ކަންތައްތައް ކައިރިން ބަލަމުންދާ ކަމަށާއި އިންޑިއާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރާއްޖެ އާއި މެދު ވެސް އަޅާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރުމަލާ ސީތަރަމަން ވިދާޅުވެއްޖެއެވެ.

ނިރުމަލާ ސީތަރަމަން އެހެން ވިދާޅުވެފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ނިރުމަލާ ސީތާރަމަންއަށް އަމާޒުކޮށް ކުރި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބެއްގައެވެ.

ރާއްޖޭގައި ހިންގަމުންދާ ކަންތައްތައް ކައިރިން ބަލަމުންދާ ކަމަށާއި އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އިރު އިންޑީއާގެ ކަނޑުގެ ސިފައިން އިންޑިއާ ކަނޑުގައި ހިންގާ ބައެއް އޮޕަރޭޝަންތައް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ހަތް ސަރަހައްދެއް ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުންވަނީ ބުނެފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި ގޮތުގައި ނިރުމަލާ ސީތާރަމަންއަށް އަމާޒުކޮށްފައިވާ ސުވާލަކީ ރާއްޖޭގައި ޗައިނާގެ ނުފޫޒު އިތުރުވުން ހުއްޓުވުމަށް އިންޑިއާ ކަނޑުގެ ސިފައިން ލައްވާ އެއްވެސް އޮޕަރޭޝަނެއް ހިންގަން ހަމަޖެހިފައިވޭތޯ އެވެ.

ޖަވާބުގައި ނިރުމަލާ ސީތާރަމަން ވިދާޅުވެފައިވަނީ "އިންޑިއާގެ މަސްލަހަތުތަކުގެ ދިފާއުގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ" ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން އިއްޔެ ބުނެފައިވާ ގޮތުގައި އިންޑިއާ ކަނޑުގައި ރާއްޖެ އޮންނަ ސަރަހައްދު ހިމެނޭ ގޮތަށް އިތުރު ހަ ސަރަހައްދެއް ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާ ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ބުނެފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދު ހިމެނޭ ގޮތަަސް އެ ހަތް ސަރަހައްދު ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާތާ މިހާރު 10 މަސް ވަނީ ވެފައިވާ ކަމަށް އެނޫހުން ބުނާއިރު ޕެޓްރޯލު ކުރުމަށް އިންޑިއާ ކަނޑުގެ ސިފައިންގެ 15 މަނަވަރު ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ނޫހުން ގައި ބުނެފައިވެއެވެ.

ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވާ ގޮތުގައި އެ ހަތް ސަރަހައްދަކީ ވެސް އިންޑިއާ ކަނޑުގައި އިންޑިއާގެ އިގްތިސާދީ ހާއްސަ ސަރަހައްދުން ބޭރުގައި ބައިނަލު އަގުވާމީ ކަނޑުގައި އިންޑިއާއިން ޕެޓްރޯލު ކުރަމުންދާ ހަތް ސަަރަހައްދެވެ. އެ ހަތް ސަރަހައްދުގެ ތެރޭގައި އިންޑިއާ ކަނޑަށް ވަދެވޭނެ ހުރިހާ ދިމާތަކާއި އަދި އިންޑިއާ ކަނޑުން ނުކުމެވޭނެ ހުރިހާ ދިމާލެއް ހިމެނޭ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އިންޑިއާ ކަނޑުގެ ސިފައިން ޕެޓްރޯލު ކުރުން ވަރުގަދަކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުން އިންޑިއާ ކަނޑަށް ވަދެ ނިމުންނަން އޮންނަ ސަރަހައްދު ނޯތު ބޭ އޮފް ބެންގަލް,ނޯތު އަންޑަމަންސް އެންޑް ސައުތު ނިކޮބަ ,ސްޓްރެއިޓްސް އޮފް ހަރުމުޒް އެންޑް ޕާޝިއަން ގަލްފް,ގަލްފު އޮފް އަޑެން,ވޯޓާސް ސައުތު އޮފް އިންޑިއާ,ސައުތު އިންޑިއަން އޯޝަން, ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢަހްމަދް

    ގެރި އިންޑިއާ.

  2. ހަސަން

    ހަގީގީ ދުސްމަނަކީ އިންޑިޔާ.

  3. އިސްމާލް

    އަޅާ!!

  4. އޮއްޕޮ

    ފިޔަވަޅު އެޅީމަ ނިމުނީނު. ރާއްޖެއަށް އަންނަ ތަރައްގީއެއް ﷲ އިރާދަކުރެއްވިއްޔާ ނުހުއްޓުވޭނެ.

  5. ހިޔާލު1

    ފުއްލާ މަރާމީހުން ޖަލައްލާން ދޭބަލަ ކަލޭމެން.

  6. އަޙުމަދު

    ތިދެން މާ މައްޗަށްދަނީ އިނޭ! ތީތިކަޑައޭ އިންޑިއާ! ކޮންމެސް ހެޔޮކަމެއް ކޮށްދިނިއްޔާ

    ކީއްތަވާނީ. ޗައިނާވެސް އެހީވަނީކީނޫންތަ އަޅެ. ދަހިކަމުން ކަމެއްކޮށްނުދޭތާގައި މީހަކު

    ކަމެއް ކޮށްދޭން އުޅުނަސް ތިހުއްޓުވަނީ. ކޒާތީ ވިޔަސް ބޮޑުވަރު.

  7. ހައިރާން

    އިންޑިޔާގެ ތިބި ރޭޕުކުރާ މީހުން އަތުލަން އުޅެބަލަ ފުރަތަމަ

  8. މީހާ

    އަހަރެމެންގެ މަސްލަހަތު އަހަރެމެންވެސް ހިމާޔަތްކުރާނަން. އެ މީހުން ފިޔަވަޅު އަޅައިފިއްޔާ ހުރިހާ އިންޑިއާ މީހުން ރާއްޖެއިން ފޮނުވާލާ އިންޑިއާއަށް ބޭސްކުރަން އާސަންދަ ނުދީ އެހެން ގައުުމުތަކަށް ބޭހަށް ދާން އާސަންދަ ދޫކުރޭ! މި ކައްޕަޅި އިންޑިއާ ގެރިގުއި ބައިގަނޑު މިހާރު ތިކުޅެނީ އަލިފާނާކަން ހަނދާންކުރާތި!!! މިހާރު ކަލޭމެން ހިތުހުރި ކަމެއް ދިވެހިރާއްޖެއަށް ނުކުރެވޭނެކަން ހަނދާންކުރާތި ވަރަށް ރަނގަޅަށް!!! އެއީ މާޒީ.

  9. ޒާ

    ކިތަންމެ ގޮތްދައްކަން އުޅުނަސް ނުބެލެހެއްޓޭނެ. އަމުދުން ޗައިނާ ވަންނަވަނުން ނުހުއްޓުވޭނެ. ތިހާ ބެލޭބަޔަކަށް ކީއްވެތަ ތޫފާނުގައި ގެއްލުނު އިންޑިއާގެ މަސްވެރިން ނުހޯދުނީ. ފޮނިކަނޑާބައެއް އިންޑިއާއަކީ. ސަރަހައްދީގޮތުން ބޯގިނަވެފައި ރޭޕްގިނަވެފައި އޮތުން ފިޔަވާ ކޮން ކަމެއް ވަނީ.

  10. ޢަސްތާ

    ޥައްވައް ނުޖަހާށެވެ.

  11. އައްޑަނަ

    އިންޑިއާއަކީ އަޑި ނުބައި ވަރަށް ކެހިވެރި މަކަރުވެރި ބައެއް. އެއީ މިގައުމު އަޅުވެތި ކުރަން އުޅުނު ބައެއް. އެކަން ނުވީމާ ދެން އުޅެނީ ފިލްމު ކުޅެން. ދިވެހި ސަރުކާރަށް ގޮވާލަން އިންޑިއާއާއިމެދު ފާރަވެރިވުމަށާއި އެގައުމުން ގެންގުޅޭ ނޭއްގާނީ ކަމާމެދު ޣާފިލް ނުވުމަށް. އިންޑިއާއިން ބިރުދައްކާނަމަ އެހެން ބައެއްގެ އެހީތެރިކަން ހޯދާފައި ބޭއްވުމަށް. މިގައުމަށް ދިމާވި ކޮންމެ ދަތި އުނދަގޫ ކަމެއްގައި އިންޑިއާވަނީ އިތުރަށް ދުއްތުރާކޮށްފައި. ހަމައެކަނި އުޅެނީ ފިޔައާއި އަލުވި ބިސްކޮޅެއް ވިއްކައިގެން މިގައުމު ނިކަމެތި ކަމުގައި ބޭއްވޭތޯ. އެކަމަކު އިންޑިއާގެ ކޮންޓްރޯލް އެދަނީ މަގައުމުގެ މަތިން ނެއްޓެމުން.

  12. ހާދިމްކުމް

    މިހާ ތަނަށް އާސަންދަ އިން ކުރަމުން އައި ބޮޑޮތި ކަން ކަން ކުރަން މަޖުބޫރުވެފަ އޮތީ އިންޑިޔާ އިން . ދެން ކުއްލިޔަކަށް ރާއްޖޭގަ ޓްރީޓޮޕް ހޮސްޕިޓަލާ 25 ބުރި އިމާރާތުގެ ބޮޑު މަންޒަރު ފެނުނީ އަދި ކިރިޔާ. ބޮޑޭ މެން ބުނަމުން ދިޔައީ ބުރިޖު ވސް އޮތީ ހުއްޓިފަ އޭ ދަރުމަވަންތަ ވެސް ކުރިޔަކަށް ނުދޭ. އެހެން ހުއްޓާ މި ބަސްޓު ވީ

  13. ޖޯންއިކޫ

    ތަރައްޤީގެ ހުރަހަކީވެސް އިންޑިއާ.. މިއީ ހަޤީގަތް! އެބައި މީހުންކާރިއަށް ހުރިހާކަމަކަށްވެސް އަހަރުމެން ދާނެޖެހޭނެ ކަމަށް އެބައިމީހުން ޤަބޫލުކުރި، ޒަމާނީ ގޮތަކަށް އަޅުވެތިކޮށްގެން ވެސް އުޅުނު.. މިކަންތައް ﷲގެ އިރާދަފުޅާއެކު ބަދަލުވެއްޖެ! ހުރިހާކަމަށްވެސް އިންޤިލާބު! ޝުކުރިއްޔާ ސަރުކާރަށް!!

  14. މޯދު

    ތިޔައީ ބޭކާރުކަމެއް. ތިޔަ މަސައްކަތުން އިންޑިއާއަށް ލިބޭނެ ގެއްލުންތަށް ވަރަށް ގިނައެވެ.
    1. ތެޔޮ ވޭސްޓް ކުރުން.
    2. ފައިސާ އިސްރާފްކުރުން.
    3. އެތަކެއެް ބައިވަރު މުވައްޒަފުން ބޭކާރުކުގޮތުގައި ބޭނުންކުރުން
    4. ރާއްޖޭގެ އެމްޑީޕީއަށް ނިސްބަތްވާ އެންމެން ބިރުގަތުން.
    5. ރާއްޖޭގެ ހަމަޖެހިގެން އުޅޭ އެންމެންގެ ހިތްތަކުގައި އިންޑިޔާއަށް ނަފްރަތު އުފެދުން.
    6. ރާއްޖެއަށް އެކަމުގެ އަސަރެއްވެސް ނުކުރުން
    7. އިންޑިޔާގެ ބޯދާވިސްނުން ދުނިޔެއަށް ހާމަވެ ދުނިޔޭގެ ކުރިމަތީގައި އިންޑިއާގެ އަގު ވެއްޓުން

  15. ޙަަސަން

    ފުއްޕާނެކަމެއްނެތް. ތިޔަ އިންޑިއާ އަށްވުރެ މާ މަތިވެރި ފަރާތެއްވޭ. އެއީ خالق ވަންތަ اللّٰه سبحانه وتعالى . ތިޔަ މަތިހަށިނަގާ އިންޑިޔާ ނިކަމެތިކުރައްވަންވެސް އެކަލާނގެ ޒާތުފުޅަށް ބޮޑުކަމަކަށް ނުވާނެ.

  16. ބާލި

    ރަހީމްބެ ތިކަން ނިންމާލާނެ؟

  17. ނުރަބޯ

    އަނެއްކާވެސް ފުއްޕަންފެށީ؟ ކަލޭމެންގެ މަސްލަޙަތު ޙިމާޔަތްކުރާނީ ކަލޭމެންގެ ގައުމުގައި ގައުމުގެ އަންހެން ދަރިންނަކީ މަސްލަޙަތެއް ނޫންތަ؟ ރޭޕްކުރުމުގެ ކަންތައް ޙައްދުން ބޭރުވެ މިހާރު އެބުނީ ދުވާލަކު 100 މީހުން ރޭޕްކުރާ ވާހަކަ. ކަލޭމެން ހީކުރީ މި ދިވެހިރާއްޖެ ގާއިމުވެފައި އޮންނަ ކަނޑަށް އިންޑިއާ ކަނޑު ކިޔާތީ އެއީ ކަލޭމެންގެ ތަރިކަ މުދަލެއް ކަމަށްތަ؟ މިވާނީ އަނެއްކާވެސް ރީނދޫބާޣީ ގޮސް މޯޑީގެ ފޫކޮޅު ގައި ކޮށްޓަން ފެށީކަމަށް. ކިހާބޮޑު ދުއްޕާނެއް އަޅެމީ....؟؟؟

  18. މުޙައްމަދު

    ކޮންފިޔަވަޅެއް އެޅޭނީ...؟ ކަލޭމެންތީ އަމިއްލައަށް ހަދާ ބުދަކަށް އަޅުކަން ކުރާބައެއް

  19. ޏަމް

    މީ ދުޟްމިނުންނަކީ! ވާނުވާ ނޭގޭ މީހުންތައް ކޮބާތަ