މިދިޔަ މަހުގެ 26 ވަނަ ދުވަހު، ފެމެލީ ކޯޓުން ޢަމުރެއް ނެރެފައިވަނިކޮށް، އެ ޢަމުރާއި ޙިލާފަށް ދަރިފުޅު ގޮވައިގެން ފުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުން ނެރެފައިވާ އަމުރަކާއި ޚިލާފަށް، ރާއްޖެއިން ފުރާފައިވަނީ، މާލެ އަށް ނިޞްބަތްވާ އަންހެނެކެވެ. އޭނާ ފުރާފައި ވަނީ ތިން އަހަރުގެ ދަރިފުޅުވެސް ގޮވައިގެންނެވެ.

"ވަގުުތު"އަށް އެނގިފައިވާގޮތުން އޭނާ މިހާރު ވަނީ ދަރިފުޅު ގޮވައިގެން އިނގިރޭސިވިލާތަށް އެތެރެވެފައެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ފެމިލީ ކޯޓުގެ ޢަމުރު، ޖެމްސް މެދުވެރިކޮށް، ލިބިފައިވާ ކަމަށާއި، އެ ޢަމުރު ރިސީވް ކުރި މުވައްޒަފުގެ މައްސަލަވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ކޯޓު އަމުރެއް ނެރެފައިވަނިކޮށް، އޭގެ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް އެމީހުން ފުރާފައިވަނީ އިމިގްރޭޝަންގެ އިޙުމާލެއް އެކަމުގައި އޮވެގެންތޯވެސް ބަލަމުން އަންނަ ކަމަށެވެ.

"މި މައްސަލަ ވަރަށް ސީރިއަސްކޮށް އަޅުގަނޑުމެން މިދަނީ ބަލަމުން. މިކަމާއި ގުޅޭ އިތުރު ތަފްޞީލް މީޑިޔާ ތަކާއި ވެސް ވަރަށް އަވަހަށް ޙިއްޞާ ކުރާނަން." އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޖެންޑާގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިފަދަ މައްސަަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެހެންކަމުން، ކަމާއި ގުޅުންހުރި މުޢައްސަސާތަކާއި ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަލަޑޭ

    އޭނަ ފުރުން މަނާ ކުރީ ކީއްވެޔޯ.

    6
    1
  2. އެލް ބޯޑު ސަރުކާރު

    ކޮބާހޭ ގާނޫނުގެ އެބުނާ ދިގުއަތް؟ މަގޭ ޕާޓީ މީހުންވީމަ އެބުނާ ދިގުއަތް ނުފޯރާ، ޗާޓުން ބޭރުގަވެސް އުޅޭވޭ. ފަސާދަވެރިންގެ ފަސާދައިގެ ބޮޑުކަމާއެވެ.

    13
  3. ފުއާދު

    ތިވެސް ވާނީ ކަރެޕްސަން އަށް..ތީ ތީގެ ތަނެއް އަބަދުވެސް ހަނީފުވެސް ޑީޕޯޓުނ ކޮއްލީ ރޭވިގެން.ތިކަންވެސް ވާނީ ހަމަތހިހިން ،އެއްކަމެއްވެސް ނުބެލޭނެ. ގައުމުގެ ހާލަތު.

  4. 1111

    އާދައިގެ ނިކަމެތި މީހަކު ކުރާކުށް ނިކަން ސީރިއަސްކޮށް ތިބެ ބަލާނެ. އިންސާފް ލިބޭނެ ކަމުގެ ޔަޤީންކަމެއަ ނެތިއްޔާ ކުށްތައްވެސް ގިިނަވާނެ

    7
    1
  5. ނަމަ

    ކކކކކކ ކަންހިގާދިޔަގޮތް ސާފު ކޮށްދޭނެތާ އިމިގްރޭޝަނުން