ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކުން ކަމަށެވެ.
"ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" އަށް ބައެއް ބަދަލުތައް އިއްޔެ ވަނީ ގެނެސްފައެވެ. އެބަދަލުތައް ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނުގައި ވިދާޅުވީ ޕްރޮޕޯޒަލްފޮތް 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހާ ހަމައަށް އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ޕްރޮޕޯސަލް ފޮތުގެ އަގަކީ -/5000 (ފަސްހާސް) ރުފިޔާއެވެ.
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީކުރަން ޖެހޭނެއެވެ. ރަޖިސްޓަރީ ފީގެގޮތުގައި 25000 ރުފިޔާ ދައްކަންޖެހޭނެއެވެ.
ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.
ޕްރޮޕޯސަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
ޑިސެމްބަރ ، ނޮވެމްބަރ މަހުގެ އުމްރާގެ ޖާގަތަށް ފުލްވެފައިވާކަމަށާއި މިހާރު ރަމަޝާން މަހުގެ އުމްރާއަށް ހުޅުވާލާފައިވާކަމަށް ބައެއްކުންފުނިތަކުން ދަނީ އިސްތިހާރު ޖަހަމުން ، އެކަމަކު އަދި ކިރިޔާ ތިޔަ ހުޅުވާލީ
ދެއަރަށް ހުއްދަ ދީފަ އޮތީ
ކޮންމެހެން ދޭންޖެހޭ ޖމާއަތެއް އޮތީ .އެހެންނޫނީ ދެއިރުކާބޭހެންހެން ހުއްދަދޭންޖެހޭކަމެއްނޭގެ
ކޮންމެކަމެއްވެސް ކޮރޮޕްޝަން
މިދެންބޮޑުވަރުދޯ