ދީން ހަތިޔާރަކަށް ނުހަދަން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް އިލްތިމާސްކޮށްފިއެވެ.

ހަސަން ލަތީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ބޭނުމަށް ސިޔާސީ ލީޑަރުން ވާހަކަފުޅު ދެއްކެވުމަކީ ބޮޑު ފަސާދައެއް ކަމަށެވެ. އެކަން ނުކުރެއްވުމަށް އިލްތިމާސް ދައްނަވާ ކަމަށް ވިދާޅުވެ ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި މައުމޫނާއި، ގާސިމް އަދި އިމްރާން ޓެގް ކުރައްވާފައިވެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގެ މައްސަލަ ބޮޑުވެ ފާޑުކިޔުން އަމާޒުވެފައި ވާއިރު މައުމޫނާއި ގާސިމް ވަނީ އެރިޕޯޓްގައި ހުރި ވާހަކަތައް ކުށްވެރިކުރައްވާފައެވެ. މިހާތަނަށް އިމްރާން އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެރިޕޯޓްގައި ހުރި ވާހަކަތައް ކުށްވެރިކުރައްވާފައެވެ.

އެމްޑީއެން އަށް އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ބުނެ ސަރުކާރަށާއި އެމްޑީޕީ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޕޯޓާއި ގުޅިގެން ދައްކާ ވާހަކައަކީ ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުން ކަމަށް ސިފަ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

އެމްޑީއެންގެ ރިޕޯޓްގައި ހުރި ވާހަކަތައް ކުށްވެރި ކުރެއްވުމުގެ ބަދަލުގައި ނަޝީދު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

"އިސްލާމް ދީނަކީ އެންމެ ފުރިހަމަ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

 1. ޖަޒީރާ

  ޑިމޮކްރަސީއޭ މިކިޔާ އެއްޗެއް ހަތިޔާރަކަށް ހަދައިގެން ދީން ފުޑުފުޑުކުރަން މަސައްކަތް ނުކުރުމަށް ތިބައިގަނޑަށް ގޮވާލަށް، ލަދުކުޑަމީހާ

  260
  1
  • ބޭބެ

   ތާއީދު! ރަގަނޅު ވާހަކައެއް! ހެހެ! މިހާރު މިގޯސްވީ އިސްލާމް ދީނަށާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެމްއިން ނެރުނު ރިޕޯޓް ކުށްވެރިކޮށް އެވާހަކަ ދައްކާ މީހުން! އެރިޕޯޓު ނެރުނު މީހުން ހަމަ ރަގަނޅު މިމީހުނަށް! ދެން އެވާހަކަ ދައްކަނީ ހަމައެކަނި ސިޔާސީ މީހުނެއްނޫން! އެވާހަކަ އެބަދައްކާ މިރާއްޖޭގައި ތިބި އިސްލާމްދީނަށް ލޯބިކުރާ އެންމެހާ ރައްޔިތުން! ދެން ސިޔާސީ ޕާޓީތައް ހަދައިގެން އުޅޭ ބަޔަކު ޕާޓީތައް ހަދައިގެން އެއުޅެނީ ޕާޓީތައް ހެދުމަށް އެކުލަވާލާފައިވާ ގާނޫނުތަކުގެ ތެރެއިން! އެހެންވީމަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންވެސް އަޑުއުފުލާނެ، ބަޔަކު އިސްލާމްދީނާއި ދެކޮޅު އަދި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓްނެރެ ވާހަކަ ދައްކާކަމުގައިވާނަމަ! ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ސިޔާސީ މީހުން އެފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކާ އަޑުއުފުލަން އެންމެ އައުލާކަން ބޮޑީވެސް! އެމީހުން އިސްނަގާ ފިޔަވަޅުވެސް އަޅަންޖެހޭ! މަޖުބޫރުވެސް މެ! އެހެންކަމުން ސިޔާސީ ޕާޓީތަކުން އެވާހަކަ ދައްކަން ފެށީމާ ދީން ހަތިޔާރަކަށް ސިޔާސީ މީހުން ހަދަނީއޭ ބުނެ ކުރިން މިދެންނެވި ބައިގަޑަށް ހިތްވަރުދޭ ކަމަށް ތުހުމަތުކުރެވޭ މީހުން މިޓްވީޓްތައް މިކުރަނީ! މިއީ ހިތާމަ ހުރިކަމެއް! އަޅުގަނޑުމެން އެންމެންވެސް މިއީ ހިތާމަ ހުރިކަމެކޭ ކަންބޮޑުވުމޭ ކިޔައިގެން ވާހަކަތައް ދައްކާ ނިންމާލާ ގިނަ ކަންކަމުގައި! އެކަމަކު މިކަން އެހެން އެގޮތަށް ނިންމައިގެންނުވާނެ! މިއީ އެއައްވުރެން ސީރިއަސް މައްސަލައެއް! ގައުމީ ދީނީ މައްސަލައެއް!

   130
 2. މަގޭ ޚިޔާލު

  ﷲ ސުބުޙާނަހޫ ވަތަޢާލާ ކަލޭމެން ދުނިޔެއަށް ފޮނުއްވީ އެއިލާހުގެ ދީނަށް ފުރައްސާރަކުރަންތަ؟ މިމީހުން ކިޔާނެހާ އެއްޗެއް ކިޔާފައި ބަޔަކު އެކަމާ ހިތްހަމަ ނުޖެހުނީމާ މިބުނަނީ ދީން ހަތިޔާރަކަށް ނުހަދާށޯ! މީހަކު އަޅެފަހެ އަޖައިބެއް ނުވާނެތަ؟ ކިތަންމެ ވަރަކަށް ޑިމޮކުރަސީގެ ނިވަލަށްވަދެ އިސްލާމްދީނަށް ފުރައްސާރަކުރިޔަސް ކާފަރުން ނާންނާނެ ކަލޭމެންނަށް ހިމާޔަތްދޭކަށް. އެކަމަކު ﷲތަޢާލާ އެއިލާހުގެ ދީނަށް ނަސްރުދޭބަޔަކަށް ނަސްރުދެއްވާނެ.

  227
  9
 3. Alibe

  ލާދީނީ މީހުންނަށް ހަޖަމެއް ނުކުރެވޭނެ އެހެން މީހަކު ދައްކާ ވާހަކައެއް. ދީނުގެ ވާހަކަ ދައްކަނީ ކޮންމެހެން ސިޔާސީ ވެގެންތަ، މުޅި ގައުމު ހަލާކުކޮށްފި. ޔާ ﷲ، މީ ލާދީނީ ބައިގަނޑުގެ ކިބައިން އިސްލާމް ދީނާއި މި ގައުމު ސަލާމަތް ކޮށްދެއްވާށި.

  154
 4. ޖިންނި

  ޙަސަނާ ކަލޭ ތީ ލާދީނީ މީހެއް ދީނީ ދަރުސަކަށް ސްޓޭޑިއަމް ނުދޭން ތެޅުނު ވައްތަރު އަހުރމެން ހަނދާން އެބަހުރި ބަލަގަ މިހިރަ މޮޔަޔާ '' ރޯދައަކީ އައްޑަނައެއް '' ރޯދަ އައްޑަނައަކަށް ވަނީ މުސްލިމުން ރޯދަ ހިފީމަ ރޯދަ އަކީ އިސްލާމް ދީނުގެ ރުކުނެއް ދެން ކޮބާތަ ދީން އައްޑަނައަކަށް ނުވެފަ

  130
  2
 5. ވިސްނާ

  ސިޔާސީ ކަންކަމުގައި އިސްލާމްދީން ހަތިޔާރަކަށް ނުހެދެންވީ އެއްވެސް ސަބަބެއްނެތް. ޚުދު ކީރިތި ޤުރުއާނުގައި ސިޔާސަތުތައް ރާވާ ހިންގަންވީ ގޮތުގެ އެތައް އެތައް އާޔަތްތަކެއް ﷲ ތަޢާލާ ބާވާލައްވާފައިވޭ. އެހެންވީމާ އިސްލާމްދީން ހަތިޔާރަކަށް ނުހަދާށޭ ބުނުމުގެ އެއްވެސް ހައްގެއް ކަލޭމެންނަކަށް ނޯންނާނެ.

  106
 6. ހުސެން

  ބަލަގަ ހަސަނާ އިސްލާމްދީން ނޫން އެހެން ކޮން އެހެން ކޮން ހަތިޔާރެއްގެ ވާހަކަތައް ކަލޭ ތިޔަ ދައްކަނީ،ދެން ކޮން ދީނެއްތަ؟ލާދީނީ ހަތިޔަރުތަ؟ކުރިސްޓިއަންދީންތަނޫނީ ބުދުދީންތަ؟ދެން މުސްލިމުންނަށް އިސްލާމްދީން ނޫން ކޮންދީނެއްގައި ހިފެން އޮތީ،ހަސަނާ ކޮންމެހެން ނަޟީދު ކިޔާ އެއްޗެއް ތަރުޖަމާކުރަން އުޅޭނެ ކަމެއް ނެތް،ހަސަނާ ކޮން ހާސާރެއް ތިދަމަނީ.ބަލަގަ އެމްޑިއެން ގެ އެ އަމަލުކުއްވެރިކޮށްނުލައިގެން ތި އުޅެނީ ކީއްވެ،؟ކޮން މަސްރޮއްޓެކޭ ތިކިޔަނީ ؟

  90
 7. ރ. ޔާމީން

  އިސްލާމް ދީން ފުނޑާލަން ޑިމޮކްރަސީ ހަތިޔާރަކަށް ނުހަދާށެ !!!!

  119
 8. Anonymous

  ލަނޑަޔާ ވާނީ ލަނޑަޔާ. އެމްޑީޕީ ގައި މުޅިންވެސް އުޅޭނީ ލާދީނީ ފިކުރުގެ މީހުން. މީ އޮޅިފައިވާ ކަމެއްނޫން. ދީން ހަތިޔާރަކަށް ނަގަނީ ދީނާއި ކުޅޭތީ. ދީނާ ނުކުޅެ ލާދީނީ ސިޔާސަތު މިގައުމަށް ނުގެނެސް ކަލޭމެންގެ ލާދީނީ ސިޔާސަތު އެހެން ޤައުމަކަށް ފަތުރަންދޭބަލަ. އޭރުން ދީން ހަތިޔާރަކަށް ނުނަގާނަން.

  88
 9. ލައްކަ ވާހަކަ

  އެދުވަހުން އެބަހީ ގިޔާމަތް ދުވަހުން ޑިމޮކުރަސީގެ އަޅުންނާއި އިބިލީސްވެސް ކަލޭމެން ދޫކޮށްފައި ދުވެ ފިލާނެއެވެ.

  107
 10. ހ

  އިސްލާމް ދީނަށްވުރެއް ކުރިޔަށް ނެރެވޭނެ އެއްވެސް އެއްޗެއްނެތް.. ހަތިޔާރަކަށް ހަދަންޖެހިއްޖެޔާ އެކަންވެސްކުރާނަން.. ދީނަކީ އިސްލާމްދީން.. އެހެންދީނަކަށް އެއްވެސް ހާލެއްގައި ޖާގައެއްނުދެވޭނެ. ސާފުވެއްޖެތަ؟

  93
  1
 11. ހިޔާލު

  ފުރައްސާރަކުރިމީހުނަށްވުރެ ފުރައްސާރައާއި ދެކޮޅުވިމީހުނަށްކިޔާ ފާޑުކިއުން އިތުރުވެއްޖެއެވެ، ދީނަށް ފުރައްސާރަ ކުރުން ކުންވެރިކުރުމަކީ ކޮންމެ މުސްލިމަކު އިސްކަންދޭންޖެހޭނެކަމެކެވެ. ދީނުގެ ފަސާދައަކީ ނިއުކުލިއަރ ބޮމަކަށްވުރެ ނުރައްކާތެރި ކަމެކެވެ.ސަލާމަތީ ބާރުތަކުން މިކަން ކޮންޓްރޯލްކުރުމަށް ފިޔަވަޅުއަޅާންޖެހެއެވެ.ދިވެހިންނަކީ މުސްލިމުންނެވެ.

  73
 12. ޢަލީ

  މި އަށް ނޭގޭތަ .މިވެގެން އުޅޭގޮތެއްވެސް

  62
 13. ލައިލާ

  ނަޝީދު ޤާސިމަށް ވެރިކަން ހޯދަދޭން އުޅޭހެން ހާދަހީވެޔޭ

  34
  5
 14. ނަފިނެސް

  ދީނާސިޔާސަކީ އެކައްޗެއް ދީނަށް ފުރައްސާރަކުރާ މީހުންނަށް އެމީހުންގެ އަމިއްލަ ނަފުސު ހެޔޮހިތުން ތަޢުބާވުމަށް ގޮވާލަން(.)

  58
 15. ޗ

  Hassan Latheef ރެޑް ބެލޫން ހަސަން ލަތީފު އެވެ

  ދީނަކީ ހަތިޔާރެކެވެ
  މުސްލިމުން ދުސްމަނުންނާ ކުރިމަތިލާނީ ހަތިޔާރާ އެކުގައިއެވެ. ހުސްތަކާއެއްނޫނޭވެ
  ހަގުރާމަ ކުރަނީ ﷲ ގެ ރަހުމަށްތަށް އެދި ނަސްރުލިބުމަށް އެދިއެދި ތިބެއެވެ
  ބާރުވެރި ފަރާތަކީ މާﷲ ކަން އެންމެހާ މުސްލިމުން ޔަގީން ކޮއްގެން މިތިބީ

  74
 16. މާލެ

  އެމްޑީޕީން ކީއްވެތަ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ސިޔާސި ހަތިޔާރަކަށް ހަދަނީ

  60
  1
 17. އަހުމަދު

  އެމްޑީޕީގެ އިސް ސަފުގަ މިތިބަ ލާދީނީ ބައިގަނޑު ތިއްބަ ދެން ދުވަހަކުވެސް އެމްޑީޕީ އަކަށް ތާޢީދެއް ނުކުރާނަން. މިފަހަރު ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބުގަ ތާޢީދުކޮށް ވޯޓްދެވުނީތީ އިންތިހާއަށް ހިތާމަކުރަން

  56
  1
 18. އ ސ

  ބަލަ ސިޔާސީ މީހަކު ބުނާ ކޮންމެ ވާހަކައެއް ސިޔާސީ ވޭތަ..... ކުރިން ކިޔަމުން ދިޔަ ލަވަދޯ ތިޔަ ކިޔަނީ ސިޔަސީ މީހަކު ކުށެއް ކޮށްގެން ބަަންދު ކުރީމާ ވެސް ސިޔާސީ މީހުން ސަރުކާރުން ހައްޔަރު ކުރަނީއޭ ތިޔަ އަނގައިން ގޮވީ ... ސިޔާސީ މީހުންނަކީވެސް ދިވެހި ރައްޔިތުން ހަސަންކޮމެއް ތިޔަ ގޮތަށް ޓްވިޓް ކޮށްލަ ކޮށްލަ ތިބޭ މާބޮޑު މަގާމެކޭ ... ޗެއަރ ޕާސަން ..... ގޮނޑީގެ ވެރިޔާ ... ތިޔަ ގޮނޑި ގެއްލި ހުރިހާ ކަމެއް ހަތިމް ވެދާނެ ދާދި މަދު ހިނދު ކޮޅެއްގެ ތެރޭގައި ކުރެވިފައިވާ ފާފަ ތަކަށް ތައުބާވޭ ... ގީބަ ބުނުން ދޮގު ހެދުން ... ލާދިނީ ..ކަންކަމުން......

  55
 19. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބުޑާ

  ހަސަން ލަތީފް ކަލޭތި ކާކުތަ؟؟/

  73
 20. އާމިނަ

  ހިތާމައިގެ ކޮޅެއްވެސް ނެތް. ދިވެހިރައްޔިތުން.ނަށް މިގެނެވުނީ ސޯލިޙް ވެރިކަމެއްތޯ ސްވާލް އުފެދޭ. ވަލިއްޔުލް އަމްރު މިކަމުގައި އެއްވެސް އެއްޗެއް ވިދާޅުނުވާ ކަން ފާހަގަ ކުރެވޭ.އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ނުވިތާކަށް މިއިސްލާމީ އުއްމަތުގެ މިއަދުގެ ބައްޕަގެ މަޤާމުގައި ހުންނެވި ބޭފުޅަކު މިކަން އާދައިގެ ކަމަކަށް ހައްދަވާ އަޅާނުލާ ހުރުން މީ ބަލައި ގަނެވޭނެ ކަމެއްނޫން. ވޯޓްލި ވ. ފޮނި އުއްމީދެއްގައި. ރަނގަޅު މީހަކާއި ޤައުމު ހަވާލު ކުރުމުގެ ބޭލުމުގައި.ދެރަވެއްޖެ ވޯޓްދެވުނީތީވެސް.ނުވިތާކަށް ބައިމީހުން ދީނާމެދު ޖަދަލު މިކުރަނީ.ދެރަވަރު ކަމެއް.

  30
  1
 21. ސ

  ދިވެހިންނަށް އެޅުނު ގޯސްފިޔަވަޅު ރަގަޅު ކުރުމަށް މަސައްކަތް ފެށުމުގެ ވަގުތު ނުޖެހޭބާ؟

  38
 22. ސލ

  އަރުވާޖަހައިގެން ނުކުމެ، ނަސީދަށްވެރިކަން ހޯދައިދިން އިރުވެސް ތިހުރިހާ މީހުންވެސް ގަބޫލުކުރާނެ ނަސީދުގެ
  ސަރުކާރެއްގައި ދީނަކަށް ޖާގައެއްނުއޮންނާނެކަން. މިހާރު
  އެވާހަކަ ދައްކަނީ މަތިއޮމާންކުރަން.

  32
 23. ާަާމަ

  ފަސާދަކުރަނީ ކޮންބައެއް؟ އިސްލާމްދީނުގެ ދިފާއުގަ އެއްޗެއްބުނުމަކީ ފަސާދަކުރުން ކަމަށް ބައެއްމީހުން މިދެކެނީ... އެމް.ޑީ.ޕީ އިސްމީހުން އިސްލާމް ދީންދެކެ ހާދަ ނަފްރަތެކޭ މިވަނީ... ﷲ އަށް ބިރުވެތިވެ އިސްލާމް ދީނަށް ނަސްރުދިނުމަށް ހުރިހާ ދިވެހިން އެއްބައިވަމާހިނގާ...

  35
 24. ހައިސާން

  މީނާގެ މައްޗައް ދައުވާ އުފުލަން އެބަޖެހޭ.

  34
 25. މޯދީގެ ގެރި

  އަހަރެން ހަމަ ހިނި އަންނަނީ! އަމިއްލަ އެދުމުން ފޯވެފަ ތިބިބަޔަކު އިންޑިޔާ އެމެރިކާގެ އުނގަށްވެއްޓި ރާއްޖެ ޚަރާބު ކުރުވިއިރު ބުއްޅަބޭގެ ޕާޓީއަކީ މިކަހަލަ ބައެއްކަން ނޭގުނީއުތަ!

  30
 26. ހަސީން

  ދީނުގެ ދިފާއުގައި ބަސް ބުނާނެ ދީނައް ބަޔަކު ފުރައްސާރަކޮއްފިއްޔާ.. އެކަން ނުހުއްޓުވޭނެ. ތިމާމެންގެ މުނާފިގުކަން ބޭޒާރުވުންނޫންކަމެއް ނުވާނެ. ދެން އަންނާނީ އަހަރެމެންގެ ވެރިކަމެއް. މިއަދު ދީނައް ފުރައްސާރަކުރި އެންމެންގެ މައްޗައް ޝަރީއަތް ބަރާބަރައް ހިނގާނެ.

  27
 27. ިއެޗް އާރު އެމް

  ބަލަހަސަންލަތީފޫ އިސްލާމްދީނަކީއެންމެވަރުގަދަހަތިޔާރުކަމެއްނޭގޭތަ އެދީނުގާﷲއެންގެވިގޮތައް ވަރުގަދަޔައްސާބިތުކަމާއެކީހިފަހައްޓައިގެންތިބޭބަޔަކު ެއެއްވެސްމީހަކައްބައްޔެއްނުކުރެވޭނެ އަންޝާﷲ އެއީވާނެކަމެއްނޫން

  24
 28. ސިވާދު

  ދީން ހަތިޔާރަކައް ހަދަނީ ކޮންބައެއްބާ ؟ މި ބުރާންޗައް އިނގޭބާ ... ދީން ހަތިޔާރަކައް ހަދާ ހަރުކަށި ފިކުރު ފެތުރެނީ ދީނީ ތައުލީމު ދިނުމުން ކަމައް ބުނމަކީ ދީން ހަތިޔާރަކައް ހެދުމެއް ނޫންތަ؟ ތައުލީމީ މަނހަޖުގައި ދީން ކިޔަވައިދޭ މިންވަރު ބޮޑުވެގެން ނޭވާ ނުލެވިގެން އުޅެނީ ކޮންބައެއް؟ ކާކު؟ ދީން ހަތިޔާރަކައް ހަދަނީ ރައްޔިތުން މަޖލިސް ގެ ރައީސް އާއި އެމްޑީޕީ އަދި އެމްޑީ އެން އިން ނޫންތަ؟ ކީރިތި ގުރުއާން އަށް ހަޖޫ ޖެހުމާއި މި އުއްމަތު ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ދީ ހަތިޔރަކައް ހެދުން ނޫން ދެން ކޮންކަމެއްބާ؟ އެފަދަ ކަން ކަން ދިފާއު ކުރަން ވާހަކ ދައްކާ އެންމެނަކީ ލާދީނީ ފިކުރާ ވިސްނުމުގެ މީހުން ކަމުގައި ނޫނީ ނުވާނެ .... ދިވެހި ސަރުކާއި އެމްޑީޕީ ނުރުހުނަސް އެފަދަ މީހުނަކީ ލާދީ މީހުން ..ދީން ބެނުން ކުރަމުން ތިޔަދަނީ ހަތިޔާކައް ހަދައިގެން ވެރިކަމުގައި ތިބުމައް..

  21
 29. ސަމީ

  މީ އެއްކަލަ 8 ކަޝިމަތި މާލޭ މީހާ ދޯ ކެނެރީ ނަޝީދު ގެ ވާހަކަ ދިފާއު ކުރާނީ ތިކަހަލަ ލަދު ކުޑަ މީހުން، ބަލަ ތިކަން ފައްޓައިގެން ތިޔަ އުޅެނީ ތިޔަ ބައިގަޑު އަހަރަމެނެގެ ހަތިޔާރަކީ ވެސް އަދި ހުރިހާ އެއްޗަކީ ވެސް އިސްލާމް ދީން، އަހަރުމެންނަށް ވެވުނު ގޮތަކުން ނަޞްރު ދޭނަށް އިންޝާ ﷲ ، އެއީ ތިޔަ ބައިގަޑު ކިތަންމެ ނުރުހުނަސް

  27
 30. އަޙްމަދު

  ޙަސަން ލަތީފް އެވެ ކަލޭޔަކަސް އެމްޑީޕީ އަކަސް އަދި އެހެންމީހަކަސް އިސްލާމްދީނަ ޖޯކްޖަހާ ޙައްސަކޮށް ﷲ އާއި ރަސޫލާ އަށް ޖޯކްޖަހަން އެއީ ޑިމޮކްރަސީ ކަމަށް ވަންޏާ އެކަމާ ދެކޮޅަށް މުސްލިމު ދިވެހި ކޮންމެ ދަރިޔަކު ވާހަކަ ދައްކާނެ. އެއީ ސީޔާސީ މިހަސް އަދި އެހެންމީހަކަސް އަދި ކަލޭމެން ކިތަންމެ ރުހުނަކަސް. އެޖެންޑާ 19 ރަނގަޅަށް ދަސްވެއްޖެ. ﷲ ގެ އިރާދަފުޅުން ކަލޭމެން އެންމެން ފަޞީހަތްވެއްޖެ. ﷲ އީ އެންމެ ކުޅަދުންވަންތަ ޙާލިގް ވަންތަ ﷲގެ. އެއްވެސް ކަމެއްގެ ބާރު އެވެސް މީހެއްގަ އަތުގައި ނޯންނާނެ.!

  27
 31. މުނާޒް

  ބަލަ ކަލޭމެން ދީނަށް ފުރައްސާރަކުރާއިރު އެއްޗެއް ނުބުނެ ތިބެންވީހޭ؟ ކަލޭމެން ހުޅަގުގެ އަނ ދިރި ފަރާތްތަކާ ގުޅިގެން ރާއްޖޭގެ އޮތް އިސްލާމީ ވަހު ދަތު ނަގާލުމަށް ކުރާ މަސައްކަތް ހުއްޓުވަން ދިވެހިން މިތިބީ ފިސާރި ކެރިގެން

  26
 32. މަކުނު

  ގައުމުގަތިބި އިއްޒަތްރެިންނާ ބެހެން މީ ދެން ކާކު

  21
 33. ސައިކަލް މީހާަ

  ހަސަނާ ދީން ހަތިޔާރަކަށް ހަދައިގެން އުޅެނީ ގާނޫނުއަސާސީ ޑްރާފްޓް ކުރިގްރޫޕާއި އެގްރޫޕްގައި ހިމެނޭ ގޭދޮށު ކުދިން. އޭރުވެސް ތިކަންނުކުރެވިގެން ހިންދާމެން ނަގޫޖެހިތާ ބޯޖަހަމުން ދުވީ. މިރާއްޖޭގެ ހުރިހާ ރައްޔިތުނެއް ނެތް ހިނދުކޮޅެއްގަ. ތިކަން ދިފާއުކުރަން ހަތިޔާރޭ، ކަސިޔާރޭ، ހުސިޔަޜޭ ނުގޮވާ ހުރޭ.

  21
 34. ނަވާރަ

  ރަސޫލާއަށް ހިތަށްއެރި އެއްޗެއް ގޮވާއިރު އެކަން ކުއްވެރި ނުކޮށް ތި ލަތީފާ ތިޔަ ކިޔަނީ އެއެއްޗެހި ގޮވާމީހުން އިސްލާމް ދީނު ގައި ތިބި ކަމަށް، މީނަގެ އިސްލާމް ޓީޗަރަކީ ހާޑިންހަމް ވީމާ ވާނީ އެހެންތާ! ގޮތްކުޑަ،

  27
 35. ައާބ

  ނަޝީދަށް ހަނދުމަކޮށް އަރުވަން އިސްލާމްދީން ދިފާއު ކުރުމަކީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުމެއް ނޫން

  12
 36. އަލީ

  ތިއީ ހަމަ ތިޔަ ލާދީނީ ބައިގަނޑު ކުރާ ހުރިހައި ކަމެއް ރަނގަޅަށް އެނގިތިބެ އެމީހުން ދިފާއުކޮށް، ހައްގު މަގުގަ މަސައްކަތްކުރާމީހުންގެ މަސައްކަތް އެހެންމީހުންނަށް އޮޅުވާލަން ވާހަކަ ދައްކާމީހުން. ތިއީ ހަމަ ވަރަށް ނުބައި ނުލަފާ ބައެއް. ތިއީ މިގައުމު ހަލާކުކުރާ މީހުން.

  12
 37. ކާފަ

  ޑިމޮކްރަސީ ހަތިޔާރަކަށް ހަދއިގެން އަހަރުމެންގެ ދީނާ، ޤައުމާ، އަމާންކަން ނަގާލަން މަސައްކަތް ނުކުރުމަށް ނަސީދުއަށާއި އެމްޑީޕީގެ ފިކުރަށް ގޮވާލަން

  14
 38. މަސީހު

  މަޖުލިސް މެޖޯރެޓީ އޮތެއްކަމަކު ރައްޔިތުންނައް ބިރުނު ދައްކާ

  14
 39. ނަމަ

  އެމްޑީޕީ ޗެއާޕާސަން ބުނާހާ ގޮތަކައް މައުމޫނާއި ގާސިމާއި އަދދ ދި އިމްރާނު ޖެހޭބާ ތަބާވާން ދީނަން ފުރައްސާރަ ކުރީމަވެސް ކޯލިސަނޭ ކިޔާފަ

  12
 40. ކާލާމަންނަ

  ތީ ތިއެންމެން ވެސް ވާހަކަދައްކާގޮތް ކަން އެގޭނު ދިވެހިންނައް، ނަޝީދު އާ، ސޯލިހުއާ، ލަތީފުޔާ، އީވާ ޔާ، ޝަހިންދަޔާ، އިބްރޭ ޔާ، ހަމްޒާ ޔާ، އާނިޔާ އާ، އެންމެންވެސް ތިކަހަލަ އެއްޗެތި ކިޔާނަގަނީ.

  13
  • ްތަލަބަޑި

   .
   ތީ ތެދެއް، ތީ ހަމަ އެއްފެންވަރުގެ މީހުން. ތިނޫން ބަޔެއް ނުވެސް އުޅޭނެ މޑޕ އަކު.

   11
 41. މާނިއު

  ބަލަ ތިޔަ ޕާޓީއަށް ރައްޔިތުން އަޣުލަބިއްޔަތު ދިނީ ހުޅަގުގެ ދޮންމީހުނާ ގުޅިގެން ރާއްޖޭގައި އޮތް އިސްލާމީ ވަހު ދަތު ނަގާލާ ލާ ދީނީ ފިކުރުތައް ފަތުރާކަށްނޫން. ޒިންމާ ދާރު އިޚްލާސްތެރި ކަމެއް އޮތްނަމަ ފުރަތަމަ ރިޕޯޓް ގައި އޮތް ދީނަށް ފުރައްސާރަކުރުން ކުށްވެރި ކުރާނީ. ދެބޯގެރި ދުއްވާނީކީ ނޫން

  10
 42. މޫސަ

  އެމްޑީޕީގެ އިސް ސަފުގައި ނުހުންނާ ލާ ދީނީ ނޫން އެކަކުވެސް. މިއީ ހަޤީގަތް.

  11
 43. ބުއްޅަ

  ބަލަ ގަމާރުވިޔަސް ތީ ބޮޑުވަރު
  މުސްލިމުންގެ ހަތިޔާރަކީ އަދި އައްޑަނައަކީވެސް ދީން
  ތިފަދަ ވާހަކަ ދައްކާނީ ލާދީނީ މީހުން

  10
 44. ބުރޯ

  ބަލަގަ ނަސީދު އަހަރުމެން ދަންނަން ނަސީދަކީވެސް އިސްލާމްދީންދެކެ ރުޅިއަރާ މީހެއްކަން ނިކަން ނަސީދު ބުނެދީބަލަ އެވާހަކަތައް ލިއުނުމީނުންނަކީ އިސްލާމްދީން ނޫން ދީނެއްގެ ބަޔަކީތަ ؟ނޫނީ އިސްލާމްދީން ނޭގޭތީ ލިޔެވުނީތަ ؟ ނުވަތަ ވަކަރަށް ޖެހުމަށް ގަސްތުގަ ލިއުނީތަ ؟ދީން ނެގޭ ބަޔަކު ދީނީވާހަކަ ލިޔަން ހަވާލުކުރީ ކޮންބޭފުޅަކުބާ ؟އެ ރިޕޯޓް ހޯމްމިނިސްޓަރީން ފާސް ނުކޮށަބާ ވެބްސައިޓް ގަ އާންމުކުރީ ؟ މިއީ ބަލަންޖެހޭ ކަންކަން.

 45. ޙަނީފު

  ޙަސަން ލަތީފު ޤަބޫލުކުރަންތަ އެން.ޑީއެމް ރިޕޯޓްގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާކަން؟ އެހެންކަމަށް ވާނަމަ ސިޔާސީ އިސްބޭފުޅަކަސް އިސްލާމް ދީންދެކެ ލޯބިވާ ނަމަ މަޑަކުން ނުހުރެވޭނެ.

 46. ހައްލު

  ލާދީނީ ޗެއަރޕާސަން. ކަލޭ މިޤައުމުން ފެއްސިގަނޭ. މިއި އިސްލާމީ ޤައމެއް. މިޤައުމުގެ އެންމެ ވަރުގަދަ ހަތިޔާރަކީ އިސްލާމްދީން. ލާދީނީ ބައިގަދަށް މި އިންތިޚާބުގައި ފިލާވަޅެއް ލިވބެންޖެހޭ.

 47. ރައްޔިތުން

  الله اكبر

  ފެންނަ މަންޒަރު ތަކުން އެމްޑީޕީ އަދި ސަރުކާރު މި ދަނީ ކަނު އަދިރި މިސްރާބުގަ. ޙެޔޮ މަގަށް ރުޖޫއަވޭ.

  الله اكبر

 48. ފުނަމާ

  ލަތީފު ބުނަން ކަލޭސައިޒުގައިހުރޭ ކަލޭތީ އިސްލާންދީނޭކިޔައިގެން ވާހަކަ ދެއްކޭވަރުގެމީހެއްނޫން

 49. ރަދީފް ހުސެން

  މުސްލިމުން ދީން ހަތިޔާރަަކަށް ނަހަދާ ދެން ހަތިޔާރަކަށް ހަދާނީ ކޯޗެއް؟ ތިމާގެ ކޮނމެ ދުވަހެއް ގުނަނީ އެދީނުގަ އަނގަވާފައިވާ ގޮތައް. ހިސާބު ބައްލަވަނީވެސް ހަމަ އެދީނުގަ ބަޔާން ކޮއްދީފަ އޮތްގޮތައް. މިއަދު އަނގަފުޅާކޮއްފަ މަތިހަށި ފުއްޕާފަ އުޅެވިދާނެ އެވެސް އިންސާނާ އިމްތިހާނުކުރުމުގެގޮތުން ﷲ އެކަމައް ތަގުދީރު ކުރެއްވީތީ. ހިސާބުބެލޭ، އިންސާފް އަރާ ހަމަކުރާނެ، ހައްގު އަޒާބާ ސަވާބު އެދުވަހުން ދޭނެ. މީވާ ވަގުތު ފާއިތުނުވަނީސް ތައުބާވެ ހަމަމަގައް އެނބުރޭ، ނޫނީ އިތުރު އުޒުރެއްނެތް.

 50. ރައުޝާން

  އިސްލާމްދީނަކީ ބާތިލް އެންމެހާކަމަކާއި އަދި ޝާއިތާނާގެ ޕާޓީތަކާއި ދެކޮޅު އެންމެ ވަރުގަދަ ހަތިޔާރު.. އަދި ތަގްވާވެރިކަމަކީ ދީނުގެ ނިއުކުލިޔާ. ބޮލުންފަތް ފައިބާ ހުސްވާއިރުވެސް ކަލޭމެންގެ ބޮލަކު ބުއްދިޔެއް ނުހުރެޔޭ.. އެތެރެހުސް ނާށިގަނޑެއް އޮންނަނީ.

 51. ދެން

  ލާދީނީ ކަންކަމަށް ފުރުސަތުދީ މަގުފަހިކުރަން، ހައްދުފަހަނައެޅިއޭ ކިޔައިގެން ދީން ހަތިޔާރަކަށް ހެދުން މިމީހުންނަށް އޯކޭވޭ.

 52. ކެކެކެ

  ފުލުހުން ބުނީ އެއީ އެމީހުންގެ ޚިޔާލޭ. ދެން ކޮން.ބެހޭކަމެއް!

 53. .........

  ކަލޯގެއާ މިހާރު އެމީހުން ހާދަ ބިރެއް ގަންނާނޭ. ޓެރަރިސްޓު ބުނި ބަހެއް ތަކުރާރުވީމަ ދެން ގަންނާނީ ހަމަ ބިރު.

 54. މިގޭ

  މީކޮން މީހެއް މާއަނގަ ގަދަވެގެން މި. މިއޮތީ ޑިމޮކްރަސީ އައިސްފައި. ލާދީނީ ބައިގަނޑު ކެކެކެކެކެކެކެކެކެކެކެކެ