އިދިކޮޅު ކޯލިޝަން ޕީޕީއެމް އާއި ޕީއެންސީ "އަންނަނީ އަންނަނީ"ގެ ނަމުގައި ހާއްސަ ރެލީއެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

މި ރެލީ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު ކާނިވާ ސަރަހައްދުގައެވެ.

މި ރެލީ އާއި ގުޅޭގޮތުން "ވަގުތު"އަށް މައުލޫމާތުދެމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އަންނަނީ އަންނަނީގެ ނަމުގައި އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަންގެ ފަރާތުން ބާއްވާ ރެލީއަކީ އެހެން ރެލީތަކާއި ތަފާތުކޮށްފައި ހުކުރު ދުވަހުގެ ރޭގައި އޮންނަ ރެލީ އެއް ކަމަށެވެ،

މީގެ ކުރިން އެ ކޯލިޝަނުން ރެލީ ބާއްވަނީ ބްރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.

ސުޖާއު ވިދާޅުވި، މި ރެލީ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމީ، ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެންނަށް ތާއިދު ކުރާ ގިނަ ބޭފުޅުންނަށް ބައިވެރިނުވެވެނީ ބްރާސްފަތު ދުވަހުގެ ރޭ ބާއްވާތީ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ބުނޭ. އެހެންވެ ހުކުރު ދުވަހަށް ހެދީ". ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، "އަންނަނީ އަންނަނީ"އެ ނަން މި ރެލީއަށް ދިން ސަބަބަކީ މި ގައުމުގައި ކަންތައްތައް އަންނަމުންދާ މަންޒަރު ފެންނާތީ ކަމަށެވެ. "އަޅުގަނޑުމެންގެ މައިގަނޑު އިހުތިޖާޖަކީ މިކަމުގެ މައްޗަށް ބާއްވާ އިހުޖިޖާކަށް މި ހަދަނީ، މިފަހަރު". ސުޖާއު ވިދާޅުވިއެވެ.

މި ރެލީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ދެ ޕާޓީގެ އިސް ލީޑަރުން ބައިވެރިވާނެއެވެ. އަދި އާ މޫނުތަކެއް މި ރެލީއިން ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދޫ ޑޮކް

    އާދޭ އާދޭ، އަވަހަށް އާދޭ !! ގަޢުމާއި ދީނާއި މި ގަޢުމުގެ އިޤްތިޞާދަށްޓައިވެސް އަވަހަށް އާދޭ.....

  2. އަހުމަދު

    އެބަ ރަނގަޅުވޭ...ސަރުކާރު ވައްޓާލާފަ ދެން ވެރިކަމަށް އަރާފަ އަނެއްކާ ރޫޅިގަނެފަ އަނެއްކާ ލާދީނީ މޑޕ އަށް ވޯޓުދޭން ކޯލިޝަން ހަދާ..... މީ ދޮގެއްތޯ އެންމެ ބޭފުޅުން...ހަމަ އެނބުރޭ ސޯބެއްހެން މި ސިޔާސީ ކަންތައްތައް މިދަނީ....

  3. މަގޭ ޚިޔާލު

    "އަންނަނީ އަންނަނީ"
    "އަތުވެއްޖެ އަތުވެއްޖެ"
    "ވެއްޓެނީ ވެއްޓެނީ"
    "ވެއްޓޭކަށް ނެތް ވެއްޓިއްޖެ"

    2
    1
  4. ބޯބުޅި

    ހެޔޮނުވާނެ، ކަލޭމެން ދައުލަތުގެ ބައިތުލް މާލު ދަވާލި ގުރޫޕު ފެއަށްޖެހިފައި އެހެން ބަޔަކަށް ތިޔަ ޕާޓީން ފުރުސަތު ދީބަލަ.

    4
    8