މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓްގައި ނުރަނގަޅު ވާހަކަތަކެއް އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެންމެފަހުން އެއްބަސްވެ ވަޑައިގެންފިއެވެ.

އެމްޑީއެންގެ ރިޕޯޓްގައި ހުރި ވާހަކަތައް ނަޝީދު ކުށްވެރި ނުކުރެއްވުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ދެންމެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެރިޕޯޓްގައި ނުރަނގަޅުކޮށް ކަންކަން ހުރިކަން ފާހަގަކުރައްވާ ކަމަށެވެ.

"އެއިން އެއް ކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާއި ބެހޭގޮތުން އެކަށީގެން ނުވާ ބަސްތައް ގެނެވިފައިވުން. އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވިދާޅުވީ އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް ކަމަށެވެ. އެފަދަ ކަންކަމަށް އާއްމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓްގައި "ނުރަނގަޅުކޮށް ކަންކަން ގެނެވިފައި ހުރި" ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ސާފުބަހުން އެމްޑީއެންގެ އަމަލު ކުށްވެރި ކުރައްވާފައެއް ނުވެއެވެ.

އެމްޑީއެންގެ ރިޕޯޓްގައި ނުރަނގަޅު ވާހަކަތަކެއް ހުރިކަމަށް ނަޝީދު މިއަދު އެއްބަސް މިވީ ރޭ ނަޝީދު ކުރެއްވި ޓްވީޓެއްގައި ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށެވެ.

އެމްޑީއެން އާއި ދެކޮޅަށް ވާހަކަދެއްކުމަކީ އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ކަމަށް ދޭހަވާ ގޮތައް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅިގެން ނަން މަޝްހޫރު ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ ނަޝީދަށް ރައްދު ދެއްވަމުންނެވެ.

ނަޝީދުގެ ޓްވީޓާއި ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން ވެސް ހިމެނޭ ގޮތައް އެތައް ބަޔަކު ގެންދަނީ ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އަދި ޑިމޮކްރަސީ ހަތިޔާރަކަށް ބޭނުން ކޮށްގެން އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށް ވެސް އެތައް ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އަދާލަތު

    މީހުން ތެޅިފޮޅިގަތީމައި އަނދުނެއް އަޅުވަނީދެއްތޯ؟ ތިޔައީ ޔަހޫދީންގެ ވަރަށްމޮޅު ސްޓަންތެއް.

    132
    2
    • ލޮލް

      މިއީ މާ ރީތި ބަހުން މުޚާތަބު ކުރާ ފެންވަރުގެ މީހެއް ނޫން. ބޮޑު ފިނޑި ކެނައެއް

      19
  2. އާބިދާ

    ހައް ހައް ހައް ހާހހހހ، އެއީ ކަލޭ އަޑީ ހުރެގެން ނެރުނު އެއްޗެއްނޫންތަ؟؟؟

    109
    1
  3. ލައްޗޭ

    ހޫނުފެނައްވެއްޓުނީމަ މަތިއޮއްބަާލަން ޖަހާމަޅި

    100
    1
  4. ދޮންބެ

    އެއްބަސް ވީކީނޫން މަޖުބޫރުވީ، ކުރިންފަހަރު ވީގޮތް ހިތައްއަރާފަ، ތިބައިގަނޑެއް ރަނގަޅެއް ނުވާނެ 2016 ގަ ރިޕޯޓްގަ ޑޭޓް ޖަހާފަ 2019 ގަ ނެރެން ބޭއްވި ކަމަށްވާނީ ދީން ފުނޑާލަން ރާވައިގެން ހިންގާ ކަމެއްކަމަށް ބެލެވެނީ

    110
  5. ޚާފޒ

    ޢެއްވެސް ދިވެއްސަކު މީނަ ދައްކާވާހަކަ ގަބޫލު ނުކުރާތި. މީ ވރަށްބޮޑު ދެފުއްްކެހެރިއެއް.

    111
    1
  6. ހެރީ

    ކަލޭތީ ދެފުއްކެހެރިއެއް ތީ މިގައު މުގެ ހަލާކު

    103
    1
  7. Anonymous

    ނުރަނގަޅު ވާހަކަތައް ހުރިކަމަށް ވިދާޅުވާއިރުވެސް މައްސަލަ ނުވަތަ އެބަޔަކު ކުށްވެރިކުރާކަށް ބޭނުމެއްނުވޭ ދޮތަ؟ނުރަނގަޅު ވާހަކަތައް ހާމަކުރާ މީހުންނަށްއިގޭ މިސަރުކާރަކީ ތިމަންނަމެން ކުށްވެރިކޮށް އަދަބުދީ ހަދާނެ ސަރުކާރެއްނޫންކަން، މިޖަރީމާގެ އެއްމެއިސް ބަޔަކީވެސް މިއަދުގެ ސަރުކާރުގެ އެއްމެ އިސް ވެރިންވިއްޔާ

    68
  8. ޚކ11

    މިމީހުނާ ވެރިކަން ހަވާލު ކުރުން މީ އެޅުނު ވަރަށްބޮޑު ޅައެއްޗެއް.ހިތާމަ ކުރަން.

    49
    1
  9. ހާލަތު

    މީ ބަޔަކު ބުނެގެން ކުރިކަމަކާ ވ ވައްތަރު. ސަޕޯޓަރުން މަދުވެދާނެތީ ކުރި ޓްއިޓެއްތީ

    44
  10. އަބްދޫ

    ދީނާ ހިލާފު ވާހަކަތަެް ވަކަރަށްޖެހުމަށް ލިއުނީ ނަސީދު ގެ ވިްނުމަށްކަމަށް ސައްކު ކުރެވޭ

    35
  11. ހަސަންބެ

    ހުރިހާ ނުބަޔަކީވެސް ތި ކެނެރީގޭ ދައްޖާލު!!!

    47
  12. އާމިނަ

    އަނެއްކާ ހިނދުކޮޅުގައިތޯ ނޫނީ
    ކޮންމެސް މީހަކު ބޮލުގައި ބަޑިޖެއްސީތޯ

    43
  13. ފުލުހެއް، ދިވެހިދަރިޔެއް،

    ނޫސް ތަކުންވެސް ހޫއަރާބަލަ،، ދިވެހިންނޭ، ލާދީނީ ނަސީދު ދައްކާ އެއްވެސް ވާހަކައެއް ގަބޫލު ނުކުރާތި، އޭނަ އެބުނަނީ އަދިވެސް އޭގަ ނުރަނގަޅު ކަންތައް އެބަ ހުއްޓޭ އެކަމަކު އިލްމުވެރިން ބަހުސްކުރާ ކަމެކޭ އެކަމަކު މިކަމަކީ އިލްމު ވެރިން ބަހުސް ކުރާ ކަމެއް ނޫން، މީ ކަނޑަ އެޅިގެން ވަހީ އިއްވާފަ ވާ ކަމެއް، މި ކަމަކައް އެއްވެސް އިލްމުވެރިޔަކުވެސް ބަހުސް އެއް ނުކުރާނެ،،

    34
  14. ހުސެން

    ނުރަނގަޅޭ .ހާދަ ދުރުން ދާ މަތިން ދާ ބޯޓެކޭ މިއީ.ބަލަގަ ކުއްވެރިކޮށްފަ އެކަމަށް ފިޔަވަޅު އަޅާ އެކަމުގެ ދޭންވީ އަދަބު އަވަހަށް ޤާނޫނުގައި ޖަހަންވީ.ޢިލްމުވެރިން ގެ މެދުގައި މިއިން އެއްވެސް ކަމެއްގައި ޙިލާފެއް ނެތް އަދި ބަހުސްވެސް ކުރާނެ ކަމެއް މިތާކު ނެތް،ބޭކާރު ވާހަކަ ނުދައްކާ އެކަން ކުއްވެރިކޮށްފަ އެކަުގައި ދޭން ޖެހޭ އަދަބު ޤާނޫނުގައި ލިޔަންވީ .އެކަން ތަންފީޒުކުރުވަންވީ ،މާދުރުން ދަނޑުން އެ ރުކުން މިރުކުން ކާށިއޭ ނާށިއޭ ނުކިޔާ މަޢުޟޫއުގައި ވާހަކަ ދައްކަވާ

    22
  15. އ

    މީނާ މިބުނަނީ އާންމުން މިމައްސަލާގައި ބަސް ނުބުނާށޭ ދެން ކީއްވެ ބާ މީނާ މިކަމާ ބަސްބުނެ ހަދަނީ މިއީ ދީނީ ޢިލްމު ވެރިއެއްތޯ...... ބަލަ އާންމުން ބަސްބުނަން މަޖުބޫރު ވީ ކަލޭމެން ކަހަލަ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ބަސް ނުބުނުމުން އާންމު ރައްޔިތުން ބަސްބުނަން މަޖުބޫރު ވަނީ މަނިކުފާނު މާރަނގަޅުވާނެ މަޖްލީސް ހިންގެވިއްޔާ މިހާރުވެސް ގާނޫނަ ޚިލާފަށް އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނު ނުކޮށް ދަންމަނީ ކޮން ގާނޫނަކުން ބާރު ލިބިގެންތޯ .... މަނިކުފާނު ބޭނުން ނަމެއް ނުހޮވިދާނެތީތޯ...ސްޕްރިމްކޯޓަށް އަންހެން ދެފަނޑިޔާރުން އައްޔަނު ކުރަން ހޭލާ ނުނިދާ ތިބެގެން މަސައްކަތް ކުރި ކުރިމަތިލާން ފުރުސަތު ދިނީވެސް 18 ގަޑިއިރު ހީވީ މުއްދަތެއް ފަހަނަ އަޅާ ދާން އުޅޭހެން. މަރަށް ތެޅެނީ ހެން

    23
  16. އަސީ

    މިގައު މުގާ އެން މެ ފިތުނަފަސާދަ އުފެދޭވާހަކަ ދައްކާ މީހަކީ ކުރީގެރައީސް ނަސީދު ފުލުހުންނައް ކެރޭނެބާ ފިޔަވަޅުއަޅަން.

    30
  17. ނަސީރު

    ކަލޯބިރު ގަތީތަ؟

    26
    1
  18. ޑާނޣީ

    ކަލޭ ތީ އޭގެން އެކެއް....ލަނޑަޔާ ވާނީ ލަނޑަޔާ!

    20
  19. މުރި

    ކަލޭތީ ދެފުއްކެހެރިއެއް ތީ މިގައު މުގެ ހަލާކު

    26
  20. މަންޖެ

    ނަޝީދަކަށް އިނގިރޭސި ބަހުން ތި ޓްވީޓް ކުރާކަށް ނުކެރޭނެ، އޭރުން އޭނާގެ އުފަން ރަށުގެ ރަހުމަތްތެރިން ރުޅި އަންނާނެ.

  21. އުމަރު

    މީނަގެ ވާހަކަ ފަލަ ސުރުހީގަ ނުގެނެސް ދިނުން އެދެން. މީ ބޮޑު މޮޔައެއް

  22. އާދަމް

    ބިރުން އިޢުތިރާފުވީއެވެ.

  23. ދޮންބެ

    އެމްޑީއެންގެ ރިޕޯޓުގައި ހަރާން ބަގާވާތަކަށް މަގުފަހިވާ ކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނުބުނިކަން ނަސީބު.

  24. ނަޖީބު އައްބާސް

    ނަސީދު އެބުނީ މުސްލިމުން ދައްކައިގެން ނުވާނެ ވާހަކަ ރިޕޯޓުގައި އެބަހުރި ކަމައް؟ އަޅުގަނޑު ހިތައް އަރާ މުސްލިމުންނައް ހަރާމް މުސްލިމުން ކުރަން ނުވާފަދަ ކަންތައް ބަގުރަލާ އޫރުމަސް ވިއްކުމަކީ އެކަމަކު އެކަން ފާޅުގަ ކުރިޔަސް ކަންބޮޑު ކަމަކައް ވެގެން ބަޔަކު ނޫޅެނީ ކީއްވެބާއޭ

  25. ބުއްޅަބޭ

    މީނާދައްކާވާހަކަވެސް މާނަކުރަންޖެހޭނީ އިދިކޮޅައް އެބުނަނީ ނުރަނގަޅުކަންތައްތަކެއް މިބަސް މީގެއިދިކޮޅައްމާނަކުރީމަ އެގޭނީ އެއީ މީނާ ޢާއްމުކޮއް ވާހަކަދައްކާގޮތް

  26. އެންދެރި

    ދެފަހަރު އެކައްޗެއް ކިޔާ މީހެއް ނޫނެވެ.

  27. ކުރިޔަށްދާންޖެހޭ

    ދިވެހިންގެ ހުންނަގަތަކީ ހަފްތާއެވާއިރު ހަދާންނެތޭނެ.. މިކަންވެސް މިހަފްތާ ނިމޭއިރު ހަދާންހުރި އެކަކުވެސް ނުހުންނާނެ.. އެހެންވީމަ މީޑިޔާތަކުން މިދަނެތިބެ ސަރުކާރަށް މިކަން ހަދާން ކޮއްދޭންޖެހޭ ސަރުކާރުން މިކަމުގަ ނިންމުމެ ނިންމަންދެން.. އެހެންނޫނީ މިކަންކުރާމީހުން ދެން ނެރޭ ރިޕޯޓު މާނުރައްކާވާނެ.. މިއީ މިރިޕޯޓާ ހަމައިން ނިމޭނެކަމެނޫން.. ކުރިމަގުގަ އެއްވެސް ބަޔަކަށް މިގައުމުގަ މިފަދަ ޖަރީމާއެ ނުހިންގޭނެކަން ހަދާންކޮއްދިނުމަ މީޑިޔާއިން ވަރަށް ހިއްވަރުކުރޭ.. ﷲކާމިޔާބުވާނެ..

  28. ބޮޑޭ

    ނަޝީދަކީ ދީނަށް ފުރައްސާރަ ކުރާމީހެއް ނަމަވެސް ރައްޔިތުން ކަމަކަށް އިންސާފު ހޯދުމަށް ނުކުންނައިރަށް ގޮވަންފަށާނެ އަހަރެންވެސް ޤަބޫލުކުރަމޭ މައްސަލަ ހުރިކަމަށް ރައްޔިތުންގެ މަޖިލީހުން އެމް ޑީ އެންއިން މިކަން ބަލަނީ ކޮންއިރަކުން .

  29. އަހުމަދުބެ

    ލޮބުވެތި އަޚުންނޭ! ނޫސްވެރިންނޭ! ކުރީގެ ރައީސް ނަޝީދު މާތްވެގެންވާ އިސްލާމްދީނާ ބެހޭގޮތުން އަދި ބަޔަކު އިސްލާމްދީނަށް ފުރައްސާރަ ކުރުމުން އެކަލޭގެ ބުނަނީ ކީކޭތޯ ބަލަން މަސައްކަތް ނުކުރޭ! ހޯދަންވެސް ނޫޅެ ! އޭނަ ނުކުރާނެ އިސްލާމްދީނުގެ ދިފާޢުގައި އެއްވެސްކަމެއް. ކުރަންޏާ ކުރާނީ ގޯނާ! މިއީ ކުރިންވެސް ވެފައިހުރިގޮތް މިހާރު ފެންނަމުންދާ ކަންތައްވެސްމެ.

  30. އުގޭލު

    ސާބަހޭ ލޮބުވެތި ރައީސް. ބަޔަކު ކިތަންމެ ލާދީނީއޭ ކިޔަސް އަޅުގަނޑުމެން އަބަދުވެސް ގަބޫލު ކުރަން މަނިކުފާނު ހުންނަވާނީ މުސްލިމުންނާ އެކުގައި އަދި ލާދީނީ މީހުންނާ ދެކޮޅަށްކަން

    1
    7
    • ކޮހު

      އިންޑިއާއަށްދަށަށް ގެންދަންވެސް ބަކްރީ އޯކޭ މިހާރު. މިހެން ދީނާ ވެސް ޖައްސައިގެން އުޅޭ. މަރުމޯލެއްކަން ނޭނގެނީ ވަކި ކުލަޔަކަށް.

  31. ތީކާކު

    ތީކާކުކުތަ ބުނެބަލަ ދުވަހަކުވެސް ތެދެއްހެދީ މޭ
    ތިޔައީފިނޑި މޮޔަ ޖާހިލެއް ދެންދޭ ބަލަ އިންޑިއާ
    ހައިކޮމިޝަނުން ހި މާޔަތް ހޯދަން

  32. ޒާ

    ޝައްކެއްވެސް ނެއް. އޭނަނިކުރާނެ

  33. ޒީ

    މިޔަށްވުރެން ގިނައިން ދީނީ ކަންކަން ހުއްޓުވާން ބާރުއަޅާ ވެރިޔަކު އަހުރެންގެ ހަޔާތުގަވެސް ވެރިކަން ކޮއްފަނުވޭ!
    މާ ހެޔޮ އެދޭގޮތް މިދައްކަނީ އަދިވެސް ކުރިޔައް އޮތް އިންތިހާބު ވޯޓު ނުލިބިދާނެތި ދޯ!