ސ. ފޭދޫގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ މިސްކިތް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ފޭދޫގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރި އެމިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދުލް ކައުޘަރުު" މި ނަމެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މިނިސްޓަރގެ ވާހަކަފުޅުގައި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިއަހަރު ކައުންސިލަށް ދޫކުރެވިފައިވާ ބަޖެޓު ކުޑަކަމާއި އެކަން އަންނަ އަހަރު ރަނގަޅު ކުރެވޭނެ ކަމާއި، އިމާމުންގެ މައްސަލަތަކާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަމުގައި މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލުކުރެވޭނެކަމަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ނޮވެންބަރު މަހު ފެށުމަށް ރާއްވަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.