ރިސޯޓެއްގައި ތިބި ހުރިހާ ފަތުރުވެރިން މިމަހުގެ 16 ވަނަ ދުވަހު މުޒާހަރާއަށް ގެންދާނެ ކަމުގެ އިންޒާރު ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ދީފިއެވެ.

ވަޖުދީ ކިޔާ މީހަކު ފޭސްބުކްގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ އޭނާ މަސައްކަތް ކުރާ ރިސޯޓްގެ އެއްވެސް މުވައްޒަފަކަށް މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު މާލެ ނުދެވޭނެ ކަމަށް ސަރުކާރުން ރިސޯޓްގެ އެޗްއާރަށް އަންގާފައިވާ ކަމަށެވެ.

ވީޑިއޯ އާންމު ކޮށްފައިވާ ވަޖުދީ އަކީ ކޮން ރިސޯޓެއްގެ މުވައްޒަފެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ވީޑިއޯގައި އިންނަނީ ރިސޯޓްތަކުގެ މުވައްޒަފުންގެ ޔުނީފޯމެއްގައެވެ.

ވަޖުދީ އޭނާގެ ވީޑިއޯގައި ބުނެފައި ވަނީ އޭނާ އަކީ "ބޯޓު ފާސް" ތައްޔާރުކުރާ މުވައްޒަފެވެ. އޭނާ ބުނީ މާލެ ދިޔުން މަނާކޮށްފައި އޮތް ނަމަވެސް ހުރިހާ މުވައްޒަފުންނާއި ހުރިހާ ފަތުރުވެރިންނަށް ބޯޓް ފާސް ހައްދައިދީގެން ހުރިހާ އެންމެން މާލެ ގެންދާނަމެވެ.

"ބޯޓް ފާސް ހަދަނީ އަޅުގަނޑު. މަތިމައްޗަށް ބޯޓް ފާސް ހަދާފައި މިތާ ތިބި އެންމެން މާލެ ފޮނުވާނަން. ވަރަށް ސާފުކޮށް މިދަންނަވަނީ. ގެސްޓުން ވެސް ފޮނުވާނަން. އެންމެ ގެސްޓެއް ވެސް ނުބަހައްޓާނަން ނުފޮނުވާ. ގެސްޓުން ވެސް އެދުވަހު މުޒާހަރާގައި ބައިވެރިވާނެ. އަޅުގަނޑު އިސްސަފުގައި ހަރަކާތްތެރިވާނެ ވާހަކަ ދަންނަވާލަން." ވަޖުދީ ވީޑިއޯގައި ބުންޏެވެ.

ރިސޯޓްގެ ހުރިހާ މުވައްޒަފުންނާއި ފަތުރުވެރިން މާލެ ގެންނާނެ ކަމުގެ އިންޒާރު ރިސޯޓެއްގެ މުވައްޒަފަކު ދީފައި ވާއިރު މިމަހުގެ 16 ވަނަ ދުވަހު މާލޭގައި މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން ވެސް މިއަދު ވަނީ ދީފައެވެ.

އިމިގްރޭޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ ސިޔާސީ އެއްވުމެއްގައިި ބިދޭސީންތަކެއް ބައިވެރިވާން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެކަމަށް ބައެއް ފަރާތްތަކުން ބާރު އަޅަމުންދާ ކަމަށެވެ.

އެއްވުމުގައި ބައިވެރިވާ ބިދޭސީންނާއި އަދި ބިދޭސީން ގެންގުޅޭ މީހުންނާއި ވިޔަފާރިވެރިންނަކީ ކޮންމެ ވިޔަފާރިއެއް ކުރާ ބައެއް ކަމުގައިވިޔަސް އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެއްވުންތަކުގައި ބިދޭސީން ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ބިން ތަލާލް

    އެބަ ރަނގަޅުވޭ... ހިތްވަރު ކޮށްލާ!! ކާމިޔާބު ވަނީ ވ. ކައިރީގަ!

    • ޝިފާއު

      ޅޮލް

    • އިންމަ

      މާލެ އަންނާނޭ މީހެއް ނުވީމާ ބިދޭސީން ގެނޭ.. ލޮލް

    • ފަގިޑި

      ސާބަހޭ ތިޔަދޭ ހިތްވަރަކަށް ތިޔަރަންރީންދޫ ކުލައިގެ ޚިޔާލު ހުރިމީހަކު ވެސް މި ދިވެހި ބިމުގައި މިނިވަންކަމާއެކު ހުއްޓަނުދޭތި ހިތްވަރުދީގެން ވެސް ޖަލުގެ ކުޑަގޮޅިޔަށް ފޮނުވާލަދޭތި އެއީޔެއްނު ކަލޯމެންގެ ރޫޙާނީ ލީޑަރުގެ މަގުޞަދަކީވެސް "ހަބޭސް" ކުރިޔަށް!

      • ގަމާރު

        ތީތި ކަޑަ

  2. މުލަކު އިސްހާގު

    ދަރިފުޅާ މޮޔަވީތަ އަޅެ. އިންޒާރުދީ ތި ހަދަނީ މާ މޮޅުތަކެއް ވާނެ ކަމައްތަ، ގޮޅިއަށް ލީމަ ނާންނާނެ ތީން އެކަކުވެސް.

  3. ސައިނީ

    ތިސޮރުގެ ދުވަސް ތިދިޔައީ ވަޒީފާވެސް ގެއްލުނީ އެހެން ރިސޯޓަކުން ވެސް ވަޒީފާއެއް ނުދޭނެ ނޫނީ އެރިސޯޓުގައި ވެސް މުޒާހަރާ ކޮށްފާނެ

  4. ހަބަރުދާރު

    ތިހެން މަރަށް ތެޅޭ މީހުން ދޭ އިންޒާރަށް ކޮން ބިރެއް ގަންނާކަށް. ކަން ކަން ވާ މީހުން ވައްވައް ނުޖަހާނެ.

  5. ބލއެއްހިހި

    ހަަހަހަހަ... މޮޔައެއްތަ ؟

    • އެހެންދޯ؟

      މަށަށް މޮޔައީ ތާކުން ކޮންމެ މީހަކު ބުނާ އެއްޗެއްވެސް ހަބަރުގަ ޖަހާތީ. އެހެން އެބުނީ ކިހާ ފެންވަރެއްގެ މީހެއްތޯއެއް ބެލުމެއް ނޯވެ. އޭނަ އެހެން އަދި ވީޑިއޯއެއް ލީމަ ކިހާ ބާރެއް އޭނަގެ އޮންނާނެބާ ފަތުރުވެރިން މުޒާހަރާއަށް ގެނައުމުގެ. އެ މީހުން އަންނަނީ މުޒާހަރާއަށް ވިއްޔާ!! މިވެސް ނޫސްވެރިކަން ދޯ!!

  6. ށުމަން

    މީނަ ހާދަ ވަރެއްވެފަ އޭދޯ މިހިރީ....ކަލޯ ކަލޭ ހަމާތަ؟

  7. ޑިއްދޫ

    ކޮއްކޯ ފަތުރުވެރިން ނެއް ނޫޅޭ މިރުސް ފެން އެޅިގެނެއް ބޯޓު ފާސް ހިފާގެން ގޮސް އޮވޭ ގޮޅީގަ ކަލޭ މިނިވަން ކުޜާކައް މުޒާހަރާތެއް ނުކުރާނެ

  8. ބޯއީ

    ހިތުން ވަރައް ގަދަވީއެ. ފަހުން ދެރަވާނެ ބޯ ގަޅާލެވުނީތީ ތިކަމައް. ފޮށި ޜެޑީކުރަން އުޅޭ ގޮޅިއައްދާން ބޮޑުޗުއްޓީއައް.

  9. އަހަރެން

    ކަލޯ ބޯޓު ފާހަކީ ކޯއްޗެއްކަން އިޓަލީ މީހުންނަށް އެގޭތަ؟

  10. ކޮރުދީ

    މީނާ ހުންނާނީ ކެރަފާ އަންނި އެ ބުނާ ސޫލާސަރާބީ ހިއްޕަވައިގެން. ބަލަގަ މޮޔަފުޅުވީތޯ. ޓުރިސްޓުން ނޫޅެ ސޮނިބެ ޖަހާހާ ބޭކާރު ސަކަރާތް ބަލާކަށް.

  11. ޝިޓް

    ބަލަ ތިކަހަލަ ހިންޏެއްތަ ހައްޔަރުކޮށްގެން މިއުޅެނީ؟ މާސިންގާ ގައުމެއްގެ ސުޕްރީމް ކޯޓެއްގެ ފަޑިޔާރުންނާ 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ބޭފުޅަކު އެހުންނެވީ ދާދި އިހަކަށްދުވަހު ހައްޔަރުކޮށް ބަންދުކޮށްފަ. ކަލޭ ކަހަލަ ލުއްޗާ ގަޑެއް ވައްވައް ޖެހިޔަސް ހިތަށް ކެހެރުވަކެކޭވެސް ނާރާނެ. ދަމާ ކޫއްތާ ގޮސް ބަހައްޓާނީ ހަމަ އެއްކަލަ ކުޑަގޮޅީގަ. ބަލަ އަހަރުމެންގެ ގައުމާ ހަވާލުވެގެން އުޅެނީ ވެރިއެއް ކަހަލަ ވެރިޔެކޭ!

  12. Ahmed

    ޢެހެންނުވާނީ އެކުދިން ތާއީދްކުރާ ނަސީދަކީ ހޭނުޖެހޭ ބޮޑުމޮޔައެއްވީމަވާ ގޮތްއެއީ

  13. ާަަްދޫންބެ

    ކަލޭބޯޓްފާސް ހިފާންދޭ ގުރާދުޫަަެެގޮޅި އަަށް ތިކަހަލަ ކޮހުން ތިބެނީ އެތާންގަ

  14. ސަޙާފް

    ބަހައްޓާ! ގޮޅިޔަކަށްލީމާ އެސޮރުގެ މައިންބަފައިން އަންނާނެ ވަރަށް ބާރަށް، އެސޮރު އެދުވަހު އޮތީ ނިދާފައޭ ފަޅޮލޭ ކިޔަމުން. އަދި އެސޮރު ނޫން މީހަކު އެގޭގައި ވަޒީފާ އަދާކުރާކަމަށްވެސް އެދުވަހު ނުވާނެ. ސަލާމަތްކަން ހޯދަން ދުއްވައިގަންނަން ޖެހޭނީ ޤާނޫނު އަރާ ހަމަކުރީމަކާ ނޫން. ޢާއިލާއިން އެސޮރު މައިތިރި ކުރަން ޖެހެނީ ވަގުތު އޮއްވާ!

  15. މެޑަމް ފަރީދާ

    އެއްވުމަށް ބިދޭސީން މަނަލޯ! ހަހަހަ. 'ދިވެހިން ނަށް ވެސް މަނާ.

  16. މެސީ

    ހަމައެއްވެސް ވަރަކަށް ހަމަ މީހެއް ނޫންތީ

  17. މުހައްމަދު

    ހާދަނިންޖެއް އައިސްފާ ތިޔަހުރީ.

  18. ނަޖޫ

    ނުވާނެ ތިކަމެއް

  19. ބެއްޔާ

    މަށަކީ ތިރިސޯޓު ކުނިކަހާ މީހާ، އިލޮށިފަތިން ތަޅާ ރިސޯޓުން ބޭރު ކުރާނަން ފާސްތަކާއެކީ

  20. ހަސަންކޮ

    އެހެންވީމައޭ އަހަރެން ބުނަނީ ރިސޯރޓް ތަކުގައި ގިނައީ ބޮއެގެން އުޅޭ ކުދިންނޭ....!!1

  21. ފަގިޑި

    ކަލޯ ޖަލުގެ ކުޑަ ގޮޅިތައް ކަލޯއަށްޓަކާ ތައްޔާރު "ހަބޭސް" އަވަހަށް އާދޭ!

  22. ނަސްރީނާ

    ކަލޯ އިންނާނެ މީހަކު ނުވެގެން އިސްތިހާރު ވެލީދޯ

  23. ހަބޭސް

    އެއީ ހުސްދޮގު އެކަމެއް ނުވާނެ އަދި ނުވެސް ކުރާނެ އެއީ ހަމަ އިސްތިހާރުވެލުމަށް ބުނެލި ބުނުމެއް އެއީ ހުސްހޮޅި

  24. އަހަންމަދޭ

    ކަލޭ ފުރަތަމަ ބުނެދީބަލަ އެއީ "ބޮޑު މުޒާހަރާ" ތަ؟ ނޫނީ "ކުޑަ މުޒާހަރާ" ތަ؟ ކެކެކެކެކެ ކަލޭމެން ފަކީރުންނަށް އެއެއްވެސް ނޭގިގެން ތިއުޅެނީ. ފުރަތަމަ ތިމާމެންނަށް އެކައްޗެއް ކިޔޭތޯ ބަލާބަލަ.

  25. ހެއްޔޯސާ

    ކަލޭ ތީ ގޭޓް ފާސް ހަދާ މީހެކޭ. ތީ ކުނި ކަހާ ގޮލައެއް ޕޫލް ބޯއި. އަދި ވެގަނެގެން އެބަ އުޅައެއްނު. ތީ ދަންޑެހެލު. ލަލަ

  26. ޙަފްޞާ / މާލެ

    މިސޮރު ވައްތަރުވަނީ ކުނިކަހަންއުޅޭ މޮޔަ ސޮރަކާ! ބަޔަކު މިސޮރު ހައްދައިގެން ވީޑިޔޯއެއް ހަދާ އިތުރަށް މޮޔަކޮށްލީ!

  27. މޫސާ

    ކަލޯ ޖަލު ބަލާލާ ހިތްވީތަ؟

  28. ހެހެ

    ގަޅި ގޮލާ.. ތައްޔާރުވޭ ވަޒީފާ ގެއްލި ކުޑަ ގޮޅިއަށް ދާން...

  29. އާޕް ކޭ ސޭ ހޭ

    ޓެރަރިޒަމްގެ އިންޒާރެއް ތިޔޮތީ ދީފައި. ވަޖުދީ ހަމަ މިހާރު ހޯދާ ހައްޔަރު ކޮށްގެން ގެނެސް ކުޑަގޮޅީގައި ބަންދުކުރުމަށް ގޮވާލަން.

  30. ޑުގާ

    ފޯއްމުލަކު ބޯހަމަނުޖެހޭ މޮޔަސޮރެއް! ނަޝީދުކިޔާމީހަކު އޭނަނުވެސްދަނޭ ދުވަހަކު ދިމާވެސްނުވޭ އެކަމަކު ބޮޑަތިމީހުން ހެއްދީމަ ހެދިފަ ހުއްނަނީ!

  31. ހަސަނު

    މިގައުމުގެ ރައްޔިތުންނޭ ކިޔާފަ ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. އެއްވެސް މުޒާހަރާ އަކަށް ހުއްދަ ދޭނެ ކަމެއް ނެތް. އެންމެން ގެންގޮސް ކުޑަ ގޮޅިއަށް ލާންވީ. ރައްޔިތުން ވިއަސް ސަރުކާރަށް ގަދަ ދައްކާފަ ނޫޅެވޭނެ.

  32. ބަންނި

    ކަލޭ ހަމަތަ، މުޒާހަރާކޮއްގެން ކޮންކަމެއް ވާނީ، މަހުންނާނަން ބަލަން

  33. އާނަ

    މޮޔައެއްތަ؟ މި އުޅެނީ ދެމީހަކު އެއްވާއިރަށް ގެސްޓުން ރާއްޖެނައިސްގެން އަދި ތިކަހަލަ އެއްވުމަކަށް ދާނެތަ؟

  34. ނިހާދު

    ތީކާކު ގޮތްހުސްވީތޯ ޓުއަރިސްޓުންނަކީ ކަލޭކަހަލަ ތާކުންތާކުނުޖެހޭކަހަލަ މޮޔާނެތްނޫން

  35. ނޫސްކިޔާމީހާ

    އޭ ސުބުހާނަލްﷲ އެ ވަޖުދީ އެހުންނެވީ ލޮލަށް ހިކިމިރުސް ފެންއެޅިފާދޯ ބަލަ ވަޖުދީ ކަލޭގެ ގައިޔަކު ނެތްކަމެއްކުރާނެހާ ހިތްވަރާކާއި ފަންވަރެއް އެއަށްވުރެ ކަލޭ ފެންނަނީ މާބޮޑަށް އަންހެންދުޅައެއްހެން

  36. ބޮޑުކައްކާ

    މަހަމަ އަންނަނީ އަމަށަކު ހިންޏެއްނޫ މަޖުދީ އަހަރެންމީ ބޮޑުކައްކާ ފާޑުފާޑުގެ ވައްތަރު ޖައްސަށްނާއި އިތުރަށް ވަޖުދީގެ މޫނުގާ އުގުޅާނީ ދެލި މާފޮނިވެންއުޅޭނެކަމެއްނެތް އިނގާ

  37. ދޮންބެ

    ނާއްނާނެ ހުސްއަގަ

  38. އެދަމް

    ތިކަންކުރަން މާބޮޑަށް ލަސްވެއްޖެ އަވަސްކުރޭ މަވެސްދާނަން

  39. އައްޓަމަސް

    ވަޖުދީބެއްޔާމުޒާހަރާކުރޭ އައްޑޫގައި! ބެއްޔާމެންކައިރީ މުޒާހަރާއޭ ގެސްޓުން ގެންނާނަމޭ؟! ތީރިސޯޓް އޯނަރތަ؟! ފުއްޕީމަދާނީ ފަތި ސައިޒްގައި ހުރޭ

  40. ރައްޔިތު މީހާ

    ވަކި އެއްޗެއް އަންގާލަންދެން ވަޖުދީ ގޭގަ މަޑުކޮއްލާ

  41. ށަމްސު

    ފަތުރުވެރިން ރާއްޖެއަންނަނީ ތިފާޑުގެ ސަކަރާއްޖަހާކަށް ނޫން. ބޯހާސްވުންކަނޑުވާލައި އަރާމުކޮށްލަން.

  42. ޙުސައިނ ޢަލީ

    ކެކެކެކެކެ!