މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯޓް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުގެ ކުރީން، އާންމު މީހަކު އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، އާންމު ފަރާތަކުން އެ މައްސަލަ ހުށަހަޅާފައިވަނީ މިއަހަރު އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އޭގެ ފަހުން އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
"އިސްވެ ދެންނެވިފައިވާ މައްސަލަ 2019 އޮކްޓޯބަރު 02 ވަނަ ދުވަހު އާންމު ފަރާތަކުން މި ސާވިސްގެ ސަމާލުކަމަށް ގެނައުމާއު ގުޅިގެން އެ ރިޕޯޓާއި ގުޅޭގޮތުން މި ސާވިސް އިން ތަހުޤީޤެއް ހިންގުމަށް ނިންމައި ކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރަމުން ދަނިކޮށް، 2019 އޮކްޓޯބަރު 03 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން، އިސްވެ ދެންނެވި ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދު (ސ.އ.ވ) އަށް ފުރައްސާރަކޮށްފައިވާ ވާހަކަ ހުރިކަމަށް ފާހަގަކުރައްވައި އެ މައްސަލަ މި ސާވިސްއަށް ހުށަހަޅުއްވާފައި ވެއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ވިދާޅުވީ އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަޤީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމަކާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުން ފަދަ އިސްލާމް ދީނާއި އިދިކޮޅު ޢަމަލުތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.
އެހެންކަމުން މިފަދަ އެހެން މައްސަލަތަކެކޭވެސް އެއްގޮތަށް، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯތް (އެމްޑީއެން) އިން ނެރެފައިވާ ދީނާއި ޚިލާފު ރިޕޯޓާއި ގުޅޭ ފުރިހަމަ ތަހުޤީޤެއް ހިންގައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ އިދާރާއިން އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"އަދި މި މައްސަލަ ތަޙްޤީޤްކުރަން ފެށުމަށްފަހު މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް އާމެދު މިފަދަ ޝަކުވާތަކެއް މި ސާވިސްއަށް ހުށަހެޅި ތަޙްޤީޤް ހިނދަމުންދާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށްވެސް ވާނީ ހިއްސާކުރެވިފައެވެ." ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.
އެކަމަކުވެސް މައްސަލަ ބަލާފައި ފިޔަވަޅުއަޅާކަށް ނުކެރުނެއްނު. ދެން މިހާރު ކޮން ބަނދިވަރެއް ތިޔަ ދަމަނީ.
އެއީ އަނެއކާ މައްސަލައެއބާ ޖަވާބެއދެއވިއްޔާ ވަރައް ރަނގަޅު
އެކަމަކު ކަލޭމެންދޯ ބުނީ މައްސަލައެއް ނެތޭ ހުށަހަޅާފައެއް އެއިގެ ކުރިން.
ދެން އެމައްސަލަ ނުބަލާ ދޫކޮއްލީ ކީއްވެގެންތަ
ފުލުހުން ވެސ ް އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަނީ!
މީގަ މައްސަލައަކީ ކުރިން ހުށަހެޅި ފަރާތް ނޭގިގެންތަ.. ތިބުނިގޮތަށް ތިކަން ކުރިޔަށްދަނިކޮށް އިސްލާމިކް މިނިސްޓްރީން ސިޓީ ހުށަހެޅުމުން ކީއްވެ މައްސަލަބަލަމުންދާކަން މިނިސްޓްރީއަށް ނޭންގީ.. ސަރުކާރުގެ އެއްވުޒާރާ އަނެވުޒާރާއާ ނުގުޅެންވީ ތިއީ ދެގައުމެއްގެ ދެސިޔާސަތެއްގެ ބައެއްތަ..ހައިރާންނުވާނެތަ ފުލުހުން ދައްކާވާހަކަ. ދީނާ ސިޔާސަތު ވަކިކޮއްގެން ފުލުހުން ހިންގަން އުޅެނީ ކޮންގާނޫނެ.. އިސްތިއުފާ ދީފަ ގެއަށްދޭ.. އިސްތިއުފާ... އިބުރާހިމާ ހަމީދުއާ އިމުރާނު މަހުލޫފު އިސްތިއުފާދީފަ ގެއަށްދޭ.. ގައުމު ސަލާމަތްކުރާނެ މީހުންނަ ފުރުސަތުދީ...
މީތަ " އެނުލިބޭ ސިޓީ" . ގަ އިމު ކުރިން ފުލުހުންބުނި ސިޓީ އެއ އް ނުލިބެޔޭ. އޭގެ ދެދުވަސް ފަހުން އާންމުންގެ ކެކި އެރުމާ އި ފުލުހުންގެ ބަ އެ އްގެ ޕްރެޝަރުން އެމްސީ ހަމީދު ވެރިކަން ވެ އްޓިދާނެތީ އަވަހަށް ބަޔާނެ އް ނެރެލީދޯ
ސަމާލުކަމަށް ދަންނަވާލަން. އެމްޑީއެން އިން ފާޑު ކިޔާފައިވަނީ ތައުހީނު ކުރުމުގެ ނިޔަތެއްގައެއްނޫން. އެހެންކަމުން ޕޮލިހުން މައްސަލަ ނުބަލާނެކަމުގައި ދަންނަވަން. މިތަނުން ދީނަށް ފާޑުކިޔާމައްސަލަތައްބަލާނީ ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑު ކިޔާނަމަ.
ދެން އެހެންވިއްޔާ އިސްލާމްދީނާ ބެހޭ ގޮތުން ނޭނގޭ ވާހަކަ ނުދައްކާ މައިތިރި އަރައިގެން ތިބިއްޔާ މާ ތާހިރުވާނެ.