ އާއިވެސް ގުޅުން ބޭއްވުން ކަމަށާއި ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް ވަންނަން އެއްވެސް އިރަކު މަސައްކަތް ނުކުރާ ކަމަށެވެ.
ސަފީރު މިހެން ވިދާޅުވީ ޗައިނާއިން އެގައުމުގެ ވިސްނުން ރާއްޖޭގައި ތަންފީޒު ކުރަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ. އެކަން ކުރަން ޗައިނާ އިން ބޭނުންވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނުތައް ބަދަލުކުރުމަށްފަހު އިދިކޮޅު ފަރާތްތައް ހައްޔަރުކޮށްގެން ކަމަށާއި، ރާއްޖެ ސިންގަލް ޕާޓީ ރޫލަކަށް ގެންދަން ޗައިނާއިން ބޭނުންވާނެ ކަމަށްވެސް ނަޝީދު ވަނީ އެ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. އަދި އެކަން ޔާމީން ވަރަށް ކާމިޔާބުކަމާއެކު ކުރެއްވި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވިއެވެ.
މިއީ ޒާތީވެގެން އުޅޭ މީހެއްތަ؟ ނޫނީ އިންޑިއާގެ ކާފަރު މޯޑީގެ އެޖެންޓުތަ؟ ކިހާ ބޮޑު ކަމެއް މިކަލޭގެއާ ހެދީ..
މިހާރު ދުނިޔޭގަ އޮތް އެންމެ ބިޔަ އިގްތިސޯދު އޮތް މީހުންނާ ނަޝީދު ކަ އިރިވާން ދެކޮޅު ހެދުމުން އޭނަ އެ އީ ކޮންބޭނުމެ އްގަ އުޅޭ މީހެ އްކަން ވަރަށް ސާފް
ނަޝީދަކީ ރާ އްޖޭގެ ރަ އްޔިތުންނަށް ފާޅުވެފަ އި ހުރި ބޮޑު މުޞީބާތެ އް
ކަލެޔަކަށް ނޭނގޭނެ ރައްޔަތުން ނަށް ހެވާއި މަންފާ ހޯދަން ރާއްޖެއިން ޖެެހެނީ ހަމައެހކަނި އިންޑިއާ އާ އެކަނިއެއް ނޫން ގުޅުން ބާއްވަން ކަލޭ ޒާތީވަރު ދިވެހި ރައްޔަތުންނަށް މިހާރު އެނގިއްޖެ ކަލޭތިޔައީ މި ދިވެހި ގައުމުގެ ހަލާކު ގައުމަށް ހުރި ބޮޑު ބިރެއް.........
ކަލޭ ހަމަތަ ބަލަ މިދިޔަ މަހު އަބްދުﷲ ޝާހިދު ޗައިނާ އަށް ގޮސް ސޮއި ކުރީ ކޮން އެއްބަސް ވުން ތަކެއްގައިތަ.... އެންމެ ބޮޑު މަސްރޫއަކީ ހުޅުމާލޭގައި ހަދާ ބައިނަލް އަގުވާމީ ސްޓޭޑިއަމް 2023 ގައި ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތައް ޗައިނާ ސަރުކާރުން ކޮށްދޭ ކަމެއް ރޮއި އާދޭސްކޮށްގެން ... އިންޑިޔާއިންކީއްވެ ބާ އަޅާދެން އެއްބަސް ނުވީ .... އިންޑިޔާ އަކީ އަނގައިން އެހީ ދޭބައެއް..... ރައީސް ޔާމިންވެސް ވެރިކަމާއި ހަވާލުވެފައި ފުރަތަމަ ދަތުރު ކުރެެއްވީ އިންޑިޔާ އަށް ތިން ފަހަރު ރަސްމީ ދަތުރު ކުރެއްވި އިންޑިޔާ އިން ނުރުހުންވީ ކަލެއަށް ހުކުމެއް އައުމުން އެހިސާބުން ގުޅުން ކަނޑާލީ އަދި އެއްވެސް އެހީ އެއް ނުދިނީމަ ޗައިނާ ގެ އެހީ އަށް އެދުނީ އަދި ޔާމިން ދައުރުގައި ޔާމިން ދުވަހަކުވެސް އިންޑިޔާ އަށް ބަދު ބަހެއް ނުބުނޭ އަދިވެސް ނުބުނޭ..... އަދި ތަގުރީރުތަކުގައި ބުނަނީ ނޫސްތަކުގައި ވެސް އިންޑިޔާ އަށް އެއްޗެތިނުކިއުމަށް ކަލޭ ޗައިނާ އާއި އިންނަން ވީއެއްނު ލައިލާ ވެސް މިހާރު ނުފެނޭ.....
އޭރުން ގަންޖާގެ މާސްޓަރުން ކަމުގައިވާ މޯދީ އާއި ހުޅަނގުގެ ވެރިން ވަރަށް ކޯފާ ވެދާނެ.
އިންޑިޔާއިން މާލެ ހުކުރުމިސްކިތް މަރާމާތު ކުރަނީ އޯ އެތަން މަރާމާތު ކޮށް ނިމޭނެ ކަމަށް އިްނޑިޔާ ސަފީރު ބުނަނީ 2023 ގައ ކަމަށް ކިހާ ހެއްވާ ...
މިވަރުގެ ހަޔާތްކުޑަ ނުބައިނުލަފާ މިއުޑުދަށުގައި ނުލައްވާފާނދެއެވެ.!!!
އިބްރާހިމް މުހައްމަދު ސޯލިހް އަށް..
ވަރަށް އަދަބުވެރިކަމާ އެކު ދައްނަވަމެވެ.
ގައުމާ މުހާތަބު ކޮށްފަ މިގައުމުގެ ރައީސަކީ ކާކުކަން އަޅުގަންޑުމެން ދިވެހި ރައްޔިތުން ނަށް އޮޅުން ފިލުވާ ދެއްވުން އެދެމެވެ.
ނަޝީދު އަކީ ދިވެހި ރާއްޖެއައްޖެހިފައިވާބޮޑު ވަބާއެއްމިވަބާއިންއެންމެހާމުސްލިމުއަޚުންނާއިއުޚުތުންސަލާމަތްކޮއްދެއްވާންދެއެވެ؛
އަސްލުވެސް ރައީސް ނަޝީދު ޗައިނާއާއި މެދު މި ގެންގުލުއްވަން މިއުޅޭ ގޮތްތަކުގެ ސަބަބުން ގޮތްނެނގޭ އެތައް ސުވާލުތަކެއް އެބަ އުފެދޭ !! މި މުހަންމަދު މި އުޅުއްވަނީ މި ގަޢުމަށް ކިހިނެތް ހަދާނަމޭހިތާ؟؟؟
ޤައުމަށް ކުރިއެރުމާއި ތަރައްޤީއެއް ގެނެސްދީފާނެ ކޮންމެ ބަޔަކަށް މަނިކުފާނު ހުރަސްއެޅުއްވުމުގެ މަޤުޞަދަކީ ކޮބައިތޯ؟ އަޅުގަނޑުމެންގެ ޙަޔާތުގައިވެސް އެކުވެރިކަމުގައި، ޢުމުރުދުވަސްވީ، އިންޑިއާއިން ކޮށްދެވުނުހާވެސް ކަމަކީ، އަމިއްލަ އެދުމަށް "އައިޖީއެމްއެޗް" މިލިޓަރީ ކޭމްޕެއްގެ ގޮތުގައި އަޅައިދީ، ޒަމާންތަކެއްވަންދެން މާލީ ފައިދާނެގުން ނޫންތޯ؟ އެމީހުންއަތުން މެނޭޖްމަންޓް ނެގުނުއިރު ޢިމާރާތް ހުރީ ރޫޅިފައިނޫންތޯ؟ ޞިއްޙީ ދާއިރާޔަށް އައީ ކޮން ތަރައްޤީއެއްތޯ؟ މަނިކުފާނު ތިޔަ ދައްކަވާ ވާހަކަފުޅުތަކުން ފަރުދީ ޙައިސިއްޔަތުން ހިތާމަކުރަން.
ނަސީދަކަށް ނޭގޭނެ ނަސީދު ކިޔެވީ މެރިޓައިމް . ވީމާ ނަސީދަށް އެގޭނީ ދޯނިފަހަރުގެ ސަލާމަތީ ސެޓްފިކެޓް ސާވޭ ކުރަން. މިދުނިޔޭގަ މިހާރު މުއްސަނދީ ޗައިނާގެ ކުންފުނި ތަކާ ޗައިނާގެ ބޭންކްތައް. ދުނިޔޭގެ ބޮޑެތިގައުމުތަކުގެ ވިޔަފާރީގެ ނަފާ ވެސް ބޮޑީ ޗައިނާއަށްރާއްޖެއަށްއެތެރެ ކުރާ މުދަލުގެ ބޮޑުޕަސެންޓެއް ސީދާ ޗައިނާ އިންރާއްޖެ އެތެރެ ކުރެވޭ. ދެން ވިޔަފާރީގެ ދައުލަތްތައް ކަމުގައިވާ ދުބާއީ ބެންކޮކް އިން ރާއްޖެ ގެންނަމުދަލުގެތެރޭންވެސް ބޮޑުޕަސެންޓަކީ ޗައިނާގެ އުފެއްދުން. ވީއިރު އަޅުގަނޑުމެންފަދަ ކުޑަގައުމަކުން ގުޅުންގާއިމުކުރަން އެންމެ ރަނގަޅީ ޗައިނާ . ދުނިޔޭގެ ބޮޑެތިގައުމުތަކުގްަ ހިންގާ ބޮޑެތި މަސްރޫއު ތަކަށް ފައިސާދީ މަސއްކަތް ކުރަނީވެސް ޗައިނާގެ ކުންފުނިތަކުން ސަޕާރީ ޓުވާސް އާ ދިވެހި މޭސްތިރި މަތިންހަނދާންކޮށްލަބައްލަވަ . އޭރުން ޗައިނާގެ މޮޅުކަން އެގޭނެ.