ނެއްލައިދޫ، ވޭމަންޑޫ އަދި ކިނޮޅަހު ކައުންސިލުންވެސް މޯލްޑިވްސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރަފައިވާ ރިޕޯޓު ކުށްވެރިކޮށްފިއެވެ.

އެ ތިންކައުންސިލުންވެސް ވަނީ އެމްޑީއެންގެ އަމަލު ކުށްވެރިކޮށް ނޫސްބަޔާން ނެެރެފައެވެ. އެގޮތުން ނެއްލައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ އެންޑީއެމް އިން ދިވެހި ރާއްޖޭގެ ދީނީ ހައްދު ފަހަނަ އެޅުމާއި ހަރުކަށި ވިސްނުންތަކާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓު ހަރުކަށި އިބަރާތުން ކުށްވެރި ކުރާކަމަށާއި އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދައި އަދި ގުރުއާނުގައިވާ ކަންކަމާ މެދު ސުވާލު އުފައްދައި، ރަސުލާގެ އަރުބުފުޅާއި ކަރާމާތަށް އިހާނާތްތެރި ކޮށް ހިތައިފައިވާކަން އެ ރިޕޯޓުން ފާހަގަ ކުރެވޭ ކަމަށެެވެ.

ވޭމަންޑޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރިޕޯޓަކީ މޯލްޑިވެސް ޑިމަކްރަސީ ނެޓްވޯކް އިން ކޮށްފައިވާ ދަށު ދަރައޖައިގެ ކަމެއް ކަމަށެވެ. އަދި އެކަން އެ ކައުންސިލުންނާއި އެރަށުގެ އެންމެހާ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެެވެ. އަދި އެމްޑީއެން އިން ކޮށްފައިވާ އެ އަމަލަކީ ދިވެހި ރާއްޖޭގެ މިނިވަން ކަމާއި އަމަން އަމާން ކަމުގެ އެންމެ މުހިންމު އަސާސަށް ހުރަސްއަޅައި ކޮށްފައިވާ ބަލައިގަނެވެން ނެތް އަމަލެއް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ގާނޫނުގައި ވާ ގޮތާއި ހިލާފުވެ އިސްލާމް ދީނަށާއި ރާއްޖޭގެ އަމަން އަމާން ކަމަށް އެ ޖަމިއްޔާއިން ހުރަސް އަޅައިފައިވާތީ އެޖަމިއްޔާއާމެދު ގާނޫނު ހައްގު އަދަބުދީ، އެ ޖަމިއްޔާ އުވާލުމަށް އެކައުންސިލް ތަކުން ވަނީ ގޮވާލައިފައެވެ.

އެންމް ފުރަތަމަ އެންޑީއެމް ގެ ރިޕޯޓު ކުށްވެރިކޮށް ނޫސް ބަޔާނެއް ނެރެފައި ވަނީ ގެމަނަފުށީ ކައުންސިލުންނެވެ. އެ ކައުންސިލުންވެސް ވަނީ އެންޑީއެމްގެ ރިޕޯޓު ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަދާލަތު

    އެބާވަތުގެ މައްސަލަތަކުގައި ދިވެހި ކޮންމެ ފަރުދަކު ހިތާމަ ކުރަންޖެހޭ.

    11
  2. މުޖީބު

    ނެއްލައިދޫ ކައުންސިލު ކައިރީ ބުނެބަލަ ފާހާނާ ބަލާ މައްސަލަ ކުއްވެރިކުރާށޭ

    2
    2
  3. މަޒީނާ

    އެބުނާހެން ގެފެލި ބަލާ މައްސަލަ ކުއްވެރި ކޮއްބަލަ ފުރަތަމަ ނެއްލައިދޫ ކައުންސިލުން

    1
    2
  4. ކައުންސިލަރު

    ކޮބާ އެއްމެ ބޮޑެތި އާބާދީ މޑޕގެ ފުލްމެޖޯރިޓީ އޮތް ކައުންސިލްތައް.. އައްޑޫ... ފުއަމުލައް... ތިނަދޫ.... ކުޅުދުއްފުށި... ދިއްދޫ.. ހޯރަފުށި ކެލާ.. އިހަވަންދޫ.. ގައްދޫ.. މަޑަވެލި.. ހޯޑެއްދޫ.. ވިލިގިލި.. މިތަންތަނުގެ ކައުންސިލަރަކަށް އެގިއްޖެބާ ކަމެވެގެން އުޅޭކަން.. ކުއްޖަކު އަހާލަބަލަ މިއިން ރަށެއްގެ ކައުންސިލަރުގާތުން.. މިފަހަރުވެސް ވޯޓުން ހޮވަންވާނެ މޑޕގެ ހޯނެ ހިކަންޖެ ނުކުތަސް..

    105
  5. ބާދަލާ

    މީގެކުރިން އެންމެ ފުރަތަމަ ރިޕޯޓްނެރޭ އައްޑޫ ސިޓީ ކައުންސިލް ކޮބާ، ތިމީހުން ޤަބޫލު ކުރާ ޒާތު ވާހަކައެއް ދެއްކީމަ ހަނު ތިބީދޯ؟؟؟