ރާއްޖޭގައި ޖިނާއީ ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުނު ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް، އެ މީހުން ޑީޕޯޓް ކޮށްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އިމިގްރޭޝަން ހާޒިރުކުރަން ނިންމައިފިއެވެ.

އިމްގްރޭޝަނުން ޑީޕޯޓްކޮށްލި ދެ މީހުންނަކީ ގަވައިދާއި ހިލާފަށް ބިދޭސީން ރެކްރޫޓް ކުރާކަމަށް ތުހުމަތު ކުރެވޭ އަދި ގަވައިދާއި ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކާއި، މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަނުން ދޫކޮށްލީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.

މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި، އިމިގްރޭޝަން ހާޒިރުކޮށް އެކަން ހިނގައިދިޔަ ގޮތް ސާފުކުރަން ހުށަހެޅީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރިން ވަނީ އިއުލާނުކޮށްފައެވެ.

އޭނާ ވިދާޅުވީ، ޖިނާއީ ކުށްތައް ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ ފަރާތެއްގެ މައްސަލަ ތަހުގީގުނުކޮށް ޑީޕޯޓްކޮށްލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަން މަޖިލީހުން ބަލަން ޖެހޭނެ ކަމަށެވެ.

ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން އެގޮތަށް މިއަދު ވަނީ އިމިގްރޭޝަންގެ ވެރިން މަޖިލީހަށް ހާޒިރު ކުރަން ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނަން

  ތިމީހުންނަށް ބައިލިބޭ ބައެއްދޯ އެއީ؟؟؟

 2. ށަނޫން

  މިކަ.މުން ނިކުންނާނެ ނަތީޖާ އަކީ އިމިގްރޭޝަނުން ދެން ކަން ކަމުގެ އަޅާލުން ކުޑަވުން
  ޢެހެނީ ފިޔަވަޅެއް އެޅީ މަ ގޯސް މިވީ ކޮންޓްރޯލަރ. މީ ވަކި ބަޔަކު ސިޔާސީ ބޭނުމަށް ރައްޔިތުން ނަށް ކަންވާކަން ދައްކަން ކުރާ ކަމެއް. ސާބަހާއި އައްސަރިބަސް ކޮންޓްރޯލަރ އަށް ދެމެވެ.

 3. Anonymous

  ކޮންޓްރޯލާ ކަންކުރީ ރަނގަޅަކަށް ނޫން